Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަތޮޅުތެރޭގެ ރަށްތަކުގައި ކޭސްތައް އިތުރުވުން

56 ރަށެއްގައި 520 އެކްޓިވް ކޭސް!

ރަށްތަކުން ޖުމްލަ 385 ދިވެހިން ކޮވިޑަށް ޕޮޒިޓިވްވެފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 31 މާރިޗު 2021 | ބުދަ 04:28
ކ. މާފުށި

ކ. މާފުށި

ރާއްޖެއިން ފެންނަ ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާއިރު މިހާރު 56 ރަށެއްގައި 520 އެކްޓިވް ކޭސް ފެނިފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީ އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ރަށްތަކުން ޖުމްލަ 385 ދިވެހިން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 135 ބިދޭސީން ވެސް ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އެންމެ ގިނައިން މީހުން ކ. ހުރާއިން ޕޮޒިޓިވްވެފައިވާއިރު މީގެ ތެރޭގައި 81 ދިވެހިންނާއި 19 ބިދޭސީން ހިމެނެއެވެ. ދެން އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ ޅ. ފެލިވަރުންނެވެ. އެއީ 27 ދިވެހިންނާއި 45 ބިދޭސީންނެވެ.

މިވަގުތު މޮނީޓަރިންގެ ހާލަތަށް ލާފައިވާ ރަށްތަކަށް ބަލާއިރު ދ. ކުޑަހުވަދޫ، ދ. މީދޫ، ރ. އުނގޫފާރު، ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ރ. މަޑުއްވަރީ، ރ. ހުޅުދުއްފާރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، ރ. އަލިފުށި، ގދ. ތިނަދޫ، ޅ. އޮޅުވެލިފުށި، ނ. ހޮޅުދޫ އަދި ރ. މާކުރަތު ހިމެނެއެވެ.

އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާއިރު އިތުރަށް ސަމާލުވާން ޖެހޭ ކަމަށް އެޗްޕީއޭގެ ޑިރެކްޓަރ އަހްމަދު ނާސިރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. ނާސިރު ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުގައި ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ކޭސްތައް އިތުރުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި ނާސިރު ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުން ކޭސްތައް ފެނި، އިތުރުވެގެންދިއުމަކީ އިތުރަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

އެހެންކަމުން ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރަށްތަކުގައި ގާއިމްކޮށްފައިވާ ހެލްތް ޓާސްކްފޯސްއަށް އެއްބާރުލުންދީގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނާސިރު އެދިވަޑއިގެންނެވިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

23 އެޕްރީލު 2022
މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި

މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި

23 ފެބުރުއަރީ 2022
އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ

އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ

23 ފެބުރުއަރީ 2022
ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި

23 ފެބުރުއަރީ 2022
މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ

މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ

12 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު