Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިނަދޫ ސޭފް ހޯމް

ތިނަދޫ ސޭފްހޯމް އާއި ގުޅޭގޮތުން ދިޔަރެސް ނޫހުން ފަތުރަމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް

ކުދިން ބޭނުންކުރުމަށްޓަކައި 10 އެނދާއި 8 އަލަމާރި ހޯދާދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 މާރިޗު 2021 | އަންގާރަ 15:21
ގދ. ތިނަދޫ - ތިނަދޫ ސޭފް ހޯމްއާއި ގުޅިގެން ފަތުރަނީ ދޮގެއްކަން ވަނީ ހާމަވެފައި

ގދ. ތިނަދޫ - ތިނަދޫ ސޭފް ހޯމްއާއި ގުޅިގެން ފަތުރަނީ ދޮގެއްކަން ވަނީ ހާމަވެފައި

ތިނަދޫ ސޭފްހޯމް އާއި ގުޅޭގޮތުން ދިޔަރެސް ނޫހުން ފަތުރަމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ޖެންޑަރ މިނިސްޓްރީގެ އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ދީފިއެވެ.

އޮންލައިން ނޫސް "ދިޔަރެސް" ގައި މިމަހުގެ 28 ވަނަަ ދުވަހު "ތިނަދޫ ސޭފް ހޯމްގައި ކުޑަކުދިން ނިދަނީ ބިންމަތީގައި،" މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގދ. ތިނަދޫގައި ހުންނަ ސޭފް ހޯމްގެ މަރާމާތުގެ މަސައްކަތް ކުރިޔަށްދާތީ ކުދިން މިހާރު ބައިތިއްބައިފައިވަނީ އޮފީސް އިމާރާތުގެ މަތީގައެވެ. ނަމަވެސް އެކުދިންނަށް ބޭނުންވާ އަސާސީ ބޭނުންތައް އެތަނުގައި ފުރިހަމަކޮށްދެވިފައިވާ ކަމަށާއި އަދި ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ކަން ވަނީ އެގިފައެވެ. އެގޮތުން އޮފީސް ބައިގައި މިހާރު ހުރީ 4 އެނދު ކަމަށްވާތީ ތިބި 8 ކުދިންގެ ތެރެއިން ކުޑަކުދިން ހިމެނޭ ޢާއިލާގެ ކުދިން ނިންދަވަނީ އެ 4 އެނދުގައެވެ. ދެން ތިބި ކުދިން ނިންދަވަނީ ތަޅުންމަތީ ގޮދަނޑި އަޅައިގެންނެއެވެ.

މީގެ އިތުރުން ސޭފް ހޯމްގައި ކުދިން ބޭނުންކުރުމަށްޓަކައި 10 އެނދާއި 8 އަލަމާރި ހޯދާދީފައިވާ ކަމަށާއި، ފޮޓޯއިން ފެންނަ މަންޒަރަކީ އެތަނުގައި އުޅޭ ކުއްޖެއް އެއް ރެއަކު ކުރި ކަމެއް ކަމަށާއި، އެ ކުއްޖާވަނީ ހަމަ އެގަޑީގައި ކޮޓަރިއަށް ގެންގޮސްފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ އިތުރުން ފޮޓޯ ނަގާފައިވަނީ ގދ. އެފްސީއެސްސީގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށާއި، ނެގި ފޮޓޯވަނީ ގދ. އެފްސީއެސްސީގެ ވައިބަރ ގުރޫޕުގައި ހިއްސާކޮށްފައެވެ. އަދި ފޮޓޯ ޢާންމުކުރި/ މީޑިއާއަށް ދިން ފަރާތެއް ހޯދުމަށް މިނިސްޓްރީގެ އެޗްއާރއެމްޑީއިން މައްސަލަ ބަލަމުންދާ ކަމަށެވެ.

މީގެ އިތުރުން ގދ. ތިނަދޫ ސޭފް ހޯމްގައި ކުޑަކުދިންނަށް ބޭނުންވާ ޟަރޫރީ ސާމާނު (ނިދާނެ ގޮދަޑިއާއި ބާލީސް ފަދަ) ފޯރުކޮށް ނުދޭކަމަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، އެ ކުދިންނަށް ފައިދާ ހުރި ރަނގަޅު ކާނާ ހިމަނައިގެން މެނޫ އެއް ތައްޔާރުކޮށް އެމެނޫ އާއި އެއްގޮތަށް ކެއިން ބުއިމުގެ އިންތިޒާމް ހަމަޖައްސާދީފައިވާކަން ވެސް ވަނީ އެގިފައެވެ. އަދި ސްކޫލަށް ދިއުމުގެ އެންމެހައި އިންތިޒާމެއް ވެސް ވަނީ ހަމަޖައްސާދީފައެވެ. އަދި ގދ. ތިނަދޫ ސޭފް ހޯމްގައި ތިބޭ ކުޑަކުދިންނަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ސާމާނު އެތަނުގައި ނެތްކަމަށް ރިޕޯޓްކޮށްފައިވާ އިރު، ގދ. ތިނަދޫގައި ޤާއިމްކޮށްފައިވާ ސޭފް ހޯމްގައި ތިބި ކުދިންނަށް ބޭނުންވާ ފަރުނީޗަރާއި ސާމާނު ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން އެތަން ރެނޮވޭޓްކުރުމުގެ މަސައްކަތް ކުރިޔަށްދާތީ ކުދިން މިހާރު ބައިތިއްފައިވަނީ އޮފީސް އިމާރާތުގެ މަތީގައި ކަމަށާއި، އެހެނަސް އެކުދިންނަށް ބޭނުންވާ ހުރިހާ ކަމެއް ކަށަވަރުކޮށްދީފައިވާނެ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ދިޔަރެސް ނޫހުން ޖެންޑަރ މިނިސްޓްރީއާ ގުޅަން މަސައްކަތްކޮށް، އެ މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ތުހުމަތުކޮށްފައިވީ ނަމަވެސް މިކަމާ ގުޅޭގޮތުން ދިޔަރެސް ނޫހުން މިނިސްޓްރީގެ މީޑިއާ ނުވަތަ ކުދިންނާ ގުޅުންހުރި ދާއިރާގެ މަސައްކަތްކުރާ އެއްވެސް މުވައްޒަފެއްގެ ކިބައިން މަޢުލޫމާތު ސާފުކޮށްފައި ނުވާ ކަން ވެސް ވަނީ އެގިފައެވެ. އަދި މިކަމާ ގުޅޭގޮތުން މިނިސްޓްރީގެ އެއްވެސް އިސް ބޭފުޅަކާ ވެސް ގުޅާފައި ނުވާ ކަމަށް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިނިސްޓްރީ އޮފް ޖެންޑަރ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު