Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކެމްޕެއިން

ޔާމީނުގެ ސަރުކާރުން މަސައްކަތްކުރީ މާލެއަށް ބާރުތައް ގެނެސް ރައްޔިތުން އޮބަހައްޓަން- ރައީސް ނަޝީދު

އަތޮޅުތައް ތަރައްގީވާން އޮތީ ބާރުތައް ދޫކޮށްލައިގެން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 29 މާރިޗު 2021 | ހޯމަ 17:44
އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިން ޖަލްސާ

އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިން ޖަލްސާ

ޔާމީނުގެ ސަރުކާރުން މަސައްކަތްކުރީ މާލެއަށް ބާރުތައް ގެނެސްގެން އޮބަހައްޓައިގެން ވެރިކަން ހިންގުމަށް ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ވާރޗުއަލްކޮށް ކުރިއަށް ގެންދިޔަ ހއ ބާރަށުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ހިތުގެ އަޑިން ގަބޫލުކުރާ މައިގަނޑު އަސާސްތަކެއް ހުންނަ ކަމަށާއި، އަނިޔާއާއި އިދިކޮޅުވެ ތިބުމާއި، ވައްކަމާއި ފަސާދައިން ދިވެހި ގައުމު ސަލާމަތް ކުރުމަށް އަބަދުވެސް ނިޔަތްގަނެގެން ތިބޭ ކަމަށެވެ.

Advertisement - newsAdvertisement

މަސައްކަތްކުރަނީ، ރައްޔިތުންނަށް ރަށްވެހިކަން ހޯދައިދޭން ކަމަށާއި، އުފަންކުރަން މަސައްކަތްކުރަނީ އަމިއްލަ ބާރާއެކު ހިންގާނެ ކައުންސިލްތަކެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރަށްތައް ތަރައްޤީވާން އޮތީ ބާރުތައް ދޫކޮށްލައިގެންކަމީ އެމްޑީޕީން ގަބޫލްކުރާ އަސާސްކަމަށާއި، ރަށްރަށުގެ އާއްމު ޙާލަތަށް ދެވެން އޮތީ އެމްޑީޕީއަށް އަޣުލަބިއްޔަތު ދީގެން ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ލާމަރުކަޒީ ގާނޫނު އެކުލަވާލައި ބާރުތައް ރާއްޖޭގެ ރަށްތަކަށް ބަހާލައިގެން ތަރައްގީ ގެނައުމަށް މަސައްކަތް ކުރިކަމަށާއި، އެހެންނަމަވެސް ޕީޕީއެމުން ވެރިކަމަށް އައިސް އެބާރުތައް ގޮށްމުށުތެރޭގައި ބަހައްޓައިގެން ރައްޔިތުން އޮބަހައްޓައިގެން، ރައްޔިތުން ފިއްތައިގެން ވެރިކަން ހިންގަން މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މިއަދު އެމްޑީޕީން މަސައްކަތް ކުރަނީ އަނެއްކާވެސް އެބާރު ރަށްތަކަށް ދިނުމަށް ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތަސް ބަނދަރާއި ނަރުދަމާ އަޅާނެ ކަމަށާއި، ރަށްވެހިކަން ނުވަތަ ބާރުތައް ރަށްރަށަށް ދިނުން އެއީ އެމްޑީޕީގެ ފަލްސަފާއެއް ކަމަށެވެ.

ތިލަދުންމައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އެންމެ ބޮޑު އެއް ވައުދަކީ ދަތުރުފަތުރުގެ ނިޒާމަކުން ތިލަދުންމަތި ގުޅާލުން ކަމަށާއި، އެ ވައުދު އެމަނިކުފާނު މި ދައުރުގައި ފުއްދަވާނެ ކަމަށް ވިދާޅުވިއެވެ.

ތިލަދުންމަތީގައި ރިސޯޓުތައް ތަރައްގީ ނުކުރެވެނީ، ބިޑަށް ނުލާތީ ނޫން ކަމަށާއި، ހަނިމާދޫ އެއާރޕޯޓުގެ މަޝްރޫއު ނިމުމުން ތިލަދުންމަތީގައި ރިސޯޓްތައް ތަރައްގީވެގެން އަންނަ މަންޒަރު ފެންނާނެ ކަމަަށް ވިދާޅުވިއެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވާ ވާހަކަފުޅު އެމަނިކުފާނު އަނެއްކާވެސް ތަކުރާރު ކުރެއްވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރަށްވެހި ފަތިސް ކެމްޕޭންލޯކަލް ކައުންސިލް އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު