Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލުގައި ބޭލްގެ ކުރިމަގު

އަންނަ ސީޒަނުގެ ރެއާލުގެ ޕްލޭނުގައި ބޭލް ނުހިމެނޭ

އަންނަ ސީޒަނުގައިވެސް ޒިދާނުގެ ޕްލޭނުގައި ބޭލް ނުހިމެނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 28 މާރިޗު 2021 | އާދީއްތަ 14:21
ރެއާލުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމަށް ކުޅެމުން އަންނަ ގެރެތު ބޭލް

ރެއާލުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމަށް ކުޅެމުން އަންނަ ގެރެތު ބޭލް

ރެއާލް މެޑްރިޑުން އަންނަ ސީޒަނަށް އެކުލަވާލި ޕްލޭނުގައި ވޭލްސްގެ ތަރި ގެރެތު ބޭލް ނުހިމެނޭ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށް 2013 ވަނަ އަހަރު، އޭރު ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 100 މިލިޔަން ޔޫރޯއަށް ރެއާލާ ގުޅުނު ބޭލް އަނބުރާ ޓޮޓެންހަމާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. އެގޮތުން ރެއާލުން އުމުރުން 31 އަހަރުގެ ފޯވާޑް ލޯނު އުސޫލުން ދޫކޮށްފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބޭލް ވަނީ ޓޮޓެންހަމަށް ބަދަލުވުމުގެ ބޭނުމަކީ ދާއިމީ ގޮތެއްގައި މެޗުތަކެއް ކުޅެ، މި އަހަރުގެ ހޫނު މޫސުމަށް ތާވަލުކޮށްފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުން ކަމަށް ބުނެފައެވެ. އެހެންކަމުން އޭނާގެ ޙަޤީޤީ ޕްލޭނަކީ މި ސީޒަނުގައި ޓޮޓެންހަމަށް ކުޅުމަށްފަހު، ޔޫރޯގެ ފަހުން އެނބުރި ރެއާލަށް ދިއުން ކަމަށްވެސް ބޭލް ވަނީ ބުނެފައެވެ.

ބޭލް މިހެން ބުނިއިރު، އޭނާ މިހާރު ރެއާލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުއެވެ. މީގެ ކުރިންވެސް ރެއާލުގެ ކޯޗު ޒިނެދިން ޒިދާނާއި ބޭލްއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނިއިރު، ކުރިއަށް އޮތް ސީޒަނުގައިވެސް ޒިދާނުގެ ޕްލޭނުގައި ބޭލް ނުހިމެނޭ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ދާދި ފަހުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންކަމުން ޓޮޓެންހަމުން ބޭނުންވާނަމަ، ބޭލްގެ އެއްބަސްވުން ދާއިމީކުރުމުގެ ފުރުޞަތު އެބައޮތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ރެއާލާއެކު ޖުމްލަ 12 ތަށި ބޭލް ހޯދާފައިވީ ނަމަވެސް، ރެއާލުގެ ކޯޗުގެ މަގާމާ ޒިދާން ހަވާލުވި ފަހުން ބޭލަށް މާ ގިނަ ފުރުޞަތުތަކެއް ދީފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ރެއާލުގެ ޖާޒީގައި ބޭލް ފެނިގެން ގޮސްފައިވަނީ އެންމެ 14 މެޗުގައެވެ. ނަމަވެސް މި ފަހަކަށް އައިސް ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ބޭލް އަންނަނީ ޓޮޓެންހަމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި ބޭލް ވަނީ ޓޮޓެންހަމަށް މިހާތަނަށް ކުޅެދިން 25 މެޗުގައި 10 ލަނޑު ޖަހާފައެވެ.

ގެރެތު ބޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ކާމިޔާބު ކެރިއަރަކަށްފަހު ބޭލް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ކާމިޔާބު ކެރިއަރަކަށްފަހު ބޭލް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

10 ޖެނުއަރީ 2023
ލޮސް އެންޖެލެސްއަށް ބަދަލުވީ ދިގު މުއްދަތަކަށް: ބޭލް

ލޮސް އެންޖެލެސްއަށް ބަދަލުވީ ދިގު މުއްދަތަކަށް: ބޭލް

12 ޖުލައި 2022
އެމެރިކާގައި ބޭލް އުފަލުން

އެމެރިކާގައި ބޭލް އުފަލުން

09 ޖުލައި 2022
ހިލޭ ޓްރާންސްފާއެއްގައި ބޭލް ލޮސް އެންޖެލެސްއަށް

ހިލޭ ޓްރާންސްފާއެއްގައި ބޭލް ލޮސް އެންޖެލެސްއަށް

26 ޖޫން 2022
ގެޓާފޭއަކަށް ނުދާނަން: ބޭލް

ގެޓާފޭއަކަށް ނުދާނަން: ބޭލް

11 ޖޫން 2022

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު