Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގެރެތު ބޭލްގެ ކުރިމަގު

ބޭލް އަނބުރާ ޓޮޓެންހަމަކަށް ނާންނާނެ: ނޫނޯ

ބޭލް ވިއްކާލަން ރެއާލުން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 19 ޖުލައި 2021 | ހޯމަ 12:59
ޓޮޓެންހަމަށް ކުޅެމުން އައި ވޭލްސްގެ ތަރި ގެރެތު ބޭލް

ޓޮޓެންހަމަށް ކުޅެމުން އައި ވޭލްސްގެ ތަރި ގެރެތު ބޭލް

ކުރިއަށް އޮތް ސީޒަނަށް ވޭލްސްގެ ތަރި ގެރެތު ބޭލް އަނބުރާ ޓޮޓެންހަމް ހޮޓްސްޕާއަށް ނާންނާނެ ކަމަށް އެ ޓީމުގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނެފިއެވެ.

އުމުރުން 32 އަހަރުގެ ބޭލް ވަނީ މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ޓޮޓެންހަމަށް ކުޅެފައެވެ. ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު، އޭރު ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 100 މިލިޔަން ޔޫރޯއަށް ރެއާލާ ގުޅުނު ބޭލް އަނބުރާ ޓޮޓެންހަމާ ލޯނު އުސޫލުން ގުޅުނުއިރު، މިދިޔަ ސީޒަނުގައި އޭނާ ވަނީ ޓޮޓެންހަމަށް ކުޅެދިން 34 މެޗުގައި 16 ލަނޑު ޖަހާފައެވެ. އެކަމަކު ލޯނު އެއްބަސްވުން ހަމަވުމުން ބޭލް ވަނީ އަނބުރާ ރެއާލަށް ބަދަލުވެފައެވެ.

ކުރިއަށް އޮތް ސީޒަނުގައިވެސް ޓޮޓެންހަމުގެ ޖާޒީގައި ބޭލް ފެނިގެންދާނެ ކަމަށް ބެލެވުނު ނަމަވެސް، ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޓޮޓެންހަމުގެ ކޯޗު ނޫނީ ވަނީ ބޭލް އަނބުރާ ޓޮޓެންހަމަށް ނާންނާނެ ކަމަށް ބުނެފައެވެ.

ލޯނު އެއްބަސްވުން ހަމަވުމާއެކު ބޭލް އަނބުރާ ރެއާލަށް ބަދަލުވިއިރު، މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބޭލް ވަނީ ޓޮޓެންހަމަށް ބަދަލުވުމުގެ ބޭނުމަކީ ދާއިމީ ގޮތެއްގައި މެޗުތަކެއް ކުޅެ، މި އަހަރު ބޭއްވި ޔޫރޯއަށް ތައްޔާރުވުން ކަމަށް ބުނެފައެވެ. އެހެންކަމުން އޭނާގެ ހަގީގީ ޕްލޭނަކީ މިދިޔަ ސީޒަނުގައި ޓޮޓެންހަމަށް ކުޅުމަށްފަހު، އަންނަ ސީޒަނަށް އެނބުރި ރެއާލަށް ދިއުން ކަމަށްވެސް ބޭލް އޭރު ވަނީ ބުނެފައެވެ.

ނަމަވެސް މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޭލް ވިއްކާލަން ރެއާލުން މަސައްކަތްކުރަމުން އަންނަ ކަމަށް މީގެ ކުރިން ސްޕެއިނުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު ރެއާލުގެ ކޯޗުގެ މަގާމުން ޒިނެދިން ޒިދާން ވަކިވެ، އެ ޓީމުގެ ކޯޗަކަށް ކާލޯ އަންޗެލޮޓީ ހަމަޖެއްސުމާއެކު އެ ނިންމުން ބަދަލުކުރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ރެއާލާއެކު ޖުމްލަ 12 ތަށި ބޭލް ހޯދާފައިވީ ނަމަވެސް، ރެއާލުގެ ކޯޗުގެ މަގާމުގައި ޒިދާން ހުރިއިރު ބޭލަށް މާ ގިނަ ފުރުސަތުތަކެއް ދީފައެއް ނުވެއެވެ. އެކަމަކު ބޭލް ވަނީ މީގެ ކުރިން އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ރެއާލާއެކު ސްޕެނިޝް ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ގެރެތު ބޭލްޓޮޓްނަމް ހޮޓްސްޕަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025
ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

23 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު