Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޭލްއާއި ރެއާލްގެ ގުޅުން

ބޭލްއާއި ރެއާލްގެ ގުޅުން ރަނގަޅު: އަންޗެލޯޓީ

7 މެއި 2022 | ހޮނިހިރު 14:39

ޓީމުގެ ސަމާލުކަން މިހާރު އޮތީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 7 މެއި 2022 | ހޮނިހިރު 14:39
ރެއާލްގެ ކޯޗު ކާލޯ އަންޗެލޯޓީ

ރެއާލްގެ ކޯޗު ކާލޯ އަންޗެލޯޓީ

ސްޕެއިންގެ ރެއާލް މެޑްރިޑްއާއި އެޓީމުގެ ފޯވާޑް ގަރެތު ބޭލްގެ ގުޅުން ރަނގަޅުކަމަށް އެޓީމުގެ ކޯޗު ކާލޯ އަންޗެލޯޓީ ބުނެފިއެވެ.

ރެއާލްއިން ސްޕެނިޝް ލީގު ކާމިޔާބު ކުރި މެޗުގައި ބޭލް ދަނޑަށް ހާޒިރުވެފައެއް ނުވެއެވެ. އަދި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ފަހަތުން އަރާ މެންޗެސްޓަރ ސިޓީ ބަލިކޮށް ފައިނަލުގެ ޖާގަ ހޯދި މެޗުގައިވެސް ބޭލް ބައިވެރިނުވެއެވެ. ބޭލް މި މެޗުތަކަށް ހާޒިރު ނުވީ އަނިޔާގެ ސަބަބުންނެވެ.

ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ މި މެޗުތަކަށް ހާޒިރުނުވީ ޓީމާއެކު އުފާފާޅުކުރަން ބޭނުން ނުވާތީއެވެ. ޓީމުގެ ސަޕޯޓަރުންގެ ފަރާތުންވެސް ފާޑުކިއުންތައް އަމާޒުވެފައިވާ ބޭލް އާއި ރެއާލްގެ ގުޅުން އެހާ ރަނގަޅު ނޫންކަމަށް މީގެ ކުރިންވެސް އެތައް ފަހަރަކު އަޑުތައް ފެތުރުނެވެ. އަނެއްކޮޅުން އަނިޔާގެ ސަބަބުން މި މެޗުތަކަށް ބޭލް ހާޒިރު ނުވިއިރު، ޓީމުގައި އަނިޔާގެ ސަބަބުން މެޗު ނުކުޅެވުނު އެހެން ހުރިހާ ކުޅުންތެރިންވެސް މި ދެމެޗު ބެލުމަށް ދަނދަށް ދިޔައެވެ.

މިކަމާއި ގުޅޭ ގޮތުން ކޯޗު އަންޗެލޯޓީއަށް ސުވާލުތައް ކުރިމަތިވުމުން އޭނާ ބުނީ ޓީމާއި ބޭލްގެ ގުޅުން ރަނގަޅުކަމަށެވެ. އަދި ބޭލް ދަނޑަށް ހާޒިރުނުވީ އޭނާގެ އުނަގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ހެލިފެލިވެ އުޅެން އުނދަގޫވުމުން ކަމަށްވެސް އަންޗެލޯޓީ ބުންޏެވެ.

ސްޕެނިޝް ލީގު ކާމިޔާބުކޮށްފައިވާ ރެއާލްއާއި އެތުލެޓިކޯ މެޑްރިޑް ލީގުގައި އާދީއްތަ ދުވަހުގެރޭ ބައްދަލުކުރާނެއެވެ. އަންޗެލޯޓީ ބުނީ މި މެޗަށް ނިކުންނައިރު ޓީމުގެ އެއްނަންބަރު ކީޕަރު ކޯޓުއާ ނުފެންނާނެ ކަމަށެވެ. ކޯޓުއާއަށް އަރާމުކުރަން ވަގުތު ދިނުމަށްފަހު އެމެޗުގެ ފުރަތަމަ 11 ން ބަދަލު ކީޕަރު އެންޑްރީ ލޫނިންއަށް ފުރުސަތުދޭން އަންޗެލޯޓި ވަނީ ނިންމާފައެވެ. އޭނާ ބުނީ ޓީމުގެ ސަމާލުކަން މިހާރު އޮތީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ކަމަށެވެ. އެހެންކަމުން ސްޕެނިޝް ލީގު މެޗުތަކުގައި ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަރާމުކުރަން ވަގުތު ދޭނެ ކަމަށެވެ.

ރެއާލް މެޑްރިޑްގެރެތު ބޭލްކާލޯ އަންޗެލޮޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް