Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް ދޫކޮށްލަން ބޭލް ނިންމުން

ނުވަ އަހަރަށްފަހު ރެއާލް ދޫކޮށްލަން ބޭލް ނިންމައިފި

1 ޖޫން 2022 | ބުދަ 11:20

ރެއާލްގެ ރައީސް ޕެރޭޒަށް ޝުކުރު އަދާ ކުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2022 | ބުދަ 11:20
ގެރެތު ބޭލް

ގެރެތު ބޭލް

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ވިންގަރ ގެރެތު ބޭލް އެ ކުލަބު ދޫކޮށްލަން ނިންމައިފިއެވެ.

ނުވަ އަހަރަށްފަހު ރެއާލް ދޫކޮށްލަން ނިންމިކަން ބޭލް އިއުލާންކުރީ ޓުވިޓާގައި އާންމުކުރި މެސެޖަކުންނެވެ. ބޭލް ބުނީ ކުރިން ރެއާލަށް ކުޅުނު ކުޅުންތެރިންނާއި، މަސައްކަތް ކުރި ކޯޗުން އަދި މިހާރުގެ ކުޅުންތެރިންނާއި ކޯޗަށް އޭނާ ޝުކުރު އަދާ ކުރާކަމަށެވެ. އަދި ބެކް ރޫމް ސްޓާފުންނާއި ޓީމުގެ އެންމެހައި ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާ ކުރާ ކަމަށެވެ.

ބޭލް ބުނީ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި މީގެ ނުވަ އަހަރު ކުރިން ރެއާލާ ގުޅި އެ ޓީމަށް ކުޅުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އަދި ރެއާލްގެ ހުދު ޖާޒީގައި ސެންޓިއާގޯ ބެރްނެބުއޭ ގައި ކުޅުމާއި، ރެއާލާއެކު ތަށިތައް ކާމިޔާބުކުރުމުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު ހޯދުމަކީ އޭނާގެ ހުވަފެނަކަށްވި ކަމެއްކަމަށެވެ. އަދި މިހާރު އެ ހުވަފެން ހަގީގަތަކަށް ވެއްޖެކަމަށް އޭނާއަށް ބުނެވޭނެކަމަށެވެ.

މީގެ އިތުރުން ބޭލް ބުނީ ރެއާލްގެ ތާރީޚުގެ ބަޔަކަށް އޭނާވުމާއި، ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ލިބުނު ހުރިހާ ކާމިޔާބަކީ އޭނާއަށް ހަނދާނުން ނައްތާނުލެވޭނެ ތަޖުރިބާއެއްކަމަށެވެ. އަދި އޭނާ ރެއާލަށް ކުޅުމުގެ ފުރުސަތު ދިން ކަމަށްޓަކައި ރެއާލްގެ ރައީސް ފްލޮރެންޓިނޯ ޕެރޭޒް، ޖޯސް އެންހެލް ސަންޗޭޒް އަދި އެ ކުލަބުގެ ބޯޑަށް ޝުކުރު އަދާ ކުރާކަމަށެވެ. އަދި އެންމެން ގުޅިގެން ކުލަބުގެ ތާރީޚާއި ފުޓުބޯޅައަށް އަބަދަށް ހުންނާނެ އަގުހުރި ހަނދާންތަކެއް އުފެއްދުނު ކަމަށެވެ.

އުމުުރުން 32 އަހަރުގެ ބޭލް ރެއާލާ ގުޅުނީ 2013 ވަނަ އަހަރުއެވެ. އޭނާ ރެއާލަށް ބަދަލުވީ ޓޮޓެންހަމްގައި ހުރުމަށްފަހުއެވެ. ރެއާލަށް ބަދަލުވި ފަހުން 2020 ވަނަ އަހަރު ބޭލް ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަަމަށް ކުޅެފައެވެ. ރެއާލާއެކު ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް 258 މެޗު ކުޅެދީ 106 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އެ ޓީމާއެކު 16 ތައްޓެއް ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ތިން ފަހަރު، ކޮޕަ ޑެލްރޭ އެއް ފަހަރު، ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ފީފާ ކުލަބް ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.

ގެރެތު ބޭލްރެއާލް މެޑްރިޑް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް