Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭ.އެސް/އޭލެވެލް އިމްތިހާނު ބޭއްވުން

މިއަހަރުގެ އޭއެސް/އޭލެވެލް އިމްތިޙާނު އޭޕްރީލްމަހަށް އަވަސްވެއްޖެ

28 މާރިޗު 2021 | އާދީއްތަ 02:00

މިހާރު އޮތް ގޮތުން އޭއެސް އޭލެވެލް އިމްތިޙާނު ފަށާނީ 26 އޭޕްރީލް 2021ގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 28 މާރިޗު 2021 | އާދީއްތަ 02:00
ސީއެޗްއެސްއީ

ސީއެޗްއެސްއީ

މިއަހަރުގެ އޭއެސް/އޭލެވެލް އިމްތިޙާނު އޭޕްރީލްމަހަށް އަވަސްވެއްޖެއެވެ.

އިމްތިޙާނުގެ އެންމެ ފަހުގެ ކަންކަން ހާމަކުުރުމަށް ނެރުނު ނޫސްބަޔާނެއްގައި އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިޙާނު ފެށުން އޭޕްރީލް 26ށް އަވަސް ވެފައިވާކަން ހާމަކޮށްފައެވެ. މި ނިންމުމަކީ އޭ.އެސް/އޭލެވެލް ފޯރުކޮށްދޭ އެޑެކްސެލްގެ ނިންމުމެއްކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މި ނިންމުން ބަދަލުކުރުމަށް އެ މިނިސްޓްރީ އާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އެޑެކްސެލްއާއެކު ގިނަ މަޝްވަރާތަކެއް ކުރިކަމަށެވެ. އެހެންނަމަވެސް މި މަޝްވަރާތަކުން އަލިމަގެއް ފެނިފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިއަހަރުގެ އޭއެސް/އޭލެވެލް އިމްތިޙާނު އޭޕްރީލްމަހަށް އަވަސްވުމުން މިއަހަރުގެ އެޗްއެސްސީ އިމްތިޙާނު ބާއްވާނީ 13 ޖޫން 2021ގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

Advertisement - newsAdvertisement

މިއަހަރުގެ މޭ/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް/އޭލެވެލް އިމްތިހާނު ކުރިން ތާވަލުކުރިގޮތަށް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ނިންމާފައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ކުރީގެ ތާވަލާ އެއްގޮތައް އޭ.އެސް/އޭލެވެލް އިމްތިހާނު ބާއްވަން މާރޗް 3 ވަނަ ދުވަހު ނިންމިއިރު، މިދިޔަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް އިނގިރޭސި ވިލާތުގެ ޕިއަރސަންއިން މި އިމްތިޙާނު ނުބާއްވަން ނިންމިކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް، އެސެސްމަންޓް ކުރިއަށްދާނެކަމަށް އޭރު ވަނީ ހާމަކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވަނީ، ރާއްޖޭގައި ބާއްވާނީ އެޑެކްސެލް އިން ދޭ އިމްތިހާނެއް ކަމަށާއި، ސެޓްފިކެޓު ވެސް ދޭނީ އެޑެކްސެލްއިން ކަމަށެވެ. އެގޮތުން ދުނިޔޭގެ ހުރިހާ ޤައުމެއްގައި މި އިމްތިޙާނު ނުބާއްވާ ޓީޗަރ ބޭސްޑް އެސެސްމަންޓެއް ކުރިއަށްގެންދިއުމަށް ނިންމުމުން، މިކަމަކީ ރާއްޖޭގައި ކުރިއަށް ނުގެންދެވޭނެކަމެއްކަން ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީއިން ފާހަގަކުރިކަމަށް ޑެޕިއުޓީ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ. މި ސަބަބައްޓަކައި ރާއްޖޭގައި ކުދިންނަށް ނުފެންނަ ސުވާލު ކަރުދާސް ކުދިންނަށް ފޯރުކޮށްދީގެން އިމްތިޙާނުކުރުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތުކުރިކަމަށް ޑެޕިއުޓީ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން އެޑެކްސެލްއާއެކު ބޭއްވި 5 ބައްދަލުވުމަށްފަހު ރާއްޖޭގައި މި އިމްތިޙާނު ބޭއްވުމުގެ ފުރުސަތު އެޑެކްސެލުން ދޭން ނިންމާފައިވާކަމަށް އިހުސާން ވިދާޅުވިއެވެ. މިގޮތަށް އިމްތިޙާނު ބޭއްވޭނެކަން ޔަޤީންވީ ރޭގެ ވަގުތެއްގައިކަމަށާއި، ރާއްޖެއިން މިފަދަ އިންތިޒާމެއް ހަމަޖެއްސުމުގައި އަދާކުރި ދައުރަށް އެޑެކްސެލުން ޝުކުރުއަދާކުރިކަމަށް ޑެޕިއުޓީ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް