Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑްގެ ލަވަތަކުން ރާއްޖޭގެ މަންޒަރުތައް

ބޮލީވުޑްގެ ލަވަތަކުން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް

ބޮލީވުޑްގެ ދެ ލަވައެއް މިފަހަކުން ރާއްޖޭގައި ވަނީ ޝޫޓްކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 މާރިޗު 2021 | އާދީއްތަ 02:07
އެމްޖޭ5ން ރާއްޖޭގައި ކުޅެފައިވާ ލަވައިގެ ޕޯސްޓަރެއް

އެމްޖޭ5ން ރާއްޖޭގައި ކުޅެފައިވާ ލަވައިގެ ޕޯސްޓަރެއް

ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި މޫދާއި ކަނޑުއަޑީގެ ރީތި މަންޒަރުތަކަކީ ބަލައި ފޫހިނުވާ މަންޒަރުތަކެކެވެ. ރާއްޖޭގެ މިރީތި ގުދުރަތީ މަންޒަރުތައް ހޮލީވުޑްގެ އިތުރުން ބޮލީވުޑުން ވެސް އަންނަނީ ފެންނަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އެކަމުގެ ހީނަރުކަން ވަނީ ވަރަށް ބޮޑަށްކޮށްފައެވެ. ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ބޭއްވުމަށްފަހު އަލުން ހުޅުވާލައި ކުރިން އޮތް ހިސާބަށް ފަތުރުވެރިކަން ގެންދިޔުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ އެއް ކަމަކީ ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން މިފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔުމެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަ މިފަދަ މަޝްހޫރު ބައެއް ފަންނާނުން ވަނީ ރާއްޖޭގައި ލަވަތައް ވެސް ޝޫޓްކޮށްފައެވެ. މަރޗް މަހަށް ބަލައިލާއިރު ރާއްޖޭގައި ޝޫޓްކޮށްފައިވާ ދެ ލަވައެއް މިހާތަނަށް ވަނީ ރިލީޒްކޮށްފައެވެ.

އެގޮތުން މަރޗް މަހުގެ 12 ވަނަ ދުވަހު ވަނީ އިންޑިޔާގެ މަޝްހޫރު ޑާންސް ގްރޫޕެއް ކަމުގައިވާ އެމްޖޭ5 ން ރާއްޖޭގައި ޝޫޓްކުރި ލަވަ ރިލީޒްކޮށްފައެވެ. މި ލަވަ ޝޫޓްކޮށްފައި ވަނީ ’ކިހާ މޯލްޑިވްސް‘ ރިސޯޓްގައެވެ. އެމްޖޭ5 ކިހާ މޯލްޑިވްސްގައި ތިބިއިރުވެސް އެމީހުންގެ ވީޑިއޯތައް ވަނީ ކިހާ މޯލްޑިވްސްގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުން ޕޯސްޓްކޮށްފައެވެ. އެގޮތުން ކިހާ މޯލްޑިވްސްގެޓިކްޓޮކްއެކައުންޓުންވަނީ އެމްޖޭ5 ނަށާ ވީޑިއޯތަކެއް ޕޯސްޓްކޮށްފައެވެ.

އެމްޖޭ5ން ނެރެފައިވާ ލަވައަކީ "ބަވާލް"ގެ ނަން ދީފައިވާ ވީޑިއޯ ލަވައެކެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ޑާންސް ގްރޫޕްގެ މެމްބަރުންތައް މިލަވައިން ފެންނައިރު ކިހާ މޯލްޑިވްސްގެ ހިތްގައިމު މަންޒަރުތައް ވެސް މިލަވައިން ފެނެއެވެ. މިއީ މި ގްރޫޕުން މިގޮތަށް ކުޅުނު ފުރަތަމަ ވީޑިއޯ ލަވައެވެ. ބީ ކިޝް ޓީ ޑައިރެކްޓްކޮށްފައިވާ ލަވަ "ބަވާލް" އަކީ ކާތިކް، ރޯހިތު އަދި ޑެނިސް ކިޔާފައިވާ ލަވައެކެވެ. މިލަވަ ކިޔުންތެރިންނަކީ މިގްރޫޕްގެ މެމްބަރުން ވެސް މެއެވެ. މިލަވައަށް މިހާތަނަށް 7 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

އެމްޖޭ5 އަކީ އިންޑިޔާގެ ޓީވީ ޗެނަލްތަކުން ގެނެސްދީފައިވާ ޑާންސް ޝޯވތަކުން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޑާންސް ގްރޫޕެކެވެ. ފަސް މެމްބަރުން ސިންކްވާ ގޮތަށް ގެނެސްދޭ ޑާންސްތަކަކީ ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާ ނެށުންތަކަށްވާއިރު އެމެރިކާ ކުރީގެ ޕޮޕް އައިކަން މައިކަލް ޖެކްސަން އަކީ މިގްރޫޕްގެ މެންޓޯއެއްގެ ގޮތުގައި ދެކެމުން އަންނަ ފަރާތެވެ. އަދި މަޝްހޫރު މޫން ވޯރކް ސްޓެޕަކީ މި ގްރޫޕްގެ ޑާންސްތަކުގައި އެންމެ އާންމުކޮށް ފެންނަ ސްޓެޕެވެ.

ދެން ރާއްޖެ ފެންނަ ލަވައެއް ރިލީޒްކޮށްފައި މިވަނީ ބޮލީވުޑްގެ އެންމެ ބޮޑު އެއް މިޔުޒިކް ޕްރޮޑަކްޝަން ކުންފުނި، "ސޮނީ މިއުޒިކް" އާއި "ރީޕްލޭ މިއުޒިކް އިންޑިއާ" އާ ގުޅިގެންނެވެ.

މިލަވައިގެ ވަކި ހިސާބަކުން ފެންނަނީ ރާއްޖޭގެ ރިސޯޓެއް ކަމުގައިވާ ކަނޑިންމަ ރިސޯޓެވެ. "ކޭސޭ ޖުދާ ރަހޭ" ގެ ނަމުގައި ކުޅެފައިވާ މިލަވަ ރިލީޒްކޮށްފައިވަނީ މަރޗް މަހުގެ 26 ވަނަ ދުވަހުއެވެ. މި ލަވަ ކުޅެފައިވަނީ ސިދާތު ގުޕްތާ އާއި ޔޫޖީނާ ބެލޮސޯވާއެވެ.

މިހާތަނަށް ހަތަރު މިލިއަނަށްވުރެ ގިނަ ވިއުސް މިލަވައަށް ލިބިފައިވާއިރު މިލަވައިގައި ކަނޑިންމައިގެ ވޯޓާ ވިލާތަކާއި ރީތި ގޮނޑުދޮށުގެ އިތުރުން އެ ރިސޯޓުގައި ހިންގާ ބައެއް ހަރަކާތްތައް ވެސް ފެނިގެންދެއެވެ.

މިފަދަ ލަވަތަކާއެކު އިންޑިޔާ އާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖޭގެ މަގބޫލުކަން އިތުރުވެގެންދާނެއެވެ. އަދި ރާއްޖެ އިޝްތިހާރުކުރުމަށް އިތުރަށް މަގުފަހި ވެގެންދާނެއެވެ.

ބޮލީވުޑް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ
21 އޮކްޓޯބަރު 2025

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

21 އޮކްޓޯބަރު 2025
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ
10 އޮކްޓޯބަރު 2024

ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް

10 އޮކްޓޯބަރު 2024
ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް
31 މެއި 2022

ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ

31 މެއި 2022
ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ
07 ފެބުރުއަރީ 2022

ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

07 ފެބުރުއަރީ 2022
ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު