Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޓިކްޓޮކްގެ އަނދިރި ފަރާތް

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

މިއެޕް ގިނައަދަދެއްގެ ކުޑަ ކުދިން ބޭނުން ކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 މާރިޗު 2021 | ހޮނިހިރު 12:05
ޓިކްޓޮކްއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލް އެޕްލިކޭޝަނެއް

ޓިކްޓޮކްއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލް އެޕްލިކޭޝަނެއް

ދިވެހިންނަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއަށް ވަރަށް ލޯބިކުރާ ބައެކެވެ. އެންމެފަހުގެ އުފެއްދުންތަކާއި ޓްރެންޑްތަކަށް އަމަލުކުރާ މީހުން މި ކުޑަކުޑަ ދިވެހިރާއްޖޭގައި މަދެއް ނުވާނެއެވެ. މިފަހުގެ ތާރީހެއްގައި އެމީހެއްގެ ހުނަރު ދައްކާލުމަށް ލިބުނު އެއް ޕްލެޓްފޯމަކީ ''ޓިކްޓޮކް'' އެވެ. ޓިކްޓޮކް ތައާރަފް ވެގެން ދިއުމާއެކު ގިނަ ބަޔަކު އެ އެޕްލިކޭޝަން ފޯނަށް އަޅައި އެ ބޭނުން ކުރަން ފެށިއެވެ.

އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ހިލާފަށް ޓިކްޓޮކް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މެދުގައި މަގުބޫލް ވެގެން ދިއުމަކީ މިއަދު ދިވެހި މުޖުތަމައުން ފެންނަ އެއް ހަގީގަތެވެ. ހާއްސަކޮށް ސްކޫލުތަކުގައި ކިޔަވާ ކުދިންގެ އިތުރުން ޒުވާނުންގެ މެދުގައެވެ. މީގެއިތުރުން ޓިކްޓޮކުން އުފަންވެގެން ފިލްމީ ދާއިރާގައި ފިޔަޖަހަމުންދާ ޒުވާނުން ވެސް މިހާރު ވަކި މަދެއްނުވާނެއެވެ. އެހެންކަމުން ޓިކްޓޮކަކީ ގިނަ ފަންނާނުންނަށް ފުރުސަތު ދިން ޕްލެޓްފޯމެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. ނަމަވެސް މިއެޕްގެ ބޭނުން ބައެއް މީހުން ހިފަމުންދަނީ އެކަމުގެ ގެއްލުން މުޅި ގައުމަށާއި، އަންނަން އޮތް ޖީލަށް އެކަމުގެ ނޭދެވޭ އަސަރު ކުރުވާ ގޮތަށެވެ.

އެކި އުމުރުފުރާތަކުގެ މީހުން ޓިކްޓޮކް ބޭނުންކުރަމުން ދާއިރު، ބައެއް މީހުންނަކީ ޓިކްޓޮކް ބަލާ މީހުންނެވެ. އަނެއް ބައި މީހުންނަކީ ޓިކްޓޮކް ކުޅޭ މީހުންނެވެ. މޯޓިވޭޝަންގެ ގިނަ މެސެޖްތަކާއި، ހަގީގީ ހާދިސާތަކާއި، ދީނީ މައުލޫމާތުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ގޮތުން ދޭން ބޭނުންވާ މެސެޖްތައް ޓިކްޓޮކް ޕްލެޓްފޯމްއަށް ދޫކޮށްލައެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކާއި، ގައުމުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިސް ވެސް މިހާރު ޓިކްޓޮކް އެޕް ބޭނުން ކުރެއެވެ. އެއީ ގައުމުގެ ގިނަ ޒުވާނުންނަށް އެ މެސެޖް ފޯރުކޮށްދޭން ބޭނުންވާތީއެވެ.

ނަމަވެސް މިއެޕްގެ ބޭނުން ބައެއް މީހުން ހިފަމުންދަނީ ގެއްލުން ދެނިވި ގޮތަކަށެވެ. އިސްލާމީ ދިވެހި މުޖުތަމައަށް އެންމެ އެކަށީގެންނުވާ ގޮތަށް ބައެއް މީހުން ވީޑިއޯ ކުޅެ އަޕްލޯޑް ކޮށްފައިވެއެވެ. މީގެ ތެރޭގައި ހުތުރު ބަސް ބޭނުން ކޮށްގެންނާއި، ފިރިހެނުން އަންހެން ވެގެން ކުޅެފައިވާ ވީޑިއޯ ހިމެނެއެވެ. އަދި އެކި މީސްމީހުންގެ ޒާތީ މައުލޫމާތު އާއްމުކުރުމާއި، އެކަކު އަނެކަކަށް މަލާމަތާއި ފުރައްސާރަ ކުރުމަށްފަހު ވެސް ވީޑިއޯ އަޕްލޯޑް ކޮށްފައިވެއެވެ. މިކަމާއި ގުޅިގެން ބައެއް އާއްމު ރައްޔިތުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ. މިއާ ހިލާފަށް މިއީ ކުޑަ މައްސަލައެއްގެ ގޮތުގައި ވެސް ބައެއް މީހުން ދެކިފާނެއެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ ތަނެއް އަނދާހުލިވެ ދަނީ ވެސް އަލިފާނުގެ އެންމެ ކަންޏަކުންނެވެ.

މި މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ވެސް ނޫނެވެ. ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި މިފަދަ މައްސަލަތައް ފެންމަތިވުމާއެކު ޓިކްޓޮކް ބޭނުން ކުރުން އެގައުމުތަކުގައި ވަނީ މަނާ ވެސްކޮށްފައެވެ. އެގޮތުން ފިޔަވަޅު އެޅި އެއް ގައުމަކީ ޕާކިސްތާނެވެ. ޕާކިސްތާނުން ޓިކްޓޮކް މަނާކުރީ އާންމު މިންގަނޑަށް ނުތެފޭ ކޮންޓެންޓްތައް އޭގައި ހުންނަކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ބޮޑުވުމާ ގުޅިގެންނެވެ. އަހުލާގީ އަދި ސުލޫކީ މިންގަނޑަށް ނުފެތޭ ބޭއަދަބީ ކޮންޓެންޓް ޓިކްޓޮކްގައި ހުންނަ ކަަމަށް ޕާކިސްތާންގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން ހާމަކޮށްފައިވެއެވެ.

މިހުރިހާ ކަމެއް ރާއްޖޭގައި ހިނގަމުންދާއިރު ވެސް މިމައްސަލަ ބަލާނެ މުއައްސަސާއެއް ނެތުމަކީ މުޅި ގައުމު ފެއިލްވުމެވެ. ވަރުވަރުން މައްސަލަތައް ބަލާ މުއައްސަސާތައް އެބަހުއްޓެވެ. ކަންކަން ތަންފީޒު ކުރުމަށް މަގާމުތަކުގައި ބޭފުޅުން އެބަތިއްބަވައެވެ. ނަމަވެސް މިއަދާ ހަމައަށް އައިރު މިއިން މައްސަލައެއް އެފަދަ މުއައްސަސާއެއްގެ ސަމާލުކަމަށް ވެސް އައިސްފައިނުވެއެވެ. ޖީލެއް ހަލާކުވެގެންދާއިރު ގައުމު ނިދާފައެވެ. މިއީ ދެރަކަމެކެވެ.

ޓިކްޓޮކް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

10 ޑިސެމްބަރު 2025
އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި
27 ސެޕްޓެމްބަރު 2025

ޓްރަމްޕް ވިދާޅުވީ ޓިކްޓޮކްގެ ޑީލް ނިމިފައިވާ ކަމަށް. އޭގެ ވެރިފަރާތަކަށް ވާނީ ކާކު، އަދި އެ މަަސައްކަތް ކުރާނީ ކިހިނެއް؟

27 ސެޕްޓެމްބަރު 2025
ޓްރަމްޕް ވިދާޅުވީ ޓިކްޓޮކްގެ ޑީލް ނިމިފައިވާ ކަމަށް. އޭގެ ވެރިފަރާތަކަށް ވާނީ ކާކު، އަދި އެ މަަސައްކަތް ކުރާނީ ކިހިނެއް؟
16 އެޕްރީލު 2025

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

16 އެޕްރީލު 2025
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
09 އޮކްޓޯބަރު 2024

ކުޑަކުދިންނަށް ގެއްލުން ދޭ ކަމަށް ބުނެ ޓިކްޓޮކް އަށް ދައުވާކުރަނީ

09 އޮކްޓޯބަރު 2024
ކުޑަކުދިންނަށް ގެއްލުން ދޭ ކަމަށް ބުނެ ޓިކްޓޮކް އަށް ދައުވާކުރަނީ
26 އޯގަސްޓު 2024

ލިޔުނު ޚަބަރަކާއި ގުޅިގެން ޓިކްޓޮކްގައި ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް އިންޒާރުދެމުންދާ މައްސަލަ ފުލުހުން ބަލަން ފަށައިފި

26 އޯގަސްޓު 2024
ލިޔުނު ޚަބަރަކާއި ގުޅިގެން ޓިކްޓޮކްގައި ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް އިންޒާރުދެމުންދާ މައްސަލަ ފުލުހުން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު