Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓިކްޓޮކް

ޓިކްޓޮކް އެނބުރި އެޕަލް އަދި ގޫގުލްގެ އެޕް ސްޓޯ ތަކަށް

ޓިކްޓޮކް އެމެރިކާގެ އެޕް ސްޓޯތަކަށް އަނބުރާ އައީ ޓްރަމްޕް ހުއްދަދެއްވުމުން. ނަމަވެސް، ހުއްދަ ދިނުމަށް ފަހުވެސް އެޕަލް އަދި ގޫގުލް އިންތިޒާރު ކުރަމުންދިޔައީ ޖޫރިމަނާ ނުކުރާނެކަމުގެ ޔަޤީން ކަމަށް

ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2025 | ހުކުރު 12:57
އެމެރިކާއިން ޓިކްޓޮކް މަނާކުރުމަށް ކުރަމުންދާ މަސައްކަތް ދުވަހެއްދުވަހަކަށް ދިޔައީ އިތުރު ކުރަމުން

އެމެރިކާއިން ޓިކްޓޮކް މަނާކުރުމަށް ކުރަމުންދާ މަސައްކަތް ދުވަހެއްދުވަހަކަށް ދިޔައީ އިތުރު ކުރަމުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ އުފެއްދުމެއް ކަމަށްވާ ސޯޝަލް މީޑިއާ އެޕް ޓިކްޓޮކް އެމެރިކާގައި މަނާކުރުން ފަސްކުރައްވާ، އެޕް ޑިސްޓްރިބިއުޓް ކުރުމާއި ބޭނުންކުރުމުން ޖޫރިމަނާ ނުކުރާނެކަމުގެ ޔަޤީންކަން ދެއްވުމާއެކު، ބުރާސްފަތި ދުވަހު އެޕަލް އަދި ގޫގުލްގެ އެމެރިކާގެ އެޕް ސްޓޯތަކަށް ޓިކްޓޮކް އަނބުރާ އައިސްފިއެވެ.

ގާތްގަނޑަކަށް އެމެރިކާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ބޭނުން ކުރާ މަޤްބޫލު ކުރު ވީޑިއޯ އެޕް، ޖެނުއަރީ 19 ވަނަ ދުވަހު ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ޢަމަލު ކުރަން ފެށި ޤާނޫނެއްގެ ސަބަބުން، އެޕްގެ ޗައިނާގެ ވެރިފަރާތް ކަމުގައިވާ ބައިޓް ޑާންސް އިން އެޕް ވިއްކާލުން ނުވަތަ ހުއްޓާލުމާ ކުރިމަތިލާން ޖެހުމާއެކު، ކުރު މުއްދަތަކަށް އެޕް ސްޓޯރ ތަކުން އެޕް ވަނީ ނަގާފައެވެ.

Advertisement - businessAdvertisement

ގާނޫނު ތަންފީޒު ކުރަން ފެށި ދުވަހާ ޖެހިގެން އައި ދުވަހު ޓްރަމްޕް ވަނީ އެގްޒެކެޓިވް އޯޑަރެއްގައި ސޮއި ކުރައްވާ، އެޕް އެމެރިކާގައި ބޭނުން ކުރުން ހުއްޓާލުން ތަންފީޒުކުރަން ދީފައި އޮތް ތާރީޚް 75 ދުވަހަށް ފަސްކޮށްދެއްވައި، ވަގުތީގޮތުން އެމެރިކާގައި ޓިކްޓޮކްގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދެއްވާފައެވެ.

ޓްރަމްޕް ދެއްވި ޔަޤީން ކަމާއެކު ޓިކްޓޮކް ގެ ޚިދުމަތް އަލުން ފެށި ނަމަވެސް، ގޫގުލް އަދި އެޕަލްއިން ވަނީ އެމެރިކާގެ އެޕް ސްޓޯތަކުން އެޕް ނަގަން ނިންމި ނިންމުން ދަމަހައްޓާފައެވެ.

އެމެރިކާގައި ފާއިތުވި އަހަރު ދެވަނަ އަށް އެންމެ ގިނައިން ޑައުންލޯޑް ކުރި އެޕް ކަމުގައިވާ ޓިކްޓޮކް، ބުރާސްފަތި ދުވަހު އެމެރިކާގެ އެޕް ސްޓޯތަކުން އަލުން ޑައުންލޯޑް ކުރެވޭ ގޮތް ވަނީ ހަދާފައެވެ.

ދިރާސާ ކުރާ ފަރާތްތަކުގެ ބުނާ ގޮތުގައި އެޕް ސްޓޯރ ތަކުން އެ އެޕް ހޯސްޓް ކުރުން ލަސްކުރީ އެޕް ޑިސްޓްރިބިއުޓް ކުރިޔަސް ދަޢުވާ ނުކުރާނެ ކަމުގެ ޔަޤީން ކަމަށް ގޫގުލް އަދި އެޕަލްއިން އިންތިޒާރު ކުރަމުން ދިޔުމުގެ ސަބަބުން ކަމަށް ބެލޭ ކަމުގައެވެ.

ޓްރަމްޕް ނެރުއްވި އިރުޝާދުގައި ބުނެފައިވަނީ މޮބައިލް އެޕްލިކޭޝަން ސްޓޯތައް ނުވަތަ ޑިޖިޓަލް މާކެޓްޕްލޭސްތައް ހިންގާ ކުންފުނިތަކަކީ، އެތަންތަން ބޭނުންކުރާ ފަރާތްތަކަށް އެޕްތައް ބަލައި، ޑައުންލޯޑްކޮށް އަދި އަޕްޑޭޓްކުރެވޭ ތަންތަނަށް ވާތީ، ޓިކްޓޮކް އެޕް ހިންގަމުން ގެންދިއުމަކުން އެއިން ފަރާތަކަށް އެއްވެސް އަދަބެއް ނުދެވޭނެ ކަމަށެވެ.

މާކެޓް އިންޓެލިޖެންސް ކުންފުންޏެއް ކަމުގައިވާ ސެންސަރ ޓަވަރގެ މަޢުލޫމާތުން ދައްކާގޮތުގައި، 2024 ވަނަ އަހަރު ޓިކްޓޮކް 52 މިލިއަނަށްވުރެ ގިނަ ފަހަރު ޑައުންލޯޑް ކޮށްފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އިސްލާމިކް ބޭންކުގެ އެޕް، "ފައިސާ މޮބައިލު"ން ޒަކާތް ދައްކާލެވޭ

އިސްލާމިކް ބޭންކުގެ އެޕް، "ފައިސާ މޮބައިލު"ން ޒަކާތް ދައްކާލެވޭ

23 މެއި 2018
މޯލްޑިވްސް އިސްލާމިކް ބޭންކުން 'ފައިސާ މޮބައިލް'ގެ ނަމުގައި މޮބައިލް ބޭންކިންގ އެޕްލިކޭޝަން ލޯންޗުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކުން 'ފައިސާ މޮބައިލް'ގެ ނަމުގައި މޮބައިލް ބޭންކިންގ އެޕްލިކޭޝަން ލޯންޗުކޮށްފި

08 މެއި 2018
މެރީބްރައުންގެ އެޕްރިސިއޭޝަން ޑޭ ފާހަގަކޮށްފި

މެރީބްރައުންގެ އެޕްރިސިއޭޝަން ޑޭ ފާހަގަކޮށްފި

06 އެޕްރީލު 2018
ލެކިއުޓުން ސްމާޓް ފޯނު އެޕްލިކޭޝަނެއް ތައާރަފްކޮށްފި

ލެކިއުޓުން ސްމާޓް ފޯނު އެޕްލިކޭޝަނެއް ތައާރަފްކޮށްފި

06 އެޕްރީލު 2018
ފޭސްބުކް އަދި އެޕަލްގެ ވެރިން ބަހުގެ ހޫނު ޙަަމަލާތަކެއް ބަދަލުކޮށްފި

ފޭސްބުކް އަދި އެޕަލްގެ ވެރިން ބަހުގެ ހޫނު ޙަަމަލާތަކެއް ބަދަލުކޮށްފި

04 އެޕްރީލު 2018

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު