Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހި އަސްކަރިއްޔާ

ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރު ކުރުމަށް އެމެރިކާގެ އަސްކަރިއްޔާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފި

27 މާރިޗު 2021 | ހޮނިހިރު 08:14

ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު އޮތް ގުޅުން އިހުނަށްވުރެބޮޑަށް ވަނީ ބަދަހިވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 މާރިޗު 2021 | ހޮނިހިރު 08:14
ޔޫއެސް އާރމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް، މޭޖަރ ޖެނެރަލް މެކް ޑެނިއެލްއާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް

ޔޫއެސް އާރމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް، މޭޖަރ ޖެނެރަލް މެކް ޑެނިއެލްއާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް

ދިވެހި އަސްކަރިއްޔާގެ އަސްކަރީ ޤާބިލްކަން އިތުރު ކުރުމަށް އެމެރިކާ އަސްކަރިއްޔާ ދެމި އޮންނާނެ ކަމުގައި އެމެރިކާގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޔޫއެސް އާރމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް، މޭޖަރ ޖެނެރަލް މެކް ޑެނިއެލް، މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަރިހަށް މިމަހުގެ 25 ވަނަ ދުވަހު ކުރެއްވި އިޚްތިރާމުގެ ޒިޔާރަތުގައި އެމަނިކުފާނަށް އެރުވި މެންޓޯގައެވެ.

Advertisement - newsAdvertisement

މި މެންޓޯގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ދިވެހި އަސްކަރިއްޔާގެ އަސްކަރީ ޤާބިލްކަން އިތުރު ކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ތަޢުރީފުކުރައްވާފައިވާއިރު އެމެރިކާގެ އަސްކަރިއްޔާ، ރާއްޖޭގެ އަސްކަރިއްޔާއާއެކުގައި ވާހަކަން ހާމަކޮށްފައިވެއެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި އެމެރިކާގެ ޑިފެންސް ޑެޕިއުޓީ އަންޑަރ ސެކެރެޓަރީ އޮފް ޑިފެންސް ރީޑް ވާނާ، އެމެރިކާގެ ފިލަޑެލްފިއާގައި 2019 ވަނަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވޯކް އެގްރީމެންޓާއި ގުޅިގެން އެމްއެންޑީއެފް އޭރިއާތަކަށާއި އެމްއެންޑީއެފުން ހިންގާ ޚާއްޞަ އޮޕަރޭޝަންތަކުގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ވާސީލަތްތަކާއި އާލާތްތަކުގެ އެހީތެރިކަން އެމެރިކާގެ އަސްކަރިއްޔާއިން އަންނަނީ ފޯރުކޮށްދެމުންނެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު އޮތް ގުޅުން އިހުނަށްވުރެބޮޑަށް ވަނީ ބަދަހިވެފައެވެ.

މިގޮތުން އެމެރިކާ ސެކިއުރިޓީ ފޯސެސް ބްރިގޭޑް "އެސްއެފްބީއޭ" ގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ މާފިލާފުށީގައި "ބްލެކް މާލިން" ނަމުގައި އެއް މަސްދުވަހުގެ ތަމްރީނުތަކެއް މާރިޗް 1 ވަނަ ދުވަހު ފެށިގެން މިހާރުވެސް ދަނީ ކުރިއަށެވެ. މީގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާގެ މަތީ ފަންތީގެ ވަފުދުތައް ރާއްޖެ ޒިޔާރަތް ކުރައްވާފައިވާއިރު، 2019 ވަނަ އަހަރު ޖެނުއަރީ މަހު، އެމެރިކާގެ އެސިސްޓެންސް ސެކެރެޓަރީ އޮފް ޑިފެންސް ރެންޑަލް ޝްރައިވަރ އަދި އެމެރިކާގެ އެކްޓިންގ އަންޑަރ ސެކެރެޓަރީ އޮފް ޑިފެންސް ފޯރ ޕޮލިސީ އެންތަނީ ޓާޓާ މިއަހަރު ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތް ކުރައްވައި ދެ ޤައުމުގެ މެދުގައި ޑިފެންސް އެންޑް ސެކިއުރިޓީ ޑައިލޮގް ނަމުގައި މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޔޫއެސް އާމީ ފެސިފިކްގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ ޖެނެރަލް ޑެނިއަލް އެފް މެކްޑެނިއަލް ރާއްޖެ ވަޑައިގަންނަވާފައިވާއިރު އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ރުޑް ވެސް ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަސްކަރިއްޔާގައި ބޭނުންކުރާ އަސްކަރީ ބައެއް އާލާތްތަކާއި ވަސީލަތްތައް އެމްއެންޑީއެފަށް ހަދިޔާ ކުރައްވާފައެވެ. މީގެ އިތުރުން ވެސް ކޮވިޑް-19 ގެ ޕެންޑެމިކްގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ގިނަގުނަ އެހީތެރިކަން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާފައެވެ.

އެމްއެންޑީއެފް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް