Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެންޓިލޭޓަރު ގަތުމުގައި ޙިޔާނަތްވި މައްސަލަ

ވެންޓިލޭޓަރު މައްސަލަ ރިވިއު ކުރުމަށްފަހު ޕީޖީން ނިންމީ ދައުވާ ނުކުރަން ނިންމި ނިންމުން ދެމެހެއްޓުމަށް

ޕީޖީ އޮފީހުން ބުނީ ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންޞުރުތައް ސާބިތު ކޮށްދެވިދާނެކަމަށް ނުފެންނަކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 މާރިޗު 2021 | ބުރާސްފަތި 17:51
ޕީޖީ ހުސައިން ޝަމީމް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ

ޕީޖީ ހުސައިން ޝަމީމް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި ދައުވާނުކުރަން ނިންމެވި ނިންމެވުން މުރާޖައާކުރުމަށްފަހު، އެ ނިންމުން އެގޮތުގައި ދެމެހެއްޓުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ރާއްޖެ ގެންނެވުމަށް މަސައްކަތްކުރެއްވި ވެންޓިލޭޓަރުތަކާ ބެހޭ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހެޅި އިތުރު މަޢުލޫމާތުތަކާ ގުޅިގެން، މައްސަލަ އަލުން ރިވިއުކޮށް ބަލާފައިވާ ކަމަށެވެ. އަދި އައު މަޢުލޫމާތާއި، މައްސަލައިގައި ކުރިން ހޯދިފައިވާ ހެކި ޤަރީނާގެ މައްޗަށް ބަލައި، ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންޞުރުތައް ސާބިތު ކޮށްދެވިދާނެކަމަށް ނުފެންނަކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އެއާއެކު، މި މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމި ސަބަބުތައް އެގޮތުގައި ދެމިއޮތްކަމަށް ފެންނަކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، އެ ނިންމުމަށް ބަދަލުނުގެންނަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން އޭސީސީ އާއި ޕީޖީ އޮފީހާ ދެމެދު ޙިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވިއެވެ. އެހެންނަމަވެސް ޕީޖީން ނިންމާފައިވަނީ އެކަމުގައި ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެކި ނެތްކަމަށެވެ. މި މައްސަލައާއި ގުޅިގެން ކުރިމަތިވީ ފިއްތުންތަކާއި ގުޅިގެން އޭރުގެ ހެލްތް މިނިސްޓަރ އަމީނު ވަނީ މިނިސްޓަރު ކަމުން އިސްތިއުފާވެސް ދެއްވާފައެވެ.

މި މައްސަލަ އަނބުރާ ފޮނުވާލެއްވި ސަބަބު ތަފްސީލު ކޮށްދެއްވަމުން ޕީޖީ ހުސައިން ޝަމީމް މީގެ ކުރިން ވިދާޅުވީ، މި މައްސަލައިގެ ތަހުޤީޤު ނިންމައި ޕީޖީ އޮފީހަށް ފޮނުވިއިރު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށެވެ. ޕީޖީ ވިދާޅުވީ، އިދާރީ ގޮތުން މައްސަލަތަކެއް ފެންނަން ހުރި ނަމަވެސް، ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށް، ސާބިތު ކުރެވިދާނެތޯ ކަމަށެވެ. އެހެން ނަމަވެސް، އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ތަކުރާރުކޮށް ވިދާޅުވެފައިވަނީ ދައުވާ ކުރަން ފޮނުވީ އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ.

އޭގެ އިތުރުން، ވެންޓިލޭޓަރުގެ ޚިޔާނާތުގެ މައްސަލާގައި ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ބޭނުންވާ މައުލޫމާތުތައް ފޮނުވާފައިނުވާކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) ވިދާޅުވެފައިވާތީ، ފުލުހުންނާއި އޭސީސީން އެމައުލޫމާތުތައް ސިއްރުކުރާ މައްސަލަ ބެލުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށްވެސް ފޮނުވާފައިވެއެވެ.

އޭސީސީޕްރޮސެކިއުޓަރ ޖެނެރަލްއެންޓި ކޮރަޕްޝަން ކޮމިޝަން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
12 ނޮވެމްބަރު 2025

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު