Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޓިއުބް ލައިޓް

"ޓިއުބްލައިޓް" ޕާކިސްޓާނުގައި ރިލީޒްކުރުމާ ދެކޮޅު

ޕާކިސްތާނުގެ ފިލްމު އެސޯސިއޭޝަނުން ދަނީ މި ފިލްމު އީދުގައި ރިލީޒްކުރިޔަ ނުދޭން ވަރަށް މަސައްކަތް ކުރަމުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 4 މެއި 2017 | ބުރާސްފަތި 14:18
ޓިއުބްލައިޓުގެ ޕޯސްޓަރެއް

ޓިއުބްލައިޓުގެ ޕޯސްޓަރެއް

ސަލްމާން ޚާންގެ "ޓިއުބުލައިޓް" ޕާކިސްތާނުގައި އީދު ދުވަހު ރިލީޒްކުރުމަށް އެ ގައުމުގެ ފިލްމު އުފައްދާ ފަރާތްތަކުން ދެކޮޅު ހަދަން ފަށައިފި އެވެ.

މިއަންނަ ކުޑަ އީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ޓިއުބްލައިޓް" ޕާކިސްތާނުގައި އަޅުވަން އެ ގައުމުގެ ފިލްމު ޑިސްޓްރިބިއުޝަން އޮތޯރިޓީ އާއި ފިލްމު ޕްރޮޑިއުސާސް އެސޯސިއޭޝަނުން ދަނީ ރިލީޒްކުރިޔަ ނުދޭން ވަރަށް މަސައްކަތް ކުރަމުންނެވެ.

ޕާކިސްތާނުގެ ފިލްމު އަޅުވާ އެސޯސިއޭޝަނުން ބުނާ ގޮތުގައި މި އަންނަ ކުޑަ އީދުގައި ޕާކިސްތާނުގެ ފިލްމުތައް ވެސް އެޅުވުމަށް ތައްޔާރު ވަމުން ދާކަމަށެވެ. އެހެންކަމުން "ޓިއުބުލައިޓް" އަޅުވައިފި ނަމަ ޕާކިސްތާނު ފިލްމުތައް ބަލަން ދާނެ ބަޔަކު ނުވާނެ ކަމަށް އެ އެސޯސިއޭޝަންތަކުން ވަނީ ބުނެފައެވެ.

"ޓިއުބްލައިޓް"އަށް ވަނީ ފިލްމު އަދި ޓްރެއިލާ ރިލީޒްކުރުމުގެ ކުރިންވެސް ބޮޑު އާމްދަނީއެއް ލިބިފައެވެ. މި ފިލްމަށް ވަނީ މިހާތަނަށް 227 ކްރޯޑް ރުޕީސް ލިބިފައެވެ. އެވަރުގެ ބޮޑު ފައިދާއެއް ޓިއުބްލައިޓަށް ލިބުނީ މިއުޒިކް ރައިޓްސް އާއި ތިއެޓްރިކަލް ރައިޓްސް ވިއްކާލައިގެންނެވެ.

މި ފިލްމު ތިއޭޓާގައި އެޅުވުމަށް އިންޑިއާގެ އެންއެޗް ސްޓޫޑިއޯޒް އަށް ވިއްކާލާފައި ވަނީ 132 ކްރޯޑް ރުޕީސްއަށެވެ. އަދި ޗައިނާގައި ފިލްމު އެޅުވުމަށް 75 ކްރޯޑް ރުޕީސްއަށް ވިއްކާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ސޮނީ މިއުޒިކަށް 20 ކްރޯޑް ރުޕީސްއަށް ވަނީ ވިއްކާލާފައެވެ. ފިލްމު އެޅުވުމުގެ 3 މަހެއްހާ ކުރިން މި ފިލްމު މިހާ ބޮޑު އާމްދަނީއެއް ހޯދުމުން ކުރިއަށް އޮތްތަނުގައި އަދި މިއަށްވުރެ ދެގުނަ އާމްދަނީ ލިބޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ސަލްމާނާއެކު ކަބީރް ޚާން އުފެއްދި ތިން ވަނަ ފިލްމު، "ޓިއުބްލައިޓް" ގައި ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޗައިނާގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޒޫޒޫ އެވެ. މި ފިލްމުގައި ސަލްމާންގެ ބޭބެގެ ރޯލުން އެއްބަނޑު އެއްބަފާ ކޮއްކޮ ސޮހެއިލް ޚާން ވެސް ފެނިގެންދާނެ އެވެ

އިންޑިއާ އާއި ޗައިނާއާ ދެމެދު ހިމާލިޔާ ބޯޑަރާ ހެދި 1962 އަހަރު ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާއި ޗައިނާގެ ޒުވާން އަންހެން ކުއްޖަކާ ބައްދަލުވެ، އެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ފިލްމުގައި ވަރަށް ގިނަ ވިޝުއަލް އިފެކްޓްސް މަންޒަރުތައް ފެނިގެންދާނެ އެވެ.

ވިޝުއަލް އިފެކްޓްސްގެ ގިނަ މަންޒަރުތަކެއް ފިލްމުގައި ހިމެނޭތީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކަށް ވަރަށް ގިނަ ވަގުތު ބޭނުން ވާތީ ފިލްމުގެ ޝޫޓިން ވަނީ ލަފާކުރި ޝެޑިއުލަށް ވުރެ ކުރިން ނިންމާލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު

"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު

26 ޖޫން 2017
"ޓިއުބްލައިޓް" އެންމެ ފަހުން ސިނަމާތަކަށް އައިސްފި

"ޓިއުބްލައިޓް" އެންމެ ފަހުން ސިނަމާތަކަށް އައިސްފި

23 ޖޫން 2017
ޓިއުބްލައިޓް: އެޅުވުމުގެ ކުރިންވެސް800 ކުރޯޑް ރުޕީސް ލިބިއްޖެ

ޓިއުބްލައިޓް: އެޅުވުމުގެ ކުރިންވެސް800 ކުރޯޑް ރުޕީސް ލިބިއްޖެ

04 ޖޫން 2017
"ޓިއުބްލައިޓް"ގެ ޓްރެއިލާ އާންމު ކުރުމާއެކު އެފިލްމަށް ތައުރީފުކުރާ މީހުން ގިނަވެއްޖެ

"ޓިއުބްލައިޓް"ގެ ޓްރެއިލާ އާންމު ކުރުމާއެކު އެފިލްމަށް ތައުރީފުކުރާ މީހުން ގިނަވެއްޖެ

27 މެއި 2017
ސަލްމާން ޚާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ނެރެނީ މާދަމާ

ސަލްމާން ޚާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ނެރެނީ މާދަމާ

24 މެއި 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު