Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެން ޑައިކަށް ލިބުނު އަނިޔާ

ވެން ޑައިކަށް ޔޫރޯގައި ކުޅެވޭނެކަން އަދި ޔަގީނެއް ނޫން: ޑި ބޮއާ

ވެން ޑައިކަށް ޔޫރޯގައި ކުޅެވޭނެ ކަމަށް ކޫމަން ވަނީ ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 މާރިޗު 2021 | ބުދަ 13:58
ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކް

ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކް

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ކުޅެވޭނެކަން އަދި ޔަގީން ނޫން ކަމަށް އެ ޤައުމުގެ ކޯޗު ފްރޭންކް ޑި ބޮއާ ބުނެފިއެވެ.

ވެން ޑައިކުގެ ކަކުލަށް އަނިޔާވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވަޓަނާ 2-2 ން ލިވަޕޫލް އެއްވަރުވި މެޗުގެ ތެރެއިންނެވެ. މި އަނިޔާއާ ގުޅިގެން ވެން ޑައިކުގެ ކަކުލަށް ބޮޑު ގެއްލުމެއްވިއިރު، އަނިޔާއިން ރަނގަޅުވުމަށް އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. މި އަނިޔާއާ ގުޅިގެން މި ސީޒަނުގައި ވެން ޑައިކަށް ދެން ނުކުޅެވޭނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު، އޭނާ އަންނަނީ އޮޕަރޭޝަނަށްފަހު އަލުން ފިޓްވުމަށް އެކަނި ތަމްރީނު ހަދަމުންނެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ޓީމުގެ ތަމްރީނުތަކުގައި އޭނާ ބައިވެރިވުމުގެ ފުރުޞަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕުވެސް ވަނީ ޔޫރޯގައި ވެން ޑައިކަށް ނުކުޅެވިދާނެ ކަމަށް ބުނެފައެވެ. އެގޮތުން ކްލޮޕް ބުނީ ވެން ޑައިކަށް ލިބުނީ ސީރިއަސް އަނިޔާއެއް ކަމަށާއި، އެހެންކަމުން މި ދަނޑިވަޅުގައި ވާދަވެރި މުބާރާތެއް ކުޅުމަކީ އޭނާއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އަދި ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑި ބޮއާ ބުނީ އަނިޔާއިން އެއްކޮށް ރަނގަޅުވާން ވެން ޑައިކަށް އަދި މަދުވެގެން އަށް ހަފުތާ ބޭނުންވާ ކަމަށެވެ. އެކަމަކު އެ މުއްދަތަށްފަހު އޭނާއަށް ކުޅުމުގެ ތެރެއަށް އަނބުރާ އާދެވޭނެކަން އަދި ޔަގީންނުވާ ކަމަށާއި، އެހެންކަމުން ވެން ޑައިކަށް ޔޫރޯގައި ކުޅެވޭނެކަން އަދި ޔަގީންނުވާ ކަމަށްވެސް ޑި ބޮއާ ވަނީ ބުނެފައެވެ.

ޑި ބޮއާ މިހެން ބުނި ނަމަވެސް، ނެދަލެންޑްސްގެ ކުރީގެ ކޯޗު އަދި ބާސެލޯނާއަށް މިހާރު އިރުޝާދުދެމުން އަންނަ ރޮނާލްޑް ކޫމަން ވަނީ ޔޫރޯގައި ވެން ޑައިކަށް ކުޅެވޭނެ ކަމަށް ބުނެފައެވެ. އޭނާ ބުނީ ވެން ޑައިކަކީ މާލީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ބެލިޔަސް ލިވަޕޫލަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އެކަމަކު އޭނާ ދެކޭ ގޮތުގައި ވެން ޑައިކަށް ޔޫރޯގައި ކުޅެވޭނެ ކަމަށެވެ.

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެން ޑައިކަށް ކުޅެވޭނެކަން އަދި ޔަގީން ނުވާއިރު، އެ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވާޖިލް ވެން ޑައިކް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2024

މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ނުކޮށް އޮތަސް، ސްލޮޓް ހާހެއް ނުވޭ!

14 ޑިސެމްބަރު 2024
މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ނުކޮށް އޮތަސް، ސްލޮޓް ހާހެއް ނުވޭ!
13 އޮކްޓޯބަރު 2024

ވެން ޑައިކަށް ދެއްކި ފުރަތަމަ ރީނދޫ ކާޑާ އެކު، ކޫމަން ހައިރާންވެފައި

13 އޮކްޓޯބަރު 2024
ވެން ޑައިކަށް ދެއްކި ފުރަތަމަ ރީނދޫ ކާޑާ އެކު، ކޫމަން ހައިރާންވެފައި
25 އެޕްރީލު 2024

ވެންޑައިކް: މި ކުޅެނީ ތަށި ހޯދަންތަ؟ ކުޅުންތެރިން އަމިއްލަ ނަފްސާ ކުރަންވީ މި ސުވާލު

25 އެޕްރީލު 2024
ވެންޑައިކް: މި ކުޅެނީ ތަށި ހޯދަންތަ؟ ކުޅުންތެރިން އަމިއްލަ ނަފްސާ ކުރަންވީ މި ސުވާލު
14 އޯގަސްޓު 2021

ލިވަޕޫލުގެ އެއްބަސްވުން ވެން ޑައިކް އާކޮށްފި

14 އޯގަސްޓު 2021
ލިވަޕޫލުގެ އެއްބަސްވުން ވެން ޑައިކް އާކޮށްފި
13 މެއި 2021

ވަރޖިލް ވަން ޑައިކްގެ އެނބުރި އައުން ޕްރިސީޒަނަށް

13 މެއި 2021
ވަރޖިލް ވަން ޑައިކްގެ އެނބުރި އައުން ޕްރިސީޒަނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު