Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެން ޑައިކް އެއްބަސްވުން އާކުރުން

ލިވަޕޫލުގެ އެއްބަސްވުން ވެން ޑައިކް އާކޮށްފި

14 އޯގަސްޓު 2021 | ހޮނިހިރު 03:03

2025 ވަނަ އަހަރުގެ ނިޔަލަށް ވެން ޑައިކް ލިވަޕޫލުގައި މަޑުކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 އޯގަސްޓު 2021 | ހޮނިހިރު 03:03
ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކް

ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކް

ލިވަޕޫލާއެކު ހަދާފައި އޮތް އެއްބަސްވުން ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކް އާކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ޑިފެންޑަރު ލިވަޕޫލާ ގުޅުނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ސައުތެމްޓަން ދޫކޮށް 75 މިލިޔަން ޕައުންޑަށެވެ. އެ ފަހަރު ލިވަޕޫލާއެކު ވެން ޑައިކް ހެދި އެއްބަސްވުން ހަމަވަން އޮތީ 2023 ވަނަ އަހަރެވެ. އެކަމަކު ހުކުރު ދުވަހުގެ ވަގުތެއްގައި ލިވަޕޫލުން ވަނީ ވެން ޑައިކުގެ އެ ކުލަބުގެ އެއްބަސްވުން އާކުރިކަން އިއުލާން ކޮށްފައެވެ. ލިވަޕޫލާއެކު ވެން ޑައިކް ހެދި އައު އެއްބަސްވުމުގެ ދަށުން 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އޭނާ އެ ޓީމުގައި މަޑުކުރާނެއެވެ.

އެއްބަސްވުން އާކުރުމަށްފަހު ލިވަޕޫލުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވެން ޑައިކް ބުނީ އެ ޓީމާއެކު އައު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށެވެ. އަދި ކެރިއަރު މިހާރު އޭނާ ހުރި ހިސާބަށް ވާސިލުވުމަށް ލިވަޕޫލުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ލިވަޕޫލުގައި ވެން ޑައިކް ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާއިރު، މި ފަހުން ލިވަޕޫލުން ހޯދި ކާމިޔާބީތަކުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ. އެކަމަކު ކަކުލަށް ލިބުނު އަނިޔާއެއް ސަބަބުން މިދިޔަ ސީޒަނުގެ ބޮޑުބައި ވެން ޑައިކަށް ގެއްލުމާއެކު، މިދިޔަ ސީޒަނުގައި ލިވަޕޫލުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވިއެވެ. ނަމަވެސް އެ އަނިޔާއިން ރަނގަޅުވެ ވެން ޑައިކް މިހާރު އަންނަނީ ލިވަޕޫލުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ޔުއެފާއިން 2019 ވަނަ އަހަރު ހޮވި ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ވެން ޑައިކް ވަނީ މިހާތަނަށް ލިވަޕޫލަށް 130 މެޗު ކުޅެދީ 13 ލަނޑު ޖަހާފައެވެ. އަދި ވަނީ ލިވަޕޫލާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ލިވަޕޫލުގެ އެއްބަސްވުން ވެން ޑައިކް އާކުރިއިރު، އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ތަރި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑާއި، ބްރެޒިލުގެ މިޑްފީލްޑަރު ފަބީނިއޯ އަދި ބްރެޒިލުގެ ތަޖުރިބާކާރު ގޯލްކީޕަރު އެލިސަން ބެކާވެސް ވަނީ ދާދި ފަހުން އެއްބަސްވުން ދިގު މުއްދަތަކަށް އާކޮށްފައެވެ.

ވާޖިލް ވެން ޑައިކްލިވަޕޫލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
04 ނޮވެމްބަރު 2025

ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް

04 ނޮވެމްބަރު 2025
ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
21 އޮކްޓޯބަރު 2025

ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް

21 އޮކްޓޯބަރު 2025
ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް