Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑާ ގުޅިގެން ބްރެޒިލްގައި އަޅަމުންދާ ފިޔަވަޅުތަ

ކޮވިޑާ ގުޅިގެން ވަކިވަކި ސްޓޭޓުތަކުގައި ދަމަހައްޓާފައިވާ ފިޔަވަޅުތައް އުވާލުމަށް ރައީސް ބޮލްސޮނާރޯ ކޯޓަށް!

ބޮލްސޮނާރޯ ވިދާޅުވީ، ކޮންގްރެސްގެ ހުއްދަ ނެތި ފެޑެރަލް ސަރުކާރުތަކަށް އެފަދަ ނިންމުންނަށް ނުނިންމޭނެ ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 މާރިޗު 2021 | ހޮނިހިރު 18:44
ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ- ބޮލްސޮނާރޯ ގެންދަވަނީ ތަކުރާރުކޮށް ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ފާޑުވިދާޅުވަމުން

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ- ބޮލްސޮނާރޯ ގެންދަވަނީ ތަކުރާރުކޮށް ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ފާޑުވިދާޅުވަމުން

ކޮވިޑާ ގުޅިގެން ބްރެޒިލްގެ ވަކިވަކި ސްޓޭޓުތަކުން ދަމަހައްޓާފައިވާ ފިޔަވަޅުތައް އުވާލުމަށް ރައީސް ބޮލްސޮނާރޯ އެ ޤައުމުގެ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފިއެވެ.

އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވަނީ ފެޑެރަލް ސްޓޭޓުތަކުން ދަމަހައްޓާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތިވާކަން ފާހަގަ ކުރައްވައި، އެ ފިޔަވަޅުތައް އުވާލުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން އެ ސްޓޭޓުތަކުގެ މޭޔަރުންނާއި ގަވަރުނަރުންނަށް ވެސް ރައީސް ބޮލްސޮނާރޯ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަަކަ ދައްކަވާފައެވެ.

ރިޕޯޓުތައް ބުނާގޮތުން ބޮލްސޮނާރޯ ވަނީ ފެޑެރަލް ސްޓޭޓުތަކުގެ މޭޔަރުންނާއި ގަވަރުނަރުންނަކީ ޚުދުމުހުތާރު ބައެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި އެއީ ޤާނޫނުއަސާސީއާ ވެސް ޚިލާފު ކަމެއްކަމަށް ވިދާޅުވެ ބޮލްސޮނާރޯ ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން ބޮލްސޮނާރޯ ވިދާޅުވީ، ކޮންގްރެސްގެ ހުއްދަ ނެތި ފެޑެރަލް ސަރުކާރުތަކަށް އެފަދަ ނިންމުންނަށް ނުނިންމޭނެ ކަމަށެވެ.

ބްރެޒިލްގައި ފާއިތުވި ދުވަސްތަކު ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިހާތަނަށް 290،000ށް ވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވާއިރު، ބްރެޒިލްއަކީ މުޅި ދުނިޔެއިން ދެވަނައަށް އެންމެ ގިނަ މީހުން މި ބަލީގައި މަރުވެފައިވާ ޤައުމުވެސް މެއެވެ. ރިޕޯޓުތައް ބުނާގޮތުން ފާއިތުވި 24 ގަޑިއިރުވެސް ބްރެޒިލްއިން ލައްކައަކާއި ގާތްކުރާ އަދަދަކަށް ކޮވިޑް ކޭސްތައް ރިޕޯޓް ކޮށްފައިވާއިރު، 2815 މީހުން މި ބަލި ޖެހިގެން މަރުވެފައިވެއެވެ.

ބްރެޒިލްގައި ކޮވިޑުގެ ފުރަތަމަ ރާޅާއި ކުރިމަތިވެ އެ ޤައުމުގައި ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ކޮވިޑް ޖެހިގެން މަރުވަމުން ދިޔައިރުވެސް ބޮލްސޮނާރޯ ގެންދެވީ މާސްކް އެޅުއްވުމެއް، އަދި އިޖުތިމާއީ ގައިދުރުކަމެއް ނެތި އެއްވުންތައް ބާއްވައި، ރެލީތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. ދާދި ފަހުންވެސް އެ ޤައުމުން ރެކޯޑު އަދަދުތަކަށް މީހުން މަރުވަމުން ދިއުމާ ގުޅިގެންވެސް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، "މާބޮޑަށް ޝަކުވާ ނުކޮށް ހަމަޖެހިލުމަށެވެ".

ބްރެޒިލްކޮވިޑް-19

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
23 އޮކްޓޯބަރު 2025

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު