Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރުން

މިއަހަރު މާލޭގެ މިސްކިތްތަކުގައި ތަރާވީސް ނަމާދު ޖަމާއަތުގައި ކުރާނެ: އިސްލާމިކް މިނިސްޓަރ

ކަރަންޓީނު ވުމުގެ ވަގުތު އޮއްވައި ހާފިޒުން ގެނައުން މުހިންމު

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 20 މާރިޗު 2021 | ހޮނިހިރު 09:54
މިސްކިތުގައި ނަމާދުކުރަނީ

މިސްކިތުގައި ނަމާދުކުރަނީ

މިއަހަރު ރަމަޟާން މަހު މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ތަރާވީހް ނަމާދުކުރުމަށް ނިންމަވާފައިވާކަމަށް، އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް19 ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިދިޔަ އަހަރުގެ ރޯދަމަހު އިސްލާމިކް މިނިސްޓްރީން ނިންމީ، މާލޭގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ނުކުރުމަށެވެ.

ނަމަވެސް މިއަހަރުގެ ރޯދަމަހު މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ތާރާވީހް ނަމާދު ކުރެވޭނެ ކަމަށާއި، ޖަމާއަތުގައި ނަމާދު ކުރެވޭނީ، ކޮވިޑް19 ފެތުރިފައިވާ މިންވަރަށް ބަލައި، ގައިދުރުކޮށް ސަފުހަދައިގެން ކަމަށް މިނިސްޓަރ ހޮނިހިރު ދުވަހު ވިދާޅުވިއެވެ. މިނިސްޓަރ "ރާއްޖެ އެމްވީ" އަށް ވިދާޅުވީ، މިވަގުތު މާލޭގައި ކޮވިޑް ބަލިމަޑުކަމުގެ ޙާލަތު އޮތްގޮތުން، ތަރާވީޙް ނަމާދު ކުރެވެން އޮތީ ގައިދުރު ކަމާއެކީގައި ކަމަށެވެ. އެއީ ބަލިމަޑުކަމުގެ މި ހާލަތަކީ ޚާއްސަ ހާލަތެއްކަމަށް ބަލައި، ގައިދުރުކަމާއެކި ނަމާދުކުރެވޭނެކަމަށް، ޢިލްމުވެރިން ވިދާޅުވެފައިވާތީ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިފަހަރުގެ ރޯދަމަހު ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރަމުން ނުދާނެ ކަމަށެވެ. އެހެންނަމަވެސް ރަށްރަށުގެ ކައުންސިލުން ހާފިޒުން ގެންނަށް ބޭނުންވާކަމަށްވާނަމަ، އެކަމަށްޓަކައި މިނިސްޓްރީގައި އެދެވިދާނެ ކަމަށެވެ. އަދި މިހާތަނަށް ބައެއް ރަށްރަށުން މިނިސްޓްރީގައި އެކަމަށް އެދި ހުށަހަޅާފައި ވާކަމަށާއި، ރަށްރަށުގެ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް، ހުއްދަ ދެމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 މީގެ އިތުރުން، ހާފިޒުން ގެންނަ ކަމުގައި ވާނަމަ، އެކަމުގެ އިންތިޒާމުތަށް ހަމަޖެއްސުމުގައި އެޗްޕީއޭގެ ގަވާއިދު ތަކަށާއި މިންގަނޑުތަކަށް، ރަށްރަށުގެ ކައުންސިލުން ބަލަންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކަރަންޓީނު ވުމުގެ ވަގުތު އޮއްވައި ހާފިޒުން ގެނައުން މުހިންމުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މާލޭގައި ކޮވިޑް 19ގެ ހާލަތު ގޯސްވުމުގެ، ބަންގިއަށްފަހު 5 މިނިޓުތެރޭގައި ގަމަތްދީ ނަމާދު ފެށުމަށާއި އެއްވެސް ނަމާދެއް 7 މިނިޓަށްވުރެ ދިގުނުކުރުމަށާއި، ހުރިހާ ނަމާދެއްގައި ވެސް ސޫރަތުލް ފާތިޙާއަށްފަހު ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށް، އިސްލާމިކް މިނިސްޓްރީން މީގެކުރިން އިލްތިމާސްކޮށްފައިވެއެވެ. އަދި މިސްކިތްތަކުން ކާޕެޓް ނެގުމާއި، ކޮންމެ ނަމާދެއްގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުމާއި، ސައބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމު ގާއިމުކުރުމަށް ސިޓީ ކައުންސިލުން ސަމާލުކަން ދިނުމަށްވެސް އަންގާފައިވެއެވެ.

އިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
23 އޮކްޓޯބަރު 2025

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

23 އޮކްޓޯބަރު 2025
ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު
23 އޮކްޓޯބަރު 2025

ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު

23 އޮކްޓޯބަރު 2025
ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު
23 އޮކްޓޯބަރު 2025

ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ

23 އޮކްޓޯބަރު 2025
ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު