Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އައިއޭސީއިން ފޯރުކޮށްދޭ އެހީ

އައިއޭސީގެ "ލޯތްބާއިއެކު" ކެމްޕޭން - މިފަހަރު 16 ސަރަހައްދަކަށް އެހީވުމުގެ ފުރުސަތު

އައިއޭސީ އުފެއްދީ ދުނިޔޭގެ އެކި ހިސާބުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2016ވަނަ އަހަރު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 20 މާރިޗު 2021 | ހޮނިހިރު 00:00
އައިއޭސީއިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވަމުން

އައިއޭސީއިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވަމުން

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އަކީ ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ގިނަ ޖަމްޢިއްޔާތަކެއް އެކުވެގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2016ވަނަ އަހަރު ރާއްޖޭގައި ފެށި ހަރަކާތެކެވެ.މި ކެމްޕެއިނުންވަނީ ސޫރިޔާގެ އެކިސަރަހައްދުތަކާއި ރޮހިންޔާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައެވެ. އައިއޭސީ ވުޖޫދުވެގެން އައިތާ 4 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މި މުއްދަތުގައި އެކި ނަންނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައު ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދަނީ ކެމްޕޭންތައް ހިންގަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީވުމުގެ ގޮތުން ފެށި މި ހަރަކާތް މިއަދު މިވަނީ ފުޅާކޮށް ހާލުގައި ޖެހިފައިތިބި ވީހާވެސް ގިނަ މީހުންނަށް އެހީވުމުގެ އަމާޒަށް ދަތުރުފަށާފައެވެ. އަދި ވަކިން ޚާއްސަކޮށް އައިއޭސީގެ "ލޯތްބާއިއެކެ" ކެމްޕޭނަށް އާންމުންގެ ތަރުހީބު ލިބޭ މިންވަރު އިތުރުކަން ފާހަގަކުރެވެއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ހަރަކާތްތަކުގެ މަޢުލޫމާތު ރާއްޖެ އެމްވީީއާއި ހިއްސާކުރައްވަމުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ މިފަހަރު ރޯދަމަހަށް ޚާއްސަ "ލޯތްބާއިއެކު" ކެމްޕޭންގެ ސްކޯޕް ވަރަށް ފުޅާވާނެކަމަށެވެ. އެގޮތުން 16 ސަރަހައްދެއްގައި ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް އެހީވުމަށް ނިންމާފައިވާކަން ނާއިފް ވިދާޅުވިއެވެ.

މި ކެމްޕޭން ހާއްސަ ކުރެވިފައިވަނީ ސީރިއާ، ފަލަސްތީން، ޔަމަން، ލުބްނާން، އުރުދުން، ތުރުކީގެ އުއިގަރ މުސްލުމުން، ނޭޕާލް، މިޔަންމާ، ބަންގްލަދޭޝް، ސޯމާލިއާ، ޗާޑް، ގާނާ، މާލީ، ނައިޖަރ، އިންޑޮނޭޝިއާ އަދި ސްރިލަންކާއެވެ. ނާއިފް ވިދާޅުވީ، މި ފަހަރުގެ ކެމްޕޭންގެ މަޤްސަދަކީ ރޯދަމަހަށް އާއިލާތަކަށް ފުދޭވަރަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި، އާއިލާއަކަށް ބޭނުންޖެހިފައިވާ އެންމެ ޒަރޫރީ ކަންކަން ފުއްދުމަށް އެހީވުންކަމަށެވެ. އެގޮތުން މީގެ ކުރީގެ "ލޯތްބާއިއެކު" ކެމްޕޭންތައް ފަދައިން މިިފަހަރުވެސް އެއިޑް ޕެކޭޖްއަށް ވަކިވަރެއް ކަނޑައަޅާފައިވާއިރު، މިފަހަރުގެ ޕެކޭޖްގެ އަގަކީ 1125 ރުފިޔާއެވެ. އެހެންނަމަވެސް ކޮންމެ ބޭފުޅެއްވެސް އެބޭފުޅަކަށް ވެވުނު މިންވަރަކުން ހަދިޔާކުރައްވައިގެން މި ކެމްޕޭނުގައި ބައިވެރިވެވޭނެކަމަށް ނާއިފް ވިދާޅުވިއެވެ. ނާއިފް ވިދާޅުވީ އައިއޭސީގެ ޕްރޮޖެކްޓް އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި، ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ހަރަދުތަށް ހިމެނޭގޮތަށް އެވަރެޖް 12.5 އިންސައްތަ ހިމެނޭގޮތައްކަމަށެވެ.

އެހެން ފަހަރުތަކެކޭވެސް އެއްގޮތައް މިފަހަރުވެސް އައިއޭސީގެ އެމެޖެންސީ ރިލީފް އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް މި ކެމްޕޭނަށް ޑޮނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ކެމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތެއް ބޭނުންނަމަ އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 ގުޅއިގެން އަދި ވައިބަރކޮށްގެން މަޢުލޫމާތު ހޯދުމަށް ވަނީ އެދިފައެވެ. އެފަރާތުން ވަނީ އެދިފަ އެވެ. ރޯދަމަހާއި ދިމާކޮށް "ލޯތްބާއިއެކު" ސީރީޒްގެ އައު ކެމްޕޭންއެއް ފަށާފައިވާއިރު، މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރު ކެމްޕޭންތައް ރޭވުމުގެ މަސައްކަތް ކުރަމުންދާކަމަށް ނާއުފް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ޙާލަތު އެންމެ ގޯސްވި 2020 ވަނަ އަހަރުވެސް އައިއޭސީގެ ހަރަކާތްތައް ވަނީ ހުއްޓުމެއް ނެތި ކުރިއަށްގެންގޮސްފައެވެ. އެގޮތުން ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް ބޮޑު ތަރްޙީބެއް ލިބިފައިވާ ކަމަށް އައިއޭސީއިން ފާހަގަކުރެއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ޕެންޑެމިކްގެ ދަނޑިވަޅުގައިވެސް ދިވެހިންގެ ހިތްހެޔޮކަން މި ކެމްޕޭން ޒަރިއްޔާއިން ދައްކުވައިދީފައިވާ ކަމަށް އައިއޭސީން ބުންޏެވެ. އެގޮތުން މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގައި އެކަނިވެސް 2.4 މިލިއަން ރުފިޔާގެ އެހީ މި ކެމްޕޭނަށް ވަނީ ލިބިފައެވެ.

އައިއޭސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒާއަށް އެހީ ވެއްދުމުގެ ހުއްދަ އައިއޭސީއަށް ދީފި

ގާޒާއަށް އެހީ ވެއްދުމުގެ ހުއްދަ އައިއޭސީއަށް ދީފި

11 ނޮވެމްބަރު 2023
ދިވެހިން ފަލަސްތީނާއެކު ތިބިކަން އަންގައިދިނުމަށް "ދިވެހިންގެ ބޮޑު އެއްވުން" މި ނަމުގައި އެއްވުމެއް

ދިވެހިން ފަލަސްތީނާއެކު ތިބިކަން އަންގައިދިނުމަށް "ދިވެހިންގެ ބޮޑު އެއްވުން" މި ނަމުގައި އެއްވުމެއް

12 އޮކްޓޯބަރު 2023
ވެމްކޯއިން ފަލަސްޠީނަށް 50،000 ރުފިޔާގެ ފައިސާގެ އެހީއެއް

ވެމްކޯއިން ފަލަސްޠީނަށް 50،000 ރުފިޔާގެ ފައިސާގެ އެހީއެއް

07 ޖޫން 2021
ދިވެހިންގެ އެހީ މިފަހަރު 16 ޤައުމެއްގައި ހާލުގައި ޖެހިފައިތިބި 62،000ށް ވުރެ ގިނަ މީހުންނާ ހަމައަށް

ދިވެހިންގެ އެހީ މިފަހަރު 16 ޤައުމެއްގައި ހާލުގައި ޖެހިފައިތިބި 62،000ށް ވުރެ ގިނަ މީހުންނާ ހަމައަށް

06 ޖޫން 2021

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު