Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓެންޒޭނިއާގެ ރައީސް އަވަހާރަވުން

ޓެންޒޭނިއާގެ ރައީސް އަވަހާރަވެއްޖެ

މިހާރުގެ ނާއިބުރައީސާ ސާމިއާ ސުލުހޫ ވެގެންދާނީ ޓެންޒޭނިއާގެ ފުރަތަމަ އަންހެން ރައީސާއަށް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 18 މާރިޗު 2021 | ބުރާސްފަތި 03:30
ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ

ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ

ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ އަވަހާރަވެއްޖެއެވެ.

މަގުފުލީ އަވަހާރަވެއްޖެކަން ބުދަދުވަހު އިއުލާނު ކުރައްވާފައިވަނީ، އެ ގައުމުގެ ނާއިބުރައީސާ ސާމިއާ ސުލުހޫ ހަސަންއެވެ. އެގައުމުގެ ރަސްމީ ޓީވީ މެދުވެރިކޮށް މިކަން އިއުލާން ކުރައްވަމުން، އޭނާ ވިދާޅުވީ، އުމުރުފުޅުން 61 އަހަރުގައި މަގުފުލީ އަވަހާރަވެފައިވަނީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ކަމަށެވެ. މިކަމަށް މަގުފުލީ ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދިހަ އަހަރު ވެއްޖެއެވެ. މިހަފުތާގެ އާދީއްތަދުވަހުން ފެށިގެން ދާރުއްސަލާމް ގައި ހުންނަ ހޮސްޕިޓަލެއްގައި އޭނާ ވަނީ އެޑްމިޓްވެސް ކުރެވިފައެވެ.

ރައީސް އަވަހާރަވުމާއި ގުޅިގެން ވަގުތީގޮތުން ގައުމު ހިންގެވުމާއި މިހާރު ހަވާލުވެހުންނެވި ނާއިބުރައީސާ ވަނީ، ގައުމީ ހިތާމައިގެ 14 ދުވަސް އިއުލާނު ކުރައްވާފައެވެ. އޭނާ ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހެއް އަދި އިޢުލާނު ކުރައްވާފައި ނުވާއިރު، ސާމިއާ ސުލުހޫ ވެގެންދާނީ ޓެންޒޭނިއާގެ ފުރަތަމަ އަންހެން ރައީސާ އަށެވެ. އަދި އެފްރިކާގެ އިރުމަތީ ބިތުގެ ގައުމެއްގައި ރައީސްކަން ކުރައްވާ ފުރަތަމަ އަންހެން ލީޑަރުކަމުގައެވެ.

މަގުފުލީ އަވަހާރަވެފައި މިވަނީ، ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މަގުފުލީ ފެނިފައި ނުވާތީ، އޭނާ އާލާސްކަންފުޅާއި އުޅުއްވާކަމަށާއި، ގައުމުން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާކަމުގެ ޚަބަރުތަކުގެ އަޑުގަދަވެފައި ވަނިކޮށެވެ.

މަގުފުލީ އަވަހާރަވުމާއި ގުޅިގެން އެ ގައުމުގެ އިދިކޮޅު ލީޑަރު ޒިޓޯ ކަބްވޭ ވަނީ، މަގުފުލީގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިއީ މި ގައުމަށް ކުރިމަތިވި ވަރަށް ހީނުކުރާފަދަ ދަނޑިވަޅެއް ކަމަށާއި، މި ހިތާމައިގެ ސަބަބުން އެންމެންނަށް ސިހުން ގެނުވައިފި ކަމަށެވެ. އޭނާގެ ތައުޒީޔާގައި ނާއިބުރައީސާއަށް ވެސް ހެޔޮދުއާ ކުރަްއްވައި، ހިތްވަރާއިއެކު ކެތްތެރިވެވަޑައިގަތުމަށް އެދިވަޑައިގެންފައިވެއެވެ. އަދި މި ވަގުތުގައި ދުއާކޮށް، އެއްބައިވަންތަ ވުމަށް ރައްޔިތުންނަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.   

ޓެންޒޭނިއާ

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2025

ނުރައްކާތެރި މުޒާހަރާ ތަކުގެ ތެރެއިން ޓެންޒޭނިއާގައި ބޭއްވި އިންތިޚާބު، ރައީސް ސުލުހު 97 އިންސައްތަ އިން ކާމިޔާބު ކޮށްފި

01 ނޮވެމްބަރު 2025
ނުރައްކާތެރި މުޒާހަރާ ތަކުގެ ތެރެއިން ޓެންޒޭނިއާގައި ބޭއްވި އިންތިޚާބު، ރައީސް ސުލުހު 97 އިންސައްތަ އިން ކާމިޔާބު ކޮށްފި
06 ނޮވެމްބަރު 2022

40ށް ވުރެ ގިނަ ފަސެންޖަރުންނާ އެކު ދަތުރުކުރަމުންދިޔަ ޓެންޒޭނިޔާގެ ފްލައިޓެއް ވެއްޓިއްޖެ

06 ނޮވެމްބަރު 2022
40ށް ވުރެ ގިނަ ފަސެންޖަރުންނާ އެކު ދަތުރުކުރަމުންދިޔަ ޓެންޒޭނިޔާގެ ފްލައިޓެއް ވެއްޓިއްޖެ
01 ޑިސެމްބަރު 2021

އާޝިގީ 2 ގެ ތުމްހީހޯ، ޓެންޒޭނިއާއިން...

01 ޑިސެމްބަރު 2021
އާޝިގީ 2 ގެ ތުމްހީހޯ، ޓެންޒޭނިއާއިން...
20 މާރިޗު 2021

ޓެންޒޭނިއާގެ އައު ރައީސްއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

20 މާރިޗު 2021
ޓެންޒޭނިއާގެ އައު ރައީސްއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ
19 މާރިޗު 2021

ޓެންޒޭނިއާގެ 6 ވަނަ ރައީސަކަށް އަންހެން ކަނބަލެއް

19 މާރިޗު 2021
ޓެންޒޭނިއާގެ 6 ވަނަ ރައީސަކަށް އަންހެން ކަނބަލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު