Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޓެންޒޭނިއާގައި ކޮވިޑުގެ ޙާލަތު ފޮރުވުން

ޓެންޒޭނިއާގެ ރައީސް، ޓްރަމްޕާއި ބޮލްސޮނާރޯއަށް ދޫކުނުރައްވާ!

ބޮލްސޮނާރޯ އިޖުތިމާއީ ގައިދުރުކަމެއް ނެތި އެއްވުންތައް ބޭއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 މާރިޗު 2021 | ހުކުރު 18:25
ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ-

ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ-

ކޮވިޑުގެ އާލަމީ ވަބާ ދުނިޔެއަށް ފެތުރެމުން ދިޔައިރު، ކޮވިޑާ ގުޅިގެން ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއް ބޭފުޅަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑްޓް ޓްރަމްޕެވެ. އެގޮތުން މުޅި ދުނިޔެއިން އެންމެ ގިނަ ކޭސް ރިޕޯޓު ކުރެވިފައިވާ ޤައުމަކަށް އެމެރިކާ ވެގެން ދިއުމުގެ ފަހަތުގައި ޓްރަމްޕްގެ ދޯހަޅި ސިޔާސަތުތައް އިސް ރޯލެއް އަދާކުރާކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން މިއީ އާދައިގެ ރޯގާއެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރެއްވުމާއި، ކިތަންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން ދިޔަނަމަވެސް، ޤައުމު ލޮކްޑައުންކޮށް ފިޔަވަޅުތައް ހަރުކަށިކުރުމާ ފާޅުގައި ދެކޮޅު ހެއްދެވި ބޭފުޅެއްގެ ގޮތުގައި ޓްރަމްޕް ފެނިގެން ދިޔައެވެ. ނަމަވެސް އެންމެ ފަހުން އެ ޤައުމުގައި ކޮވިޑުގެ ޙާލަތު އިންތިހާއަށް ގޯސްވެ، ބައެއް ސްޓޭޓުތަކުގެ ހޮސްޕިޓަލުތައްވެސް ފުރި، ސިއްޙީ ނިޒާމަށް ނުކަތާވަރަށް ކޭސްތައް ފެންނަން ފެށިއެވެ. ބައެއް މީހުން ބުނާ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީގެ އެއް ސަބަބަކީވެސް ކޮވިޑާ ގުޅިގެން އެމަނިކުފާނު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަފުޅުތަކެވެ.

މުޅި ދުނިޔެއަށް ބަލާއިރު، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ދެން އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވި އެއް ރައީސަކީ ބްރެޒިލްގެ ރައީސް ޚައިރް ބޮލްސޮނާރޯއެވެ. ބޮލްސޮނާރޯވެސް ފެނިގެން ދިޔައީ ކޮވިޑުގެ ކޭސްތައް އެ ޤައުމުގައި ފަތުއަޑުކިޔާފައި އިތުރުވެގެން ދިޔައިރުވެސް، މިއީ ސީރިއަސް ކަމެއް ނޫންކަމަށް ދޭހަވާ މޭރުމުން ވާހަކަދެއްކެވި މަންޒަރެވެ. އެ ޤައުމުގައި ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ކޮވިޑް ޖެހިގެން ނިޔާވަމުން ދިޔައިރުވެސް ބޮލްސޮނާރޯ ގެންދެވީ މާސްކް އެޅުއްވުމެއް، އަދި އިޖުތިމާއީ ގައިދުރުކަމެއް ނެތި އެއްވުންތައް ބާއްވައި، ރެލީތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ދާދި ފަހުންވެސް އެ ޤައުމުން ރެކޯޑު އަދަދުތަކަށް މީހުން މަރުވަމުން ދިއުމާ ގުޅިގެންވެސް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، "މާބޮޑަށް ޝަކުވާ ނުކޮށް ހަމަޖެހިލުމަށެވެ".

މިހާރު މި ލިސްޓަށް އިތުރުވެފައި މިވަނީ ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީއެވެ. އެގޮތުން މަގުފުލީ ފެނިގެން މިދަނީ ކުރިން މި ދެންނެވި ދެ ރައީސުންނަށްވުރެވެސް އަރާ ހުންނެވި ރައީސެއްގެ ގޮތުގައެވެ. އެންމެ ކުޑަމިނުން ކޮވިޑުގެ ކޭސްތައް ރިޕޯޓު ކުރަމުންދާ އަދަދުތައްވެސް އެ ޤައުމުން ހާމަކުރަމުން ނުދާއިރު، ދާދި ފަހުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ ކޮވިޑް ކޭސްތައް ރިޕޯޓު ކުރެވެމުންދާ މިންވަރު ހާމަ ކުރުމަށް އެ ޤައުމުގެ ސަރުކާރަށް ގޮވާލާފައެވެ. ނަމަވެސް ޚުދު މަގުފުލީވެސް ވިދާޅުވަނީ އާވި އެރުވުމާއި، ފަތްޕިލާވެލީގެ ބޭސްވެރިކަމުން އިސާހިތަކު ކޮވިޑުން ސަލާމަތް ވެވިދާނެ ކަމަށެވެ. އަދި ވެކްސިން ޖެހުމަކީވެސް ކޮންމެހެން ބޭނުންތެރިކަމެއް ނޫންކަމަށް ދޭހަވާ މޭރުމުން މަގުފުލީ ވަނީ ވައިރަސްއެއްގެ ސަބަބުން ޤައުމުގެ އިޤްތިސާދު ހީނަރުވާން ކުޑަވެސް ޖާގައެއް ދެވެން ނެތްކަމަށް ވިދާޅުވެފައެވެ.

ޓެންޒޭނިއާއިން ކޮވިޑް ނައްތާލެވިފައިވާކަމަށް އެ ޤައުމުން ބުނެފައިވާއިރު، އެންމެ ފަހުން ކޮވިޑުގެ އަދަދުތައް އެ ޤައުމުން ހާމަކޮށްފައިވަނީ ނިމިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭރު އެ ޤައުމުން ޕޮޒިޓިވްވެގެން ރިޕޯޓް ކޮށްފައިވަނީ 500 މީހެކެވެ. އަދި 20 މީހަކު ކޮވިޑު ބަލީގައި މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވާއިރު، އޭގެ ފަހުން މިހާތަނަށް އެ ޤައުމުން ކޮވިޑް ކޭސްތަކުގެ އަދަދު އިއުލާނު ކޮށްފައެއް ނުވެއެވެ. އެ ޤައުމުގެ ހެލްތް މިނިސްޓަރ ގޮޑްވިން މޮލަލްއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ކޮވިޑުގެ ކޭސްތައް ހާމަކުރުމަކީ ރައްޔިތުންގެ މެދުގައި ބޭކާރު ގޮތުގައި ބިރުވެރިކަން އުފެދިގެންދާނެ ކަމެކެވެ. އެގޮތުން ކޭސްއެއް ރިޕޯޓު ކުރެވުނުނަމަވެސް، އެކަމާ ގުޅޭ ތަފްސީލުތައް ބަހައްޓާނީ ސަރުކާރުގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، ޓެންޒޭނިއާގެ އެންމެ ބޮޑެތި ސިޓީތަކުގެ ބައެއް ޑޮކްޓަރުންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގައި ކޮވިޑުފަދަ އަލާމަތްތައް ހުރި އެތައް ބަޔަކު އެނދުމަތި ކުރެވެމުންދާއިރު، އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. ނަމަވެސް މިއީ ކޮވިޑު ޖެހިފައިވާ މީހުން ނޫންކަމަށް އެ ޤައުމުގެ ސަރުކާރުން ދަނީ ބުނަމުންނެވެ. އަދި އެ ޤައުމުން މިއަހަރުވެސް ކޮވިޑުގެ މައްޗަށް ކާމިޔާބީ ހޯދަމުންދާކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ކޮންމެއަކަސް، ކޮވިޑުގެ މި ބަލިމަޑުކަމަކީ އާދައިގެ ކަމެއްގެ ގޮތުގައި ވާހަކަ ދެއްކެވި ރައީސުންވެސް އެންމެ ފަހުން ޤައުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ރައްޔިތުންގެ ޝަކުވާތައް އަހަން މަޖުބޫރުވި ބީދައިން، ޓެންޒޭނިއާގެ ރައީސްވެސް ދާދި އަވަހަށް އާވި އެރުވުމާއި، ފަތްޕިލާވެލީގެ ބޭސްފަރުވާ ދޫކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން މިހާރުވެސް ޖެހިފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޓެންޒޭނިއާޖޯން މަގުފުލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ނުރައްކާތެރި މުޒާހަރާ ތަކުގެ ތެރެއިން ޓެންޒޭނިއާގައި ބޭއްވި އިންތިޚާބު، ރައީސް ސުލުހު 97 އިންސައްތަ އިން ކާމިޔާބު ކޮށްފި

ނުރައްކާތެރި މުޒާހަރާ ތަކުގެ ތެރެއިން ޓެންޒޭނިއާގައި ބޭއްވި އިންތިޚާބު، ރައީސް ސުލުހު 97 އިންސައްތަ އިން ކާމިޔާބު ކޮށްފި

01 ނޮވެމްބަރު 2025
40ށް ވުރެ ގިނަ ފަސެންޖަރުންނާ އެކު ދަތުރުކުރަމުންދިޔަ ޓެންޒޭނިޔާގެ ފްލައިޓެއް ވެއްޓިއްޖެ

40ށް ވުރެ ގިނަ ފަސެންޖަރުންނާ އެކު ދަތުރުކުރަމުންދިޔަ ޓެންޒޭނިޔާގެ ފްލައިޓެއް ވެއްޓިއްޖެ

06 ނޮވެމްބަރު 2022
އާޝިގީ 2 ގެ ތުމްހީހޯ، ޓެންޒޭނިއާއިން...

އާޝިގީ 2 ގެ ތުމްހީހޯ، ޓެންޒޭނިއާއިން...

01 ޑިސެމްބަރު 2021
ޓެންޒޭނިއާގެ އައު ރައީސްއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

ޓެންޒޭނިއާގެ އައު ރައީސްއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

20 މާރިޗު 2021
ޓެންޒޭނިއާގެ 6 ވަނަ ރައީސަކަށް އަންހެން ކަނބަލެއް

ޓެންޒޭނިއާގެ 6 ވަނަ ރައީސަކަށް އަންހެން ކަނބަލެއް

19 މާރިޗު 2021

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު