Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވިސާ ނެތި އުޅެމުންދިޔަ ޒުވާނުންތަކެއް ހައްޔަރުކުރު

ވިސާ އޯވަސްޓޭ ވެގެން ހައްޔަރުކުރި މީހުންގެ ތެރޭގައި އަހަރު ނުވާ ކުޑަ ކުއްޖެއް – ވިސާއަށް ސަމާލުވޭ!

ވިސާގެ މުއްދަތު ހަމަވުމުން ވިސާ އައު ނުކޮށް ދިވެހިން އުޅޭ މައްސަލައަކީ ކުޑަ މައްސަލައެއް ނޫން

ރާއްޖެ އެމްވީ | 17 މާރިޗު 2021 | ބުދަ 05:35
އިމިގްރޭޝަނުގެ އޮފިސަރެއް މީހެއްގެ ޕާސްޕޯޓް ޗެކްކުރަނީ - ވިސާގެ މުއްދަތު ހަމަވުމުން ވިސާ އައު ނުކޮށް އުޅޭ މައްސަލައަކީ ކުޑަ މައްސަލައެއް ނޫން

އިމިގްރޭޝަނުގެ އޮފިސަރެއް މީހެއްގެ ޕާސްޕޯޓް ޗެކްކުރަނީ - ވިސާގެ މުއްދަތު ހަމަވުމުން ވިސާ އައު ނުކޮށް އުޅޭ މައްސަލައަކީ ކުޑަ މައްސަލައެއް ނޫން

ނިމިގެން ދިޔަ ހަފްތާގައި އިވިގެން ދިޔަ އެއް ހަބަރަކީ އަވަށްޓެރި ސްރީލަންކާގައި ވިސާ ނެތި އުޅެމުން ދިޔަ ހަތަރު ޒުވާނަކު ހައްޔަރު ކުރި ވާހަކައެވެ. މިއީ ފަހަކަށް އައިސް ވަރަށް އާއްމުކޮށް ހިނގާ ކަމެކެވެ. އެތަކެއް ހާސް ދިވެހިން ދިރިއުޅެމުންދާ ލަންކާގައި ވިސާ ނެތި ނުވަތަ ވިސާގެ މުއްދަތު ހަމަވުމުން ވިސާ އާ ނުކޮށް ދިވެހިން އުޅޭ މައްސަލައަކީ ކުޑަ މައްސަލައެއް ނޫނެވެ. އެކަމުގެ ސަބަބުން އުނދަގޫވަނީ ގަވާއިދާ އެއްގޮތަށް އުޅެމުންދާ ދިވެހިންނަށެވެ. ސަރުކާރަށެވެ.

މިހާރު އިވިގެން އުޅޭ ވާހަކައަކީ ދާދިފަހުން، ވިސާގެ މުއްދަތު ހަމަވުމުން ވެސް ލަންކާގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުން ދިޔަ 4 ދިވެއްސަކު ހައްޔަރުކުރި ވާހަކައެވެ. ރާއްޖެ.އެމްވީ އަށް އިތުބާރު ހުރި ގޮތެއްގައި އެނގިފައިވާ ގޮތުގައި މި 4 މީހުންގެ ތެރޭގައި ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 30 އަހަރުން ދަށުގެ ދެމަފިރިއަކު ވެއެވެ. އަދި އެ ދެ މީހުންގެ އަހަރު ނުވާ ކުޑަ ދަރިފުޅު ވެސް ހުރީ އެމީހުންނާއެކު ބަންދުގައެވެ. ކުޑަ ކުއްޖާ ރަސްމީކޮށް ބަންދު ނުކުރިނަމަވެސް، އެކުއްޖާ އަކީ ބަލި ކުއްޖަކަށްވުމުން ރައްޓެހި ބައެއްގެ އަތަށް އެކުއްޖާ ދޫކޮށްލަން މައިންބަފައިން ބޭނުން ނުވީކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން އެކުއްޖާ ވެސް ހުރީ މަންމައާއި ބައްޕައާއެކު ބަންދުގައެވެ. ކުޑަކުއްޖާގެ ބަލިހާލަތަށް ބެލުމަށްފަހު އެކުއްޖާގެ މަންމަ ދޫކޮށްލާތޯ ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން މަސައްކަތްކުރިނަމަވެސް އަދި އެމީހުން ދޫކޮށްލާފައެއް ނުވެއެވެ. 

މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދިން ގޮތުގައި އާއްމުކޮށް ވިސާގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށްވުރެ ހަރުކަށިކޮށް އެމީހުންނާމެދު އަމަލުކުރީ ފުލުހުން އެމީހުން ތިބި ގެއަށް ދިޔުމުން ފުލުހުންނަށް އެންމެ ފުރަތަމަވެސް ވިސާގެ ކަންކަމާ ބެހޭ ގޮތުން ދޮގު މައުލޫމާތު ދިނުމުންނެވެ. 

މިކަމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީއާ ސުވާލުކުރުމުން އެ މިނިސްޓްރީއިން ބުނީ ބޭރު ޤައުމުތަކުގައި ހައްޔަރުކުރާ ދިވެހިންނަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކޮންސިއުލަރގެ އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށާއި، އާއިލާތަކާ ގުޅިގެން އެމީހުންނަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އެމިނިސްޓްރީއަކުން ނުދެއެވެ.

މިފަދަ އެހެން ހާދިސާއެއް ވެސް ދާދިފަހުން ހިނގާފައިވެއެވެ. އެގޮތުން ވިސާ ނެތި ލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެނިކޮށް ލަންކާގައި ހުއްޓާ ޕާސްޕޯޓްގެ މުއްދަތު ހަމަވި މީހަކު ވެސް ދާދިފަހުން ލަންކާގައި ޖަލަށް ލާފައިވެއެވެ. 

އަވަށްޓެރި ސްރީލަންކާގައި 2019 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު އެގައުމުގައި ވިސާ ނެތި ދިރިއުޅޭ މީހުންނާމެދު ލަންކާ ސަރުކާރުން ގެންގުޅޭ ސިޔާސަތު ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ. ވިސާ ނެތި ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ދިވެހިން ހައްޔަރުވެސްކޮށްފައިވެއެވެ. 

ދިވެހިން އާއްމުކޮށް ދިރިއުޅޭ އެހެން ގައުމުތަކާ އަޅާބަލާއިރު ލަންކާއަކީ ވިސާ ހޯދުމަށް ފަސޭހަ ގައުމެކެވެ. އެހެންނަމަވެސް ފަރުވާކުޑަކޮށް، ނުވަތަ ގަސްތުގައި ނަމަވެސް މިގޮތަށް ވިސާ ނެތި އުޅޭ ފަރާތްތަކުގެ ސަބަބުން ލަންކާގައި ގަވާއިދާ އެއްގޮތަށް ދިރިއުޅޭ ދިވެހިންނަށް ވެސް ކުރިމަތިލާން ޖެހޭ ދަތިތައް ކުޑައެއް ނޫނެވެ. އެގޮތުން މަގުމަތީގައި ހުންނަ ފުލުހުންގެ ޗެކްޕޮއިންޓްތަކާއި އެއަރޕޯޓް އިމިގްރޭޝަނުން ވެސް ދިވެހިންނަށް މިހާރު ކުރިއަށްވުރެ ބޮޑަށް ސަމާލުވެ ބަލާކަމަށާއި، ގޭގެއަށް ފުލުހުން ގޮސް ވިސާ އޮތްތޯ ޗެކްކުރުން އިތުރުވެފައިވާކަމަށް ލަންކާގައި އުޅޭ ބައެއް ދިވެހިން ބުނެއެވެ.

ވިސާ އޯވަސްޓޭ ވެގެން ހައްޔަރުކުރުންވިސާވިސާ ނެތި އުޅެމުންދިޔަ ޒުވާނުންތަކެއް ހައްޔަރުކުރުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ދިވެހިންނަށް ހޮންޑޫރަސް އާއި ޓޯގޯއަށް ވިސާއާ ނުލައި ދަތުރުކުރެވޭގޮތް ހަދައިފި

ދިވެހިންނަށް ހޮންޑޫރަސް އާއި ޓޯގޯއަށް ވިސާއާ ނުލައި ދަތުރުކުރެވޭގޮތް ހަދައިފި

20 ސެޕްޓެމްބަރު 2023
ސައުދީއަށް ދާ ދިވެހިންނަށް މިހާރު އޮންއެރައިވަލް ޓޫރިސްޓް ވިސާ ލިބޭނެ!

ސައުދީއަށް ދާ ދިވެހިންނަށް މިހާރު އޮންއެރައިވަލް ޓޫރިސްޓް ވިސާ ލިބޭނެ!

07 އޯގަސްޓު 2023
ދަތުރުނުކުރާ ގައުމުތަކަށް ވިސާ ހިލޭ ލިބެން ފެށުމުން އެހެން ގައުމުތަކުންވެސް ވިސާ ލިބުން ފަސޭހަވެ، ޕާސްޕޯޓުގެ ބާރުގަދަވާނެ: މިއުވާން

ދަތުރުނުކުރާ ގައުމުތަކަށް ވިސާ ހިލޭ ލިބެން ފެށުމުން އެހެން ގައުމުތަކުންވެސް ވިސާ ލިބުން ފަސޭހަވެ، ޕާސްޕޯޓުގެ ބާރުގަދަވާނެ: މިއުވާން

11 މެއި 2023
ނާޒިމް ދެއްކެވި ވިސާގެ ވާހަކައަށް ރައްދު ދިނީ ޕާކިސްތާން އެމްބަސީން

ނާޒިމް ދެއްކެވި ވިސާގެ ވާހަކައަށް ރައްދު ދިނީ ޕާކިސްތާން އެމްބަސީން

05 އެޕްރީލު 2023

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު