Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިސާ

ދިވެހިންނަށް ހޮންޑޫރަސް އާއި ޓޯގޯއަށް ވިސާއާ ނުލައި ދަތުރުކުރެވޭގޮތް ހަދައިފި

"ވިސާ ވެއިވާ" އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުން ސޮއި ކޮށްފައިވަނީ ހޮންޑޫރަސް އާއި ޓޮންގޯ ސަރުކާރާއެކުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 20 ސެޕްޓެމްބަރު 2023 | ބުދަ 02:27
ރާއްޖެއާއި ހޮންޑޫރަސްއާ ދެމެދު ވިސާއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ރާއްޖެއާއި ހޮންޑޫރަސްއާ ދެމެދު ވިސާއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ދިވެހިންނަށް އިތުރު ދެ ޤައުމަކަށް ވިސާއާ ނުލައި ދަތުރު ކުރެވޭގޮތަށް އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން އަންގާރަ ދުވަހު ބުނެފައިވާ ގޮތުގައި "ވިސާ ވެއިވާ" އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުން ސޮއިކޮށްފައިވަނީ ހޮންޑޫރަސް އާއި ޓޮންގޯ ސަރުކާރާއެކުގައެވެ. މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލުއެވެ. ހޮންޑޫރަސް ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އިފް ފޮރިން އެފެއާސް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޑުއަރޑޯ އެންރީކޭ ރެއިނާ ގަރސިއާއެވެ. އަދި ޓޯގޯގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާސް، ރީޖަނަލް އިންޓަގްރޭޝަން އެންޑް ޓޮގޮލީޒް އެބްރޯޑް، ޕްރޮފެސަރ ރޮބަރޓް ޑުސޭއެވެ.

Advertisement - newsAdvertisement

ދިވެހި ސަރުކާރާއި ހޮންޑޫރަސް ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ވިސާ ނެގުމަކާނުލައި 30 ދުވަސް ވަންދެން އެ ޤައުމަށް ދަތުރު ކުރެވޭނެއެވެ. އަދި ހޮންޑޫރަސްގެ ރައްޔިތުންނަށް ވެސް ހަމަ މިފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް ވަނީ ރާއްޖެއާއި ހޮންޑޫރަސް އާ ދެމެދު ގުޅުން ބަދަހިކުރެއްވުމަށްޓަކައި އެ ޤައުމުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިވެ، އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓޯގޯއާއެކު ވެފައިވާ އެއްބަސްވުމުގެދަށުން ވެސް ދިވެހިންނަށް ވިސާއާ ނުލައި ޓޯގޯއަށް ދަތުރުކޮށް، އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެއެވެ. އަދި ޓޯގޯ ރައްޔިތުނަށްވެސް ވިސާނެގުމެއްނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ޓޯގޯ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭކަމަށް އުއްމީދުކުރަައްވާކަމަށް ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް ވިދާޅުވިއެވެ. އަދި އެ ޤައުމުގެ މިނިސްޓަރު ޑުސޭވެސްވަނީ ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކުރުމުގެ މަގު މި އެއްބަސްވުމުގެ ސަބަބުން ފަހިގެންދާނެކަމަށް ވިދާޅުވެފައެވެ. 

ވިސާފޮރިން މިނިސްޓްރީ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
14 އޮކްޓޯބަރު 2025

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި
14 އޮކްޓޯބަރު 2025

ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

14 އޮކްޓޯބަރު 2025
ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި
23 ސެޕްޓެމްބަރު 2025

ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

23 ސެޕްޓެމްބަރު 2025
ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ
22 ސެޕްޓެމްބަރު 2025

ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި

22 ސެޕްޓެމްބަރު 2025
ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު