Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މޮޑާނާ ކޮވިޑް-19 ވެކްސިން

މޮޑާނާއިން 6 މަހާއި 12 އަހަރާ ދެމެދުގެ ކުދިންގެ ވެކްސިން ޓްރަޔަލްތައް ފަށައިފި

މޮޑާނާއިން ވަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ޓްރަލްތައް ވެސް ފަށާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 17 މާރިޗު 2021 | ބުދަ 02:50
މޮޑާނާ ވެކްސިން

މޮޑާނާ ވެކްސިން

އެމެރިކާގެ މޮޑާނާ ކުންފުނިން ކޮވިޑް-19ށް އުފެއްދި ވެކްސިންގެ ކުޑަކުދިންގެ ޓްރަޔަލްތައް އެކުންފުނިން ފަށައިފިއެވެ.

މޮޑާނާއިން ކުޑަކުދިންނަށް ހާއްސަ ޓްރަޔަލްތައް ފަށާފައި ވަނީ މަރޗް 16 ވަނަ ދުވަހުއެވެ. އެގޮތުން އެކުންފުނިން ޓްރަޔަލަތައް ކުރިއަށް ގެންދާނީ އުމުރުން 6 މަހާއި 12 އަހަރާ ދެމެދުގެ ކުދިންނަށެވެ. މޮޑާނާއިން ވަނީ އެކުންފުނީގެ އަމާޒަކީ މިޓްރަޔަލްގައި 6,750 ކުދިން ބައިވެރިކުރުމެވެ.

މޮޑާނާގެ ސީއީއޯ ސްޓެފާން ބަންސެލް ވަނީ އެމެރިކާ އަދި ކެނެޑާގައި މޮޑާނާ ވެކްސިންގެ ކުޑަކުދިންގެ ޓްރަޔަލްތަކުގެ ފޭސް ދޭއް އަދި ތިނެއް ފެށުމުން ހިތްހަމަޖެހޭކަން ފާހަގަކޮށް މި ޓްރަޔަލްތަކުގެ ސަބަބުން ކުޑަކުދިންނަށާއި ޒުވާނުންނަށް ވެކްސިން އިތުރަަށް ރައްކާތެރިކޮށް ރަނގަޅުކުރަން އެނގޭނެ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން މޮޑާނާއިން ވަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިނުން ކުރާ އަސަރު ދެނެގަތުމަށް ޓްރަޔަލްތައް ކުރިއަށް ގެންދަން ފަށާފައެވެ.

މޮޑާނާއިން ކޮވިޑް-19ށް އުފައްދާފައިވާ ވެކްސިނަކީ މެސެންޖަރ އާރްއެންއޭ ވެކްސިނެކެވެ. މިވެކްސިންގެ އެންމެފަހުގެ ނަތީޖާތައް ދައްކާގޮތުން ވެކްސިނަކީ 94 އިންސައްތް ކާމިޔާބު ވެކްސިނަކަށް ވާއިރު، މިހާތަނަށް ޔޫރަޕިއަން ޔޫނިއަންގެ އިތުރުން އިތުރު 10 ގައުމަކުން ވަނީ މިވެކްސިން އެމަޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަދީފައެވެ. އެއީ އެމެރިކާ، ކެނެޑާ، އައިސްލޭންޑް، އިނގިރޭސިވިލާތުގެ އިތުރުން އިސްރާއިލް، މޮންގޯލިއާ، ނޯވޭ، ގަތަރު އަދި ސިންގަޕޫރާއި ވިއެޓްނާމެވެ. މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ފުރިހަމަ ހުއްދަ ދީފައި ވަނީ ސްވިޒަލޭންޑުން އެކަނިއެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިންމޮޑާނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު