Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑިބާލާ ހޯދަން މަސައްކަތްކުރުން

ޑިބާލާ ހޯދަން ޓޮޓެންހަމާއި ޗެލްސީން މަސައްކަތްކުރަނީ

ޔުވެންޓަސްއާއެކު ޑިބާލާ މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 މާރިޗު 2021 | އަންގާރަ 12:50
ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ

ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ

ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ހޯދަން ޓޮޓެންހަމް ހޮޓްސްޕާ އާއި ޗެލްސީން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ޑިބާލާ ޔުވެންޓަސްއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ހަމަވާނެއެވެ. އެއާއެކު ޑިބާލާގެ އެއްބަސްވުން އާކުރަން ޔުވެންޓަސްއިން މަސައްކަތްކުރަމުން އައި ނަމަވެސް، މިހާތަނަށްވެސް އެއްބަސްވުން އާކުރެވިފައެއް ނުވެއެވެ. އެހެންކަމުން އެއްބަސްވުން ޑިބާލާ އާނުކުރާނަމަ، މި އަހަރުގެ ހޫނު މޫސުމުގައި އޭނާ ވިއްކާލަން ޔުވެންޓަސް މަޖުބޫރުވާނެއެވެ. އެއީ އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގެ ދަށުން ޑިބާލާއަށް ކުލަބު ބަދަލުކުރެވޭނެތީއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ޑިބާލާ ގަތުމަށް ޓޮޓެންހަމް ހޮޓްސްޕާ އާއި ޗެލްސީން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޑިބާލާ ހޯދުމަށް އެ ދެ ކުލަބުން 55 މިލިޔަން ޔޫރޯ ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށްވެސް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޑިބާލާ ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކުން މަސައްކަތްކުރަމުން އަންނައިރު، މީގެ ކުރިން މީޑިއާތަކުގައި ވަނީ ޑިބާލާގެ އެއްބަސްވުމާ ގުޅޭ އެކި ވާހަކަތައް ރިޕޯޓުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޑިބާލާއަށް އައު އެއްބަސްވުމެއް ހުށަހެޅި ކަމަށް ޔުވެންޓަސްގެ ރައީސް އަދްރެއާ އަގްނެލީ ވިދާޅުވި ނަމަވެސް، ޑިބާލާ ވަނީ އެކަން ދޮގުކޮށްފައެވެ. އެގޮތުން އެ ފަހަރު ޑިބާލާ ބުނީ އޭނާގެ އެއްބަސްވުމާ ގުޅޭ ގޮތުން ދޮގު މައުލޫމާތުތަކެއް މީޑިއާގައި ހިއްސާކޮށްފައިވާ ކަމަށާއި، މިހާތަނަށްވެސް އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކުލަބުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

ޔުވެންޓަސްއިން ޑިބާލާގެ އެއްބަސްވުން އާކުރުމަށް މަސައްކަތްކުރަމުން އައި ނަމަވެސް، އެ ޓީމުގެ އައު ކޯޗު އަންދްރެއާ ޕިރްލޯގެ ކޯޗުކަމުގައި ޑިބާލާއަށް ވަނީ ފުރުސަތު ލިބުން މަދުވެފައެވެ. އެކަމަކު މީގެ ކުރިން ޕިރްލޯ ބުނީ ޑިބާލާއަކީ ޔުވެންޓަސްގެ ކުރިމަގާ ގުޅިފައިވާ ކުޅުންތެރިއެއް ކަމަށާއި، ޔުވެންޓަސްއިން އޭނާ ވިއްކާ ނުލާނެ ކަމަށެވެ.

މީގެ ކުރިން ޕަލޭމޯއަށްވެސް ކުޅުނު ޑިބާލާ ޔުވެންޓަސްއާ ގުޅުނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ޔުވެންޓަސްއަށް ކުޅެދިން 244 މެޗުގައި 98 ލަނޑު ޖަހާފައެވެ. އަދި ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ފަސް ފަހަރު އަދި އިޓާލިއަން ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

ޕައުލޯ ޑިބާލާ

ކޮމެންޓް

އިތުރަށް ކިޔާލަން

75 މިލިއަން ޔޫރޯ އަށްވުރެ އިސްކަންދިނީ އަންހެނުންނާއި ދަރިންނަށް: ދީބާލާ

75 މިލިއަން ޔޫރޯ އަށްވުރެ އިސްކަންދިނީ އަންހެނުންނާއި ދަރިންނަށް: ދީބާލާ

26 އޯގަސްޓު 2024
މެސީ އާއެކު އާޖެންޓީނާގެ ސްކޮޑު އިއުލާންކޮށްފި، ޑިބާލާ އަށް ފުރުސަތެއް ނެތް!

މެސީ އާއެކު އާޖެންޓީނާގެ ސްކޮޑު އިއުލާންކޮށްފި، ޑިބާލާ އަށް ފުރުސަތެއް ނެތް!

22 މެއި 2024
ދީބާލާ މާބޮޑަށް އަގުހެޔޮވެއްޖެ

ދީބާލާ މާބޮޑަށް އަގުހެޔޮވެއްޖެ

03 ޖެނުއަރީ 2024
ޑިބާލާގެ އަނިޔާ ސީރިއަސް، ވޯލްޑް ކަޕް ގެއްލުމުގެ ބިރު

ޑިބާލާގެ އަނިޔާ ސީރިއަސް، ވޯލްޑް ކަޕް ގެއްލުމުގެ ބިރު

10 އޮކްޓޯބަރު 2022
ޑިބާލާގެ މޮޅު ކުޅުމާއެކު މޮންޒާ ބަލިކޮށް ރޯމާ އެއްވަނައަށް

ޑިބާލާގެ މޮޅު ކުޅުމާއެކު މޮންޒާ ބަލިކޮށް ރޯމާ އެއްވަނައަށް

31 އޯގަސްޓު 2022

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު