Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާރަންދޫ ޓާފް ދަނޑުގެ މަސައްކަތް

މާރަންދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމަށް ހަވާލުކޮށްފި

މި މަސައްކަތް ހަވާލުކޮށްފައިވަނީ 2،115،365 ރުފިޔާއަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 މާރިޗު 2021 | ހޯމަ 14:16
މާރަންދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މާރަންދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހއ. މާރަންދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މި މި މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. ހޯމަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއެވެ. އަދި އެ އާރްޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަޙްމަދު އާސިފެވެ. އަދި މި ރަސްމިއްޔާތުގައި މާރަންދޫ ހިމެނޭ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ޝިފާޢުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާރަންދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް އާރްޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2،115،365 (ދެ މިލިޔަން އެއް ލައްކަ ފަނަރަ ހާސް ތިން ސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާއަށެވެ. އަދި މި މަސައްކަތް ހަވާލުކުރެވިފައިވަނީ މަސައްކަތް ފަށާތާ 29 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މިހާތަނަށް އަށް ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ވަނީ ޓާފް އަޅާފައެވެ. އަދި މިހާތަނަށް 40 އަށްވުރެ ގިނަ ރަށުގެ ފުޓްބޯޅަ ދަނޑުތަކުގެ މަސައްކަތް ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ޓާފް ދަނޑުތައްކުޅިވަރާ ބެހޭ ވުޒާރާ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
01 ސެޕްޓެމްބަރު 2023

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި
18 ޖުލައި 2023

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

18 ޖުލައި 2023
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް
09 މެއި 2023

ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

09 މެއި 2023
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު