Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރައިމަރީ ހެލްތުކެއަރ

ޕްރައިމަރީ ހެލްތުކެއަރ ކުރިއެރުވުމަށް ޕައިލެޓް ޕްރޮގްރާމެއް ފަށައިފި

އައު ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ލޯންޗް ކުރުމަށް ނިންމާފައިވަނީ އެޕްރީލް 7 ގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 މާރިޗު 2021 | ހޯމަ 11:00
ްޕްރައިމަރީ ހެލްތުކެއަރ ކުރިއެރުވުމަށް ހިންގާ ޕައިލެޓް ޕްރޮގްރާމު

ްޕްރައިމަރީ ހެލްތުކެއަރ ކުރިއެރުވުމަށް ހިންގާ ޕައިލެޓް ޕްރޮގްރާމު

 ޕްރައިމަރީ ހެލްތުކެއަރ އަށް އައު ދިރުވުމެއް ގެނުވައި އަލާކުރުމަށް ޕައިލެޓް ޕްރޮގްރާމެއް މިނިސްޓްރީ އޮފް ހެލްތުން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު އަލަށް ބައްޓަން ކުރެވުނު ޒަމާނުގައި، އެންމެ ބޮޑު އިސްކަމެއް ދެވުނީ ޕްރައިމަރީ ހެލްތުކެއަރ މެދުވެރިކޮށް ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. ނަމަވެސް، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއި، ދުނިޔޭގެ ޞިއްޙީ އޮނިގަނޑަށް އައި ބަދަލުތަކާއި ލިބުނު ކުރިއެރުންތަކާއި، ކެއުންބުއިމުގެ އާދަކާދަތައް ބަދަލުވުމާއި، ދިވެހި ރައްޔިތުންގެ އެކްޕެކްޓޭޝަންސް ބަދަލުވުމާއި، އަދި އެހެނިހެން ކަންކަމާ ގުޅިގެން، ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމުގެ ފޯކަސް ބަދަލުވީ ކިއުރެޓިވް ކެއަރ ނުވަތަ ބަލިވުމަށްފަހު ބޭސްފަރުވާ ހޯދުމުގެ ގޮތުން، ސްޕެޝަލިސްޓް ކެއަރ ކުރިއެރުވުމުގެ ސިސްޓަމަކަށެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓަލްތަކާއި ޒަމާނީ ހެލްތު ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތްތައް ވަނީ ކުރެވިފައެވެ.  

ނަމަވެސް، މި ސަރުކާރުގެ މައިގަނޑު އަމާޒަކީ ބަލިވުމަށްފަހު ބޭސްފަރުވާ ހޯދުމުގެ ސިސްޓަމެކޭ އެއްފަދައިން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަލުން ދިރުވުމުގެ ގޮތުން ލާމަރުކަޒީ އުޞޫލަކުން ޞިއްޙީ ޚިދުމަތްތައް ކުރިއެރުވުން ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ. އެގޮތުން، 1000 މީހުންނަށް ވުރެ މަދުން އާބާދުވެފައިވާ 25 ރަށެއްގައި ޕްރައިމަރީ ހެލްތުކެއަރއަށް އައު ދިރުވުމެއް ގެނައުމުގެ ޕައިލެޓް ޕްރޮގްރާމެއް 15 މާރިޗު 2021 ގެ ހެނދުނު ހެލްތު މިނިސްޓްރީން ވަނީ ފަށާފައެވެ. އެއީ، އއ، އދ، ވ، މ، ފ، އަދި ދ އަތޮޅުގެ 1000ށް ވުރެ މަދުން އާބަދުވެފައިވާ ރަށްތަކުގައެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މި ޕްރޮގްރާމް ޕައިލެޓް ކުރެއްވުމަށް އެ އަތޮޅުތަކަށް ދަތުރު ކުރައްވާފައިވަނީ، ޞިއްޙީ ދާއިރާގައި ކޮމިއުނިޓީ ހެލްތު އޮފިސަރުންނާއި ފެމިލީ ހެލްތު އޮފިސަރުންގެ ގޮތުގައި ޕްރައިމަރީ ހެލްތުކެއަރ ގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ އިތުބާރުހުރި ބޭފުޅުންނެވެ.

މި ޕައިލެޓް ޕްރޮގްރާމްގެ ތެރެއިން ކޮންމެ ރަށެއްގެ ހެލްތު ސްނެޕްޝޮޓެއް ނެގުމަށްޓަކައި، އަދި ކޮންމެ ރައްޔިތެއްގެ މެޑިކަލް ހިސްޓްރީ ނެގުމަށްޓަކައި ސޮފްޓްވެއަރ އެއް ވެސް ވަނީ ތައްޔާރު ކުރެވިފައެވެ. މި ސޮފްޓްވެއަރ މެދުވެރިކޮށް ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ކޮންމެ ރައްޔިތަކަށް ޚާއްޞަ ޕޭޝަންޓް ރިކޯޑެއް (މެޑިކަލް ހިސްޓްރީއެއް) ޤާއިމު ކުރެވޭނެއެވެ. މި މެޑިކަލް ހިސްޓްރީގައި، ރައްޔިތުންގެ އިމިއުނައިޒޭޝަން ރިކޯޑުން ފެށިގެން، މިއަދާ ހަމައަށް ކުރެވުނު އޮޕަރޭޝަންތަކާއި، މިހާރު ހުރި ޞިއްޙީ މައްސަލަތަކާއި، އިޖްތިމާޢީ މައްސަލަތަކާއި، ނަފްސާނީ މައްސަލަތަކާއި، މައިންބަފައިންގެ ޞިއްޙީ މައްސަލަތަކަށް ދާންދެން ރިކޯޑް ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޕްރައިމަރީ ހެލްތު ކެއަރއަށް އައު ދިރުވުމެއް ގެނައުމުގެ ގޮތުން ހެލްތު މިނިސްޓްރީން ފެށި އައު ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ލޯންޗްކުރުމަށް ނިންމާފައިވަނީ 7 އެޕްރީލް 2021 ވަނަ ދުވަހުގައެވެ. މި ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަމުން އަންނަނީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައެވެ.

މި ޕްރޮޖެކްޓްގެ ފެށުމުގެ  މަގްސަދަކީ، ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދީ، އެއްކުރެވޭ ޞިއްޙީ މަޢުލޫމާތުގެ އަލީގައި ޞިއްޙީ ނަސޭހަތްތަކާއި ލަފާ ދިނުމެވެ. އަދި ރައްޔިތުންނަށް އިތުބާރު ކުރެވޭ ޞިއްޙީ ޚިދުމަތްތެރިން ކޮންމެ ރަށެއްގައި ވެސް ޤާއިމު ކުރުމެވެ.

ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
20 އޯގަސްޓު 2025

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ
07 އޯގަސްޓު 2025

ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް

07 އޯގަސްޓު 2025
ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް
07 އޯގަސްޓު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ

07 އޯގަސްޓު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ

17 އެޕްރީލު 2025
ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު