Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް

އޭއެފްސީ ކަޕް: މޯހަން ބާގަން ލަދުގަންނަވާލުމަށްފަހު މާޒިޔާ އެއްވަނައަށް

މާޒިޔާ އޮތީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު ގްރޫ÷ްގެ އެއްވަނަގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 3 މެއި 2017 | ބުދަ 19:25
މާޒިޔާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

މާޒިޔާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

އޭއެފްސީ ކަޕްގައި އިންޑިއާގެ މޯހަން ބާގަން ލަދުގަންނުވާލުމަށްފަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ގްރޫޕް އީގެ އެއްވަނައަށް ޖެހިލައިފި އެވެ.

ބުދަ ދުވަހު ހަވީރު ކުޅުނު މި މެޗު މޯހަން ބާގަންއާ ވާދަކޮށް މާޒިޔާ އިން މެޗު ކާމިޔާބުކުރީ 2-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޔަސްފާދު ހަބީބު (މުލަކޭ) އެވެ.

މި ލަނޑަށްފަހުވެސް މާޒިޔާ އިން ދިޔައީ މޯހަން ބާގަންގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުލުފުލުގައި ފުރުސަތު ތަނަވަސްކުރަމުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި މޯހަން ބާގަންގެ ޖޭޖޭ ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރިއިރު، 22 ވަނަ މިނެޓުގައި މޯހަން ބާގަންގެ ކުޅުންތެރިޔަކު ބޮލުން ކުރިޔަށް ފޮނުވާލި ބޯޅަ ގޯލު ލައިން މަތިން މާޒިޔާގެ މުހައްމަދު އުމެއިރު ވަނީ ދިފާއުކޮށްފައެވެ.

މާޒިޔާ އިން މެޗުގެ ލީޑު ފުޅާކުރީ 27 ވަނަ މިނެޓުގައި މުހައްމަދު އުމެއިރު ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އެލެގްޒެންޑްރާ ރަކިޗް ނަގައިދިން ހުރަހަކުންނެވެ.

މީގެއިތުރުންވެސް މާޒިޔާއަށް ވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މާޒިޔާ އިން މެޗުގައި ކާމިޔާބުކުރި ތިން ވަނަ ލަނޑު 44 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރަކިޗް އެވެ.

ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން މޯހަން ބާގަންގެ މައްޗަށް މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް މާޒިޔާ އިން މޮޅު ކުޅުމެއް ދައްކާފައެވެ. އެހެންނަމަވެސް 48 ވަނަ މިނެޓުގައި ކިންގްޝުކް ޑިބްނަތް އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރިއިރު، މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ބޯޅަ ސާފްކޮށްލަން މަސައްކަތްކުރި އެވެ.

އެހެންނަމަވެސް މާޒިޔާ އިން ވަނީ 54 ވަނަ މިނެޓުގައި އަސަދުﷲ އަބްދުﷲ ކާމިޔާބުކުރި ލަނޑުން ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.

މާޒިޔާ އިން މެޗުގައި ކާމިޔާބުކުރި ފަސް ވަނަ ލަނޑު 59 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރަކިޗް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މޯހަން ބާގަން އިން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު 77 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭޖޭ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ.

މެޗުގެ ފަހު 10 މިނެޓުގައި މޯހަން ބާގަން ޓީމުގެ ފަރާތުން ފުލުފުލުގައި ހަމަލާތައް ފެނިގެންދިޔަ ނަމަވެސް އެ ބޯޅަތައް މާޒިޔާ އިން ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު އޮތީ ކުޅުނު ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި މޯހަން ބާގަން ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އޮތީ ގްރޫޕްގެ ތިންވަނައިގަ އެވެ.

ގްރޫޕްގައި ހިމެނޭ ޑާކާ އަބަހާނީ އަދި ބެންގްލޫރް އެފްސީ ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޑާކާ އަބަހާނީ އެވެ. އެގޮތުން އަބަހާނީ ވަނީ ތިން ޕޮއިންޓް ހަމަކޮށްފައެވެ. އެހެންނަމަވެސް އެޓީމު އޮތީ ގްރޫޕްގެ ފުލުގައެވެ. މެޗުން ބަލިވި ބެންގްލޫރު އެފްސީ އޮތީ ގްރޫޕްގެ ދެވަނައިގަ ނުވަ ޕޮއިންޓާއެކުގައެވެ. މާޒިޔާ އަށް އެއްވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު