Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަނަސްގެ މަރުގެ މައްސަލަ

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާލިބޭ ޖުނައިޙްގެ ބޭސްފަރުވާއާ ގުޅޭ ގިނަ މައްސަލަތަކެއް!

ޖުނައިޙް "ޑަސްޓް-ފްރީ" މާޙައުލެއްގައި ހުރުމަށް ޑޮކްޓަރުން ލަފާ ދީފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 މާރިޗު 2021 | ހޯމަ 09:40
އަނަސްގެ މަރަށް އިންސާފު ހޯދަން ގޮވާލައި ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން

އަނަސްގެ މަރަށް އިންސާފު ހޯދަން ގޮވާލައި ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން

ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމަކީ ހެކިބަސް ނެގުމާއި ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް ހެކިން ހާޒިރު ކުރެވިފައި ނުވާއިރު، ދައުލަތުގެ ފަރާތުން ވަނީ ސިއްރު ހެކިން ހާޒިރު ކޮށް ހެކިބަސް ނެގުމަށް އިތުރު ފުރުސަތަކަށް އެދިވަޑައިގަންނަވާފައެވެ. އެއާއެކު މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު ސަމީރު ވަނީ ބަންދު މުރާޖައާގެ ބައި ކުރިއަށް ގެންގޮސްފައެވެ.

މި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާލިބޭ 7 މީހުންގެ ޙާލަތަށް ބަދަލެއް އައިސްފައި ނުވާކަން ފާހަގަ ކުރައްވައި، ބަންދުގެ މުއްދަތު ދެމެހެއްޓުމަށް އެދިވަޑައިގަންނަވާފައެވެ. އެކަމާ ގުޅޭގޮތުން މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކެއްގެ ދިފާއީ ވަކީލެއް ކަމަށްވާ އާދަމް އާސިފް ވިދާޅުވީ، ދައުވާލިބޭ ޖުނައިޙް އަބްދުﷲ ރާއްޖެއިން ބޭރަށް ގޮސް ބޭސް ފަރުވާ ފުރިހަމަކޮށްފައިވަނީ ކަމާބެހޭ ފަރާތްތަކުގެ އިޒުނައާއެކު ކަމަށެވެ. ނަމަވެސް "ޑަސްޓް-ފްރީ" މާޙައުލެއްގައި ހުރުމަށް ޑޮކްޓަރުން ލަފާ ދީފައިވާކަން ފާހަގަ ކުރައްވައި އާސިފް ވަނީ ޖުނައިޙްއަށް ލިބެންޖެހޭ ބޭސް އެކަށީގެންވާ ގޮތެއްގައި ނުލިބޭ މައްސަލައަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ލޮލުގެ ފަރުވާދޭ ޑޮކްޓަރަށް ދެއްކުމުން ޖުނައިޙްއަށް ޑޮކްޓަރުން ލަފާދީފައިވަނީ އޮކްސިޖަން ލެންސްއެއް ބޭނުން ކުރުމަށެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވުމުން ޖުނައިޙު ވެސް ވަނީ ބޭސްފަރުވާ އެކަށީގެންވާ ގޮތެއްގައި ނުލިބޭކަން ފާހަގަކޮށްފައެވެ. އަދި ޖަލުތަކަކީ ޑަސްޓް ފްރީ މާޙައުލުތަކަށް ނުވާއިރު، ކަރެކްޝަންސް މެދުވެރިކޮށް، އެކަން ކަށަވަރު ކޮށްދެއްވުން ޖުނައިޙް ވަނީ އެދިފައެވެ. އަދި ދައުވާލިބޭ އެންމެންވެސް ވަނީ ޝަރީއަތް އަވަސްކޮށްދިނުން އެދިފައެވެ.

މި މައްސަލައަށް އަލިއަޅުވާލައްވާ ދައުލަތުގެ ވަކީލާ ވިދާޅުވީ، ޖުނައިޙް ހުރީ ޑޮކްޓަރުން ލަފާދީފައިވާފަދަ މާޙައުލެއްގައިތޯ ކަށަވަރު ކުރުމަށް ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ދައުވާލިބޭ އަޙުމަދު ޒަޔާންއާއި އުޘްމާން ޝަރީފުގެ ދިފާއީ ވަކީލު އަހުމަދު ނިޝާން އިބްރާޙިމް ވިދާޅުވީ، މި މައްސަލައަށް 4 އަހަރުވެފައިވާއިރު، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާ ވެސް މިހާރު ތައާރަޒުވަމުންދާ ކަމަށެވެ. އަދި މި މައްސަލައިގެ ހުރިހާ ސިއްރުނޫން ހެކިންގެ ހެކިބަސް ނަގާފައިވާއިރު، ސިއްރު ހެކިން ހާޒިރު ކުރުމަށް ދައުލަތަށް ވަކި މުއްދަތެއް ކަނޑައަޅައިދެއްވުމަށް ނިޝާން ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ސިއްޙީ ޙާލަތު ބަޔާން ކޮށްދިނުމަށް ފުރުސަތެއް ދެއްވުމަށް ވެސް ނިޝާން ވަނީ އެދިވަޑައިގަންނަވާފައެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ދައުލަތަށް ސިއްރު ހެކިން ހާޒިރު ކުރުމަށް އިތުރު ފުރުސަތެއް ދެއްވާނެ ކަމަށެވެ. އަދި އަންނަ އަޑުއެހުމުގައި ކުރިއަށްދާނެ ގޮތެއް ނިންމަވާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ. ގާޒީ ވިދާޅުވީ، ހެކިބަސް ނެގުމަށް 23 މާރޗުގެ 11:00 ގައި އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި އޭޕްރީލް މަހުގެ ފުރަތަމަ އަދި ފަހު ހަފްތާގައި އަޑުއެހުންތަކެއް ބާއްވާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ. އަދި އެއަށްފަހު އިތުރު ދިފާއީ ހެކިންގެ ހެކިބަސް ނެންގެވުމާމެދު ގޮތެއް ނިންމަވާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ގާޒީ އިތުރަށް ވިދާޅުވީ، އިންސާނެއްގެ ފުރާނައާ ގުޅޭ މައްސަލައަކަށްވާތީ މިއީ އެންމެ ނުރައްކާތެރި ކުށްތަކުގެ ގޮތުގައި ބެލެވޭ ކަމަށެވެ. އަދި ބަންދުގައި ބޭތިއްބުމަށް ކުރިންވެސް ނިންމާފައިވާ އަމުރު ދެމެހެއްޓެވުމަށް ގާޒީ ވަނީ އެދިވަޑައިގަންނަވާފައެވެ.

އަނަސްގެ މަރުކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު