Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމިޝަނަރ އޮފް ޕޮލިސް

ފުލުހުންގެ ޚިދުމަތް ބިނާކުރުމަށް ހުރިހާ ފުލުހުންނާއި މުވައްޒަފުން އަތުކުރި އޮޅާލުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިލްތިމާސް ކުރައްވައިފި

15 މާރިޗު 2021 | ހޯމަ 08:21

މިމަހުގެ 27 ވަނަ ދުވަހު އަމަލުކުރަން ފަށާ ފުލުހުންގެ އައު ޤާނޫނަކީ ދިވެހި މުޖުތަމަޢު އެދޭފަދަ ޒަމާނީ ޑިމޮކްރެޓިކް އުސޫލުތައް އެކުލެވޭ ޤާނޫނެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 މާރިޗު 2021 | ހޯމަ 08:21
ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ދަސްވެނިވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވާހަކަ ދައްކަވަނީ

ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ދަސްވެނިވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވާހަކަ ދައްކަވަނީ

މިމަހުގެ 27 ވަނަ ދުވަހު އަމަލުކުރަންފަށާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުން ތަސައްވަރުކުރާ ފުލުހުންގެ ޚިދުމަތް ބިނާކުރުމަށް ހުރިހާ ފުލުހުންނާއި މުވައްޒަފުން އަތުކުރި އޮޅާލުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އިލްތިމާސްކުރައްވައިފިއެވެ.

ކޮމިޝަނަރ އޮޮފް ޕޮލިސް މިކަމަށް އިލްތިމާސްކުރެއްވީ ޕޮލިސް ޓްރެއިނިންގ ސްކޫލް - ދ. ވާނީގައި ހޯމަ ދުވަހުގެރޭ ބޭއްވި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ދަސްވެނިވި ހިނގާލުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އަމަލުކުރަން ފަށާ ފުލުހުންގެ އައު ޤާނޫނަކީ ދިވެހި މުޖުތަމަޢު އެދޭފަދަ ޒަމާނީ ޑިމޮކްރެޓިކް އުސޫލުތަކާއި، އިންސާނީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތައި،  ދައުލަތުން ފުލުހުންގެ ޚިދުމަތަށް ކުރާ ހޭދައާ ބައްދަލު ޚިދުމަތެއް ފޯރުވައިދީ، އެކަންކަމަށް މުއައްސަސާ ޖަވާބުދާރީކުރުވުމުގެ އިންތިޒާމްތައް ހަރުދަނާކުރުވާނެ ގާނޫނެއްކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު ފުލުހުންގެ ޕްރޮފެޝަން ތަރައްޤީކޮށް ގާބިލްކަން އިތުރުކޮށް، ލޯކަލް ލެވަލްގައި ރައްޔިތުންނާއި އެހެން ފަރާތްތައް ގުޅިގެން ޕްރޯ އެކްޓިވް ޕޮލީސިންގ ފަލްސަފާއެއްގެ މައްޗަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އައު ގާނޫނު ލާޒިމްކުރާކަމަށް ވިދާޅުވިއެވެ.  އަދި  އައު ޤާނޫނުން ތަސައްވަރުކުރާ ފުލުހުންގެ ޚިދުމަތް ބިނާކުރުމަށް ހުރިހާ ފުލުހުންނާއި މުވައްޒަފުން އަތުކުރި އޮޅާލުމަށް އިލްތިމާސްކުރައްވައި، މިކަމުގައި ކޮންމެ ފުލުހަކާއި މުވައްޒަފެއްގެ ދައުރެއް އެބައޮތްކަަމަށް ވިދާޅުވިއެވެ.

ވަކިން  ހާއްސަކޮށް ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ފުރިހަމަކޮށް ދަސްވެނިވާ ދަސްވެނިން ވެގެންދާނީ ޚިދުމަތުގެ މި އާބާބުގެ ތެރެއަށް ވަންނަ އާޖީލެއްގެ ފުލުހުންކަމަށްވާއިރު، އާ ޤާނޫނުން ފުލުހުންގެ ޚިދުމަތަށާއި ފުލުހުންގެ ޕްރޮފެޝަންއަށް ލިބިގެންދާނެ އަލިކަން ގަދަ، އަދި އެ އަލިކަން ދެމެހެއްޓުމަށް މަސައްކަތްކުރާނެ ދަރުމަވެރިންނަށް ދަސްވެނިވާ ފުލުހުން ވެގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން  ކުރިއަށް މިއޮތް އަހަރަކީ ފުލުހުންގެ ޚިދުމަތަށް އެތައް ދާއިރާއަކުން ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ އަހަރެއްކަމަށާއި އެގޮތުން ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނާއި ފުލުހުންގެ އިންފްރާސްޓްރަކްޗަރއަށް މިއިން ދުވަހަކު ގެނެވިފައިނުވާ ތަރައްޤީއާއި އެންމެ ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނާއި މުވައްޒަފުންގެ ކޮމްޕިޓެންސީ އިތުރުކުރުމަށްޓަކައި ފްރޭމްވޯކްތައް ތަޢާރަފްކުރެވި، ތަޢުލީމާއި ތަމްރީނުގެ އޮނިގަނޑުތައް އެފްރޭމްވޯކްތަކާ ގުޅުވިގެންދާނެކަމަށާއި އައު ޤާނޫނުން ތަސައްވަރުކުރާ ޚިދުމަތް ރައްޔިތުންނާއި ފުލުހުންގެ ޚިދުމަތަށް އެދޭ އެންމެހާ ފަރާތްތަކަށް ފޯރުވައިދިނުމަށްޓަކައި މުއައްސަސާގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެވޭނެކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ޕޮލިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
07 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް

07 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް