Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިރާސީ އައު އަހަރު

އޯލެވެލް އަދި އޭލެވެލް އިމްތިހާނު އޮންނާނީ މެއި އަދި ޖޫންމަހުގެ ތެރޭގައި: އެޑިއުކޭޝަން މިނިސްޓްރީ

13 މާރިޗު 2021 | ހޮނިހިރު 08:12

ކުދިންނަށް ގެއްލިގެންދާ 6 މަސް ދުވަސް އެއް މަސް ނުވަތަ ދޮޅުމަހަށް ކުޑަވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 މާރިޗު 2021 | ހޮނިހިރު 08:12
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު ރާއްޖެޓީވީގެ "އެދުރުވެށި" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގެ ތެރެއިން

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު ރާއްޖެޓީވީގެ "އެދުރުވެށި" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގެ ތެރެއިން

ދިރާސީ އައު އަހަރުގެ ބަދަލާއެކު އޯލެވެލް އަދި އޭލެވެލް އިމްތިހާނު ދެން އޮންނާނީ މެއި އަދި ޖޫންމަހުގެ ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ "އެދުރުވެށި" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު ވިދާޅުވީ ކުދިން އޯލެވެލް ނިންމުމަށްފަހު އޭލެވެލް އިމްތިހާނު ފެށުމުގެ ފުރުސަތު އޮގަސްޓް މަސް ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުދިންނަށް ގެއްލިގެންދާ 6 މަސް ދުވަސް އެއް މަސް ނުވަތަ ދޮޅުމަހަށް ކުޑަވެގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

މުޖާހިދު ވިދާޅުވީ މީގެ ކުރިން އެގޮތަށް 6 މަސް ގެއްލިގެން ދިޔުމުން ބައެއް ބެލެނިވެރިންގެ ފަރާތުން ޝަކުވާ ވެސް އަންނަ ކަމަށާއި ބައެއް ފަހަރު އެ މުއްދަތުގައި ކިޔެވުމާއި ދުރަށް ދަރިވަރުންދާ ކަމުގެ ޝަކުވާތައް ބެލެނިވެރިންގެ ފަރާތުން ލިބިފައިވާ ކަމަށެވެ.

އަލަށް ގެނެވުނު ބަދަލާ ގުޅޭ ގޮތުން އަހުމަދު މުޖާހިދު ވިދާޅުވީ ދިރާސީ އަހަރަށް ބަދަލު ގެނެވުނީ މިކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި މި ސަރުކާރު ހަވާލުވި އިރު ވެސް ދިރާސީ އަހަރު ފެށޭ ދުވަސްވަރު ބަދަލު ކުރުމަށް ގިނަ ފަރާތްތަކުން އެދެމުން ދިޔަ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން މިކަމުގައި ވަކިން ބޮޑަށް އެދެމުން ދިޔަ ކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހު ގެސްޓް ހައުސް ސިމްޕޯސިއަމްގައި ވެސް އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި ވެސް ފަތުރުވެރިކަމުގެ ދާއިރާއިން މިކަމަށް އެދި ހުށަހެޅުންތަކެއް ހުށަހެޅުނު ކަމަށާއި، އެއިރު އެޑިއުކޭޝަންގެ ފަރާތުން މިކަމުގައި ރަނގަޅު ގޮތެއް ހޯދައި ދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވި މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމަށް މުޖާހިދު ވިދާޅުވިއެވެ.

މުޖާހިދު ވިދާޅުވީ މިހާރު ގެނެވުނު ބަދަލާއެކީގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޗުއްޓީ ރަނގަޅުގޮތުގައި ބޭނުން ކުރުމަށް ފަހި ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތާ ގުޅިގެން 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ދިގު ދަންމާލަން ޖެހުނު ކަމަށާއި، 2021 އަދި 2022 ވަނަ އަހަރުގެ އެކަޑަމިކް އަހަރު ފެށެން އޮތީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ކަމަށްވުމުން ދިރާސީ އަހަރަށް ބަދަލެއް ގެނައުމުން އެންމެ މުނާސަބު ވަގުތަކީ މިއީ ކަމަށެވެ. އަދި މިކަމާ ގުޅިގެން ތަފާތު ދާއިރާތަކުގެ ބޭފުޅުންނާއި، ވަކިން ހާއްސަކޮށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ދަރިވަރުންނާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރެވިގެން ނިންމުމަކާ ހަމައަށް އާދެވިފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރާސީ އަހަރުގެ ކިޔެވުމަށް ގެނައި ބަދަލު ދާއިމީކޮށް، ދިރާސީ އައު އަހަރުގެ ކިޔެވުން އޮގަސްޓް މަހުގައި ފަށާ ގޮތަށް ރަސްމީކޮށް ބަދަލުކުރިކަން އެޑިއުކޭޝަން މިނިސްޓްރީ އިއުލާން ކޮށްފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިގޮތަށް ނިންމަވާފައިވަނީ، ގިނަ ފަރާތްތަކަކުން ދިރާސީ އަހަރު ބަދަލުކުރުމަށް އެދެމުންދާތީ އާއި، ކޮވިޑް-19ގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށާއި ތަރައްޤީއަށް ދިމާވެފައިވާ ބޮޑު ގެއްލުމުން އަރައިގަތުމަށް 2020 ވަނަ އަހަރު ފެށުނު ދިރާސީ އަހަރު 2021 ވަނަ އަހަރުގެ ޖޫންގައި ނިމޭގޮތަށް ފަސްކޮށްފައިވުމާއި، ބެލެނިވެރިންނަށް ދަރިންނާއެކު ޗުއްޓީހޭދަކުރުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ މަގުސަދުގައެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ދިރާސީ އައު އަހަރު ފެށޭ ދުވަހަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މިއާއެކު ދިރާސީ އައު އަހަރު ފެށިގެން ދާނީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގައި ކަމަށެވެ. މި ގެނެވުނު ބަދަލާއެކު ބޮޑު ޗުއްޓީ ފެށޭނީ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީ ކޮޅުގައި ކަމަށެވެ. އަދި މި ގެނެވުނު އައު ބަދަލާ އެކު ފުރަތަމަ ޓާމްގެ ކިޔެވުން ނިމުމުން ޓާމުގެ ބަންދާ އެކު ދޭއެއް ނުވަތަ ތިން ހަފްތާ ޑިސެމްބަރު މަހުގެ ފަހުކޮޅު ލިބިގެންދާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ސްކޫލްތައް ބަންދުކުރަން ޖެހުނު ނަމަވެސް، ކިޔެވުން މެދުކަނޑާނުލައި އޮންލައިންކޮށް ކުރިއަށް ގެންގޮސް ސިލަބަސް ކަވަރު ކުރުމަށް 2020 ވަނަ އަހަރުގެ އެކަޑަމިކް އަހަރު ދިގު ދަންމާލިއެވެ. އެގޮތުން 2020 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން އެ އަހަރުގެ ޑިސެމްބަރަށް ނިންމާލައި މިހާރު ކިޔަވައި ދެމުން ދަނީ 2020 ވަނަ އަހަރުގެ އެކަޑަމިކް އަހަރުގެ ދެވަނަ ޓާމެވެ. 2020 ވަނަ އަހަރުގެ އެކަޑަމިކް އަހަރު ނިމޭނީ މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅުގައެވެ. އަދި 2021 ވަނަ އަހަރުގެ އެކަޑަމިކް އަހަރު ފެށޭނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. ދިރާސީ އަހަރަށް މި ގެނެވުނު ބަދަލާ ގުޅިގެން، ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިބޭނީ މީލާދީ އަހަރުގެ މެދުތެރޭގައެވެ. އަދި މީލާދީ އަހަރުގެ ފަހުކޮޅު ފުރަތަމަ ޓާމު ޗުއްޓީގެ ގޮތުގައި 2 ހަފުތާގެ ޗުއްޓީއެއް ލިބޭނެއެވެ.  

ދިރާސީ އަހަރަށް މި ބަދަލު ގެނެވުމުން، އޭލެވެލް ހަދާ ދަރިވަރުންގެ އުނގެނުމުގެ މަރުހަލާއިން ގެއްލިގެން ދާނެކަމަށް ބައެއް ފަރާތްތަކުން ބުނާ މުއްދަތު ގެއްލިގެން ނުދާނެއެވެ. އަދި މިބަދަލާއެކުވެސް، ދަރިވަރުން މިހާރުވެސް އޭ ލެވެލް ފަށާ ތާރީހު ކަމަށްވާ ޖޫންމަހުގައި އޭ ލެވެލްގެ ކިޔެވުން ފެށިގެންދާނެއެވެ. މީގެ އިތުރުން، ގްރޭޑް 10 ގެ ދަރިވަރުންގެ ފަހު އިމްތިހާނު އޮކްޓޯބަރ/ނޮވެމްބަރ ގައި ނިމުނު ކަމުގައި ވިޔަސް އޭ ލެވެލް އިންތިޙާން ޖޫން މަހުގައި ފެށޭތީ އޯލެވެލް ނިންމާ ދަރިވަރުން އޭ ލެވެލް ފެށުމާ ދެމެދު ހޭދަ ކުރަންޖެހޭ 6 މަސް ދުވަސް، މިހާރު ގެނެވުނު ބަދަލާއެކީ ނޯންނާނެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް