Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހެރީ އާއި މޭގަން

އިންޓަރވިއުއަށް ފަހު ހެރީ އާއި މޭގަންގެ މަގްބޫލުކަން އިނގިރޭސިވިލާތުގައި ދަށަށް

48 އިންސައްތަ މީހުންގެ މެދުގައި ހެރީއާ މެދު ވަނީ ނުރަނގަޅު ތަސައްވުރެއް އުފެދިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 މާރިޗު 2021 | ހޮނިހިރު 04:46
ޕްރިންސް ހެރީ އަދި އަނބިކަނބަލުން މޭގަން

ޕްރިންސް ހެރީ އަދި އަނބިކަނބަލުން މޭގަން

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން އިނގިރޭސި ޝާހީ އާއިލާގެ "އެތެރޭގެ" ވާހަކަތަކެއް ހާމަކަން ބޮޑުގޮތެއްގައި އޮޕްރާ ވިންފްރީގެ އިންޓަރވިއުގައި ވިދާޅުވުމާއެކު އެދެބޭފުޅުންނަށް އިނގިރޭސިވިލާތުގައި އޮތް މަގްބޫލުކަން މިއިން ދުވަހަކުވެސް ދަށަށްނުދާ މިންވަރަށް ދަށަށްގޮސްފިއެވެ.

މިދިޔަ އާދިއްތަ ދުވަހު އެއަރކޮށްފައިވާ އެއިންޓަރވިއުގައި މޭގަން ވަނީ ޝާހީ އާއިލާ ތެރޭގައި އޭނާ އާ މެދު ކަންތައް ކުރެވުމެންދިޔަ ގޮތުން އަމިއްލައަށް މަރުވާން ހިތަށް އެރިކަމަށް ވިދާޅުވެފައެވެ. އަދި ދަރިކަލުންގެ ކުލަ އާ މެދު ޝާހީ އާއިލާގެ ބޭފުޅަކު ދެއްކެވި ވާހަކަތަކެއް މޭގަން ވަނީ ތިލަކުރައްވާފައެވެ.

ޝާހީ އާއިލާގެ ޑިޔުޓީތަކުން ރަސްމީކޮށް ވަކިވެވަޑައިގެން ދެ ބޭފުޅުން ތިއްބެވިއިރު ޝާހީ އާއިލާގެ އެތެރޭގެ މިފަދަ ވާހަކަތަކެއް ދެއްކެވެމުން ޝާހީ އާއިލާއަށް ވަނީ މިއިން ދުވަހަކު ނާންނަވަރުގެ ގުޑުމެއް އައިސްފައެވެ. ހާހަކަށްވުރެ ގިނަ ދުވަސްވީ މި ރަސްކަމުގެ ދަރުބާރަށް ވަނީ މިއިން ދުވަހަކު ކުރިމަތިނުވާ މިންވަރުގެ ކަންތައްތަކެއް ކުރިމަތިކުރުވާފައެވެ.

އިންޓަރވިއުއަށްފަހު އިނގިރޭސިވިލާތުގައި ނެގިގެންދިޔަ ޕޯލުތަކަށް ބަލާއިރު ސުވާލުކުރެވުނު 1664 މީހުންގެ ތެރެއިން 48 އިންސައްތަ މީހުންގެ މެދުގައި ހެރީއާ މެދު ވަނީ ނުރަނގަޅު ތަސައްވުރެއް އުފެދިފައެވެ. ހެރީ އަކީ ރަނގަޅު މީހެއްގެ ގޮތުގައި ނުވަތަ ތާޢީދުކުރެވޭ ބޭފުޅެއްކަމަށް ބުނެފައިވަނީ 45 އިންސައްތަ މީހުންނެވެ. މިއީ މިއިން ދުވަހަކުވެސް ހެރީގެ މަގްބޫލުކަން ދަށަށް ނުދާ މިންވަރެކެވެ. އަދި މިއީ އޭގެ ކުރީ ހަފްތާ އާ އަޅާބަލާއިރު 15 ޕޮއިންޓް ދަށް އަދަދެއްވެސްމެއެވެ.

އަނެއްކޮޅުން އަނބިކަނބަލުން މޭގަންއަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މޭގަން އާމެދު ރަނގަޅު ގޮތަކަށް ދެކޭކަމަށް ބުނެފައިވަނީ ސުވާލުކުރި ކޮންމެ ދިހަ މީހަކުން ތިން މީހުންނެވެ. 58 އިންސައްތަ މީހުންނަށް މޭގަން މިހާރު ކަމަކުނުދެއެވެ.

މިޕޯލަށް ބަލާލާއިރު އެކި އުމުރު ފުރާތަކުގެ މެދުގައި ފަރަގުތަކެއް ހުރިކަން ވަނީ ފާހަގަވެފައެވެ. އެގޮތުން އުމުރުން 18 އަހަރާއި 24 އަހަރުގެ މީހުންގެ މެދުގައި ހެރީ އާއި މޭގަންގެ މަގްބޫލުކަން އަދިވެސް ބޮޑެވެ. ނަމަވެސް އުމުރުން 65 އަހަރުން މަތީގެ މީހުންގެ މެދުގައި އެދެމީހުންގެ މަގްބޫލުކަން ވަނީ ކުޑަވެފައެވެ.

ޝާހީ އާއިލާގެ ތެރެއިން ދެން މަގްބޫލުކަން ކުޑަވެފައިވަނީ ހެރީގެ ބައްޕާފުޅު ޕްރިންސް ޗަރލްސްގެއެވެ. ސަރވޭގައި ސުވާލުކުރި މީހުންގެ ތެރެއިން 42 އިންސައްތަ މީހުންގެ މެދުގައި ޗާލްސްގެ މަގުބޫލުކަން ވަނީ ކުޑަވެފައެވެ.

ސަރވޭގައި ސުވާލުކުރި މީހުންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވަނީ އުމުރުން ފުޅުން 94 އަހަރުގެ ރާނީ އެވެ. ސަރވޭގައި ސުވާލުކުރި މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަށް ރާނީ ރަނގަޅެވެ. ރާނީއަށް ފަހު ދެން އާންމުންގެ މެދުގައި މަގްބޫލު ބޭފުޅުންނަކީ ހެރީގެ ބޭބެކަމުގައިވާ ޕްރިންސް ވިލިއަމް އަދި އަނބިކަނބަލުން ކޭޓްއެވެ.

މީގެއިތުރުން މިސަރވޭއިން ހާމަވެފައިވާ އަނެއްކަމަކީ ޒުވާނުންގެ މެދުގައި ރަސްކަމަކަށްވުރެ ރައްޔިތުން ހޮވާ މީހަކު ހުންނަންޖެހޭކަމަށް ގަބޫލުކުރާ ގަބޫލުކުރުން އިތުރުވަމުންދިޔުމެވެ. އެގޮތުން 42 އިންސައްތަ ޒުވާނުން ގަބޫލުކުރަނީ ރައްޔިތުން އިންތިޚާބުކުރާ މީހަކު ސްޓޭޓްގެ ހެޑްކަމުގައި ހުންނަންޖެހޭނެކަމަށެވެ.

ހެރީ އާއި މޭގަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު