Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19 ވެކްސިން ޖެހުން

ތެމިފޯވެގެންވެސް ވެކްސިން ޖެހުމަށް ކިޔުގައި

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދެނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކަމަށް ވަނީ ބުނެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 މާރިޗު 2021 | ބުރާސްފަތި 14:32
ކޮވިޑް ވެކްސިން ޖެހުމަށް ބޯވާރޭގައި ކިޔުގައި

ކޮވިޑް ވެކްސިން ޖެހުމަށް ބޯވާރޭގައި ކިޔުގައި

ކޮވިޑް-19 ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ފަށާފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ޖެހުމަށް މީހުންގެ ފަރާތުން ލިބުނު ތަރުހީބު ވަކި ހިސާބަކުން ވަނީ ކުޑަވާން ފަށާފައެވެ. ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެފައިވަނީ ރާއްޖޭގައި ދުވާލެއްގެ މައްޗަށް 10،000 މީހުންނަށް ވެކްސިން ޖެހުމުގެ ގާބިލްކަން ހުރިކަމަށެވެ. އެހެންނަމަވެސް އާންމު ގޮތެއްގައި ރާއްޖޭގައި ދުވާލެއްގެ މައްޗަށް ވެކްސިން ޖަހާފައިވަނީ ހަހާސް މީހުންނެވެ. ފަހުން ދުވާލެއްގެ މައްޗަށް ވެކްސިން ޖަހާ މީހުން މާލެ ސަރަހައްދުގައި ވަނީ ދަށަށްގޮސްފައެވެ.

އެގޮތުން މިފަހަކަށް އައިސް މާލެ ސަރަހައްދުގައި ވެކްސިން ޖަހަމުންދިޔަ ސެންޓަރުތައް ފެނިގެންގޮސްފައިވަނީ ހުސްކޮށެވެ. މާލެ ސަރަހައްދަކީ ކޮވިޑްގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ފެންނަމުންދާ ސަރަހައްދަށްވާއިރު ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވާން ފެށުމުން ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ)ން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ތަކުރާރުކޮށް ވަނީ ވެކްސިން ޖަހަން ދިޔުމަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް ވެކްސިން ޖަހަން ދާ މީހުންގެ އަދަދުތައް މާލެ ސަރަހައްދުގައި އިތުރެއްނުވެއެވެ. ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބުން ފެށިގެން އެއަދަދުތައް ހުރީ ހަތަރުހާހުން ތިރީގައެވެ. ބައެއް ދުވަސްދުވަހު ހާހެއްހާ މީހުން މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން އެނގެއެވެ.

ނަމަވެސް މަރޗް މަހުގެ 8 ވަނަ ދުވަހު މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދެނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށްކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވުމާއެކު މާލެ ސަރަހައްދުގެ ވެކްސިން ޖަހާ ސެންޓަރުތަކަށް މިވަނީ ބާރުބޮޑުވެގެން ގޮސްފައެވެ. ކޮންމެ ސެންޓަރެއްގެ ކިޔު އެތައް ހިސާބަކަށް ދަމާލާފައިވާއިރު މިސަރަހައްދުގައި ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ މަތިވާން ފަށާފައެވެ. އެގޮތުން މަރޗް މަހުގެ 8 ވަނަ ދުވަހު 2186 މީހުން މާލެ ސަރަހައްދުން ވެކްސިން ޖެހިއިރު މަރޗް މަހުގެ 9 ވަނަ ދުވަހު ވެކްސިން ޖަހާފައިވަނީ 4083 މީހުންނެވެ. އަދި މަރޗް މަހުގެ 10 ވަނަ ދުވަހު 4459 މީހުން މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވާއިރު އެދުވަހަކީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ރާއްޖޭގައި ވެކްސިން ދިން ދުވަސްވެސް މެއެވެ. އެދުވަހު އެކަނި 9781 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ޖެހިގެން އައި މަރޗް މަހުގެ 11 ވަނަ ދުވަސްކަމަށްވާ ބުރާސްފަތި ދުވަހަށް ބަލާއިރު އެދުވަހުވެސް ވެކްސިން ޖަހާ ސެންޓަރުތައް ކައިރީގައި ވަނީ ކިޔު ދަމާލާފައެވެ. އެތައް ހިސާބަކަށް ކިޔު އޮންނައިރު މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއެކު މާލޭއަށްވެސް އަންނަނީ ވާރޭ ވެހެމުންނެވެ. ނަމަވެސް ކުޑަ ނަގައިގެންނާއި ވާރެއާ ތެމިގެންވެސް ކޮވިޑް ވެކްސިން ޖެހުމަށް މީހުން ކިޔުގައި ތިބި މަންޒަރު ވަނީ ފެނިގެންގޮސްފައެވެ. ގިނަ ބަޔަކު ވެކްސިން ޖަހަންދާ އެއްތަން ކަމުގައިވާ ސޯޝަލް ސެންޓަރު ބޭރުގައި ހަދާފައިވާ ކިއޫ ހިރިޔާ ސްކޫލާ ހިސާބަށް އޮތް މަންޒަރުވެސް ވަނީ ފެނިފައެވެ. މާލެ ސިޓީގައި ވެކްސިން ޖަހަމުންދާ ތަންތަނުގައި ވެކްސިން ޖަހަމުންދަނީ ހެނދުނު 9ން ފެށިގެން ހަވީރު 4:30އާ ހަމައަށެވެ. ނަމަވެސް ބުރާސްފަތި ދުވަހު ސޯޝަލް ސެންޓަރުގެ ކިޔު ދިގުކަމުން 3:30ހާއިރު އެޗްޕީއޭއިން ވަނީ އެސެންޓަރުގެ ކިޔު ބަންދުކޮށްފައިވާކަމަށް ބުނެ އެޗްޕީއޭގެ ކޮމިޔުނިޓީ ވައިބަރ ގްރޫޕަށް މެސެޖްކޮށްފައެވެ.

ވެކްސިން ޖެހުމުން ދިމާވާ ސައިޑްއެފެކްޓްސްތަކާ ގުޅިގެން ހަފްތާ ބަންދާ ދިމާކޮށް އާންމުގޮތެއްގައި ގިނަ ބަޔަކު ބުރާސްފަތި ދުވަހު ވެކްސިން ޖެހުމަށް މީގެކުރިން ވެސްދެއެވެ. އެއީ ވަޒީފާއަށް ނުކުތުމަށް ހުރަހަކަށް ނުވާނެގޮތަށް އެކަން ކުރުމަށްޓަކައެވެ.

މާލޭގެ 8 ތަނަކުން ވެކްސިން ޖަހަމުން އަންނައިރު 02 މޯބައިލް ޓީމެއް ހަރަކާތްތެރިވަމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބުރާސްފަތި ދުވަހާ ހަމައަށް ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން 175،456 މީހުންނަށް ވަނީ ވެކްސިން ދީފައެވެ. މީގެތެރެއިން މާލެ ސަރަހައްދުގެ 99،821 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތަކުން 75،635 މީހުންނަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އިތުރުން ބިދޭސީންނަށްވެސް އަންނަނީ ވެކްސިން ދެމުންނެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު