Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިޝަރީޒް މިނިސްޓަރުގެ އިތުބާރުނެތްކަމުގެ މައްސަލަ

ފިޝަރީޒް މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމުގެ މައްސަލައެއް އިދިކޮޅުން މަޖިލީހަށް ހުށަހަޅައިފި

10 މާރިޗު 2021 | ބުދަ 12:15

ޒަހާ ވަހީދުގެ އިތުބާރުނެތްކަމުގެ މައްސަލަައިގައި އިދިކޮޅު 10 މެމްބަރުން ސޮއިކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 މާރިޗު 2021 | ބުދަ 12:15
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އިދިކޮޅު 10 މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ވަނީ މި މައްސަލަ ހުށަހަޅަނީ މަސްވެރިކަމާގުޅޭ ސަރުކާރުގެ ވައުދުތައް ނުފުއްދައި، މަސްވެރިކަން ކުރިއެރުވުމުގެ ޒިންމާ ފިޝަރީޒް މިނިސްޓަރަށް އަދާނުކުރެވޭތީއާއި ޒަހާ އެމަގާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތައް އިތުރަށް ނިކަމެތި ވެގެންދާނެ ކަމެއްކަމަށްވާތީ ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވި މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދެވޭކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިނުދީ މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތެއް ނުހަދައި ދިވެހި އިގްތިޞާދުގެ ރޫފަހެޔޮ ނުކުރެވި މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރިންނަށް ހޯދައިނުދެވޭކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ރަށްތަކާއި ދުރަށް ދުއްވައިގެން އާންމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކުގައި އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް ގާއިމުނުކުރުމާއި ތެލާއި އައިސް ފަދަ ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވަންޖެހޭތީ މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ ދަށުން މިމައްސަލަ ހުށަހަޅާކަމަށް ވަނީ ބުނެފައެވެ.

އިތުބާރުނެތްކަމުގެ މައްސަލައިގައި ސޮއިކޮށްފައިވާ މެމްބަރުންނަށް ބަލާއިރު މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަދި ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމު ހިމެނިވަޑައިގަންނަވާ ގޮތަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ 9 މެމްބަރުން ހިމެނެއެވެ. އަދި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ވެސް ހިމެނެއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވައްދަން ބޭނުންވަނީ 10 މެމްބަރުންގެ ސޮއެވެ. އަދި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ މަޖިލިހުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ދެބައިކުޅައެއްބައި މެމްބަރުންގެ (43 މެމްބަރުންގެ) ވޯޓެވެ.

މީގެކުރިން ވެރިކަން ކުރާ މައި ޕާޓީކަމުގައިވާ އެމްޑީޕީން ވަނީ ޒަހާގެ އިތުބާރުނެތްކަމުގެ މައްސަލައެއް ކުރިޔަށް ގެންދިޔުމަށް މަސައްކަތްކޮށްފައެވެ. އެއީ މަސްވެރިކަމާއިބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކެއް ނަހަދާހުރުމުގެ ސަބަބުންނެވެ. ނަމަވެސް އެގަވާއިދުތައް ހެދުމާ ގުޅިގެން އެމައްސަލަ ކުރިޔަށް ގެންގޮސްފައެއްނުވެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް އައިއިރު އިތުބާރުނެތްކަމަށް ފާސްކޮށްފައިވަނީ ކޮމިޔުނިކޭޝަންސް މިނިސްޓަރކަމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލުގެއެވެ.

ފިޝަރީސް މިނިސްޓްރީރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
10 ޑިސެމްބަރު 2025

ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް

10 ޑިސެމްބަރު 2025
ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް
08 ޖޫން 2024

ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި

08 ޖޫން 2024
ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
11 އެޕްރީލު 2024

11 ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރަނީ

11 އެޕްރީލު 2024
11 ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް