Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް ވެކްސިންގެ 2 ޑޯޒް ދިނުން

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

ފުރަތަމަ ވެކްސިން ޑޯޒް ޖަހާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މާރިޗު 2021 | އަންގާރަ 18:50
މޮޑާރނާގެ ކޮވިޑް ވެކްސިން އެމެރިކާގައި ޓެސްޓްކުރަނީ- މި ވެކްސިންގެ ދެ ޑޯޒް ދޭތެރޭގައި މަދުވެގެން 21 ދުވަސް ހޭދަވާން ޖެހޭ

މޮޑާރނާގެ ކޮވިޑް ވެކްސިން އެމެރިކާގައި ޓެސްޓްކުރަނީ- މި ވެކްސިންގެ ދެ ޑޯޒް ދޭތެރޭގައި މަދުވެގެން 21 ދުވަސް ހޭދަވާން ޖެހޭ

އެމެރިކާގެ އޮހިއޯ ސްޓޭޓްގައި އޮޅުމަކުން ކޮވިޑް ވެކްސިންގެ 2 ޝޮޓް ދިން މީހަކު އެނދުމަތިކުރަން ޖެހިއްޖެއެވެ.

އުމުރުން 91 އަހަރުގެ މި މީހާއަށް އެއް ދުވަހާ ދެފަހަރަށް ކޮވިޑް ވެކްސިން ޖަހާފައިވާއިރު، އޭނާ އެންމެ ފުރަތަމަ ވެކްސިން ޑޯޒް ޖަހާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ވަރުބަލިވެ، ބޯއަނބުރައިގަނެގެން އޭނާ ވެއްޓުމާއެކު، އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ ޖަހާފައިވަނީ މޮޑަރނާ ވެކްސިނެވެ. މި ވެކްސިންގެ ދެ ޑޯޒްގެ ދެމެދުގައި މަދުވެގެން 21 ދުވަސް ހުންނަންޖެހޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާއަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައި އޮތީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް ހޮސްޕިޓަލުން އެރި އިދާރީ އޮޅުމެއްގެ ސަބަބުން އޭނާ ފުރަތަމަ ވެކްސިން ޖެހިތާ 4 ގަޑިއިރު ނުވަނީސް އަނެއްކާވެސް ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދީފައެވެ.

ދެވަނަ ޑޯޒް ޖެހުމާއެކު، އޭނާއަށް ނޭވާލަން އުނދަގޫވެ ސިއްޙީ މައްސަލަތަކެއް ކުރިމަތިވުމާއެކު، ވަގުތުން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވެއެވެ. އަދި ޙާލު ބޮޑުވެގެން ވަކި ހިސާބަކުން ޑޮކްޓަރުންވެސް އުއްމީދު ކަނޑާލިކަމަށް އޭނާގެ ދަރިފުޅާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. ނަމަވެސް މިހާރު އޭނާގެ ޙާލަތު ކުޑަކޮށް ރަނގަޅުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަން ހިނގާ ދިޔަ ގޮތް މިހާރު އެ ސްޓޭޓުގެ ކަމާގުޅޭ އިދާރާތަކުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު