Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަށްވެހި ފަތިސް ކެމްޕެއިން

އއ. އަތޮޅުގެ ތަރައްޤީއަށް ޕްލޭންކުރި 62 މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތް ވަނީ ފަށާފައި - ރައީސް

އއ. އަތޮޅުގައި 151 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ކުރިއަށްދާކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 9 މާރިޗު 2021 | އަންގާރަ 17:51
ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

އއ. އަތޮޅުގެ ތަރައްޤީއަށް ޕްލޭންކުރި 62 މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތް ވަނީ ފަށާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ, އެމްޑީޕީން ކުރިޔަށް ގެންދާ ސިލްސިލާ ކެމްޕެއިން ހަރަކާތް "ރަށްވެހި ފަތިސް"ގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވަނީ ސަރުކާރުން އއ އަތޮޅުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމަވާފައިވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން މުޅި އަތޮޅަށް 62 ޕްރޮޖެކްޓު ޕްލޭންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ހުރިހާ މަޝްރޫއެއްގެ ވެސް މަސައްކަތްތައް އެކި ސްޓޭޖްތަކުގައި ފަށާފައިވާއިރު އެއްބައި ނިމިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ 200 ދަރިވަރުންނަށް އެ އަތޮޅުން ހިލޭ ފަސްޓު ޑިގްރީ ފަށާފައިވާ ކަމަށާއި، އިންކަމް ސަޕޯޓަށް 1،265 މީހަކަށް 22.6 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، އެސްއެމްއީ ލޯނު 25 މީހަކަށް 36 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ތޮއްޑޫ

އއ. ތޮއްޑޫގެ ބަނދަރު ހެދުމުގެ މަޝްރޫ މިދިޔަ މަހުގެ ޓެންޑާ ކޮށްފައިވާ ކަމަށާއި، މި މަހު 16 ގައި ބިޑަށް ހުޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫތަކުގައި ތޮއްޑޫ ފަހަތަށް ލައި ބާކީކޮށްފައި ނުވާނެ ކަމަށެވެ. އެގޮތުން ސިއްހީ މަރުކަޒު އިމާރާތްކުރާނެ ބަޔަކު ހޯދަން މިދިޔަ މަހު 11ގައި ޓެންޑާ ކޮށްފައިވާ ކަމަށާއި މި މަހު 11 ގައި ބިޑަށް ހުޅުވާނެ ކަމަށް ވިދާޅުވި އެވެ، އެގޮތުން 163 ޑޮކްޓަރުން މި ޖޫން އަށް ހަމަވާނެ ކަމަށް ވިދާޅުވިއެވެ. ރަށުގައި 12 ކްލާސްރޫމް ހަދައި އައުޓްޑޯ ޖިމްއެއްވެސް ހަދާފައިވާ ކަމަށާއި ނަރުދަމާގެ މަސައްކަތް ވެސް މި މަހު 16 ގެ ކުރިން ހަވާލުކުރާނެ ކަމަށް ވިދާޅުވިއެވެ. ރަށުގެ ކަރަންޓުގެ 50% ސޯލާ ކުރުމަށް މި އަހަރު ތެރޭގައި މަޝްރޫ ނިމޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރަސްދޫ

ރަސްދޫ ސްކޫލްގެ ޑިޒައިންގެ މަސައްކަތް މިހާރު ދަނީ ކުރިއަށް އޭޕްރިލް މަހު ތެރޭގައި ޓެންޑާ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ވެސް މި މަހު ޓެންޑާއަށް ހުޅުވާލާނެ ކަމަށާއި، ފެނުގެ މައްސަލަ ވެސް ހައްލުކުރުމަށް އާރްއޯ ޕްލާންޓުގެ މަސައްކަތްކުރާ ކަމަށެވެ. އަދި މީގެ އިތުރަށް އައު އުންޖީނުގެ އެއް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން ކުރާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފުޓުބޯޅަ ދަނޑު އެޅުން ލަސްވަނީ ވެލި ލިބުމުގެ ދަތިތަކެއް ހުރީމަ ކަމަށެވެ. އަދި ޕީސީއާރް ޓެސްޓު ހެދުން ލަސްވާ ސަބަބު ހެލްތު މިނިސްޓްރީ މެދުވެރިކޮށް ބަލާނެ ކަމަށް ވިދާޅުވިއެވެ. އައިސް ޕްލާންޓު އެޅުމުގެ މަސައްކަތް ވެސް ފަންޑު އެޕްރޫވްވުމާ އެކު ފަށާނެ ކަމަށް ވިދާޅުވިއެވެ. ރަށުގެ ނަރުދަމާ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރަސްދޫގައި ވެސް 50% ސޯލާ ކަރަންޓަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އުކުޅަސް

އުކުޅަހުގެ ބަނދަރުގެ ފެރީ ޓާމިނަލްގެ ތޮށި ހެދުން އެމްޓީސީސީއާ ހަވާލުކޮށް ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. ފުޓުބޯޅަ ދަނޑުގެ މަސައްކަތް މި މަހަށް ބަޖެޓުކޮށްފައިނުވާ ކަމަށާއި ޒުވާނުންގެ މަރުކަޒު މި އަހަރުގެ ތިންވަނަ ކުއާޓަރގައި ޓެންޑާކުރާނެ ކަމަށް ވިދާޅުވިއެވެ. ސްކޫލްގެ 12 ކްލާސްރޫމްގެ މަސައްކަތް މި މަހު ޓެންޑާ ކުރާނެ ކަމަށާއި، ބިން ހިއްކުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި ފަށާނެ ދުވަހެއް އަދި ޔަގީން ނޫން ކަމަށް ވިދާޅުވިއެވެ. އެކަމަކު އީއައިއޭ ގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. ސިއްހީ މަރުކަޒުގެ މަޝްރޫ މި އަހަރުގެ ހަތަރުވަނަ ކުއާޓަރގައި ޓެންޑާއަށް ހުޅުވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އުކުޅަހު މަގު ހެދުމުގެ މަސައްކަތް މި މަހު ނުފެށޭނެ ކަމަށެވެ.

މަތިވެރި

މަތިވެރި ސިއްހީ މަރުކަޒު 16 ގަޑިއިރަށް ބަދަލުކުރީމަށް ދިމާވާ ދަތިތައް ހެލްތު މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުރިހަމަވާނެކަމަށާއި އަދި އެމްބިއުލާންސް ވެސް އޭޕްރިލް މަހު ތެރޭގައި ލިބެން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުގައި ވޯޑުގައި ކެޕޭސިޓީ އިތުރުކުރުން ބަޖެޓުގައި ނެތް ކަމަށެވެ. އެކަމަކު އެކަމަށް ގޮތެއް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ. ސްކޫލްގެ މަސައްކަތް މިހާރު ޑިޒައިންކުރާ ކަމަށާއި އޭޕްރިލް މަހު ޓެންޑާކުރާނެ ކަމަށް ވިދާޅުވިއެވެ. މަތިވެރިއަށް އޭޓީއެމް އެއްވެސް ވަރަށް އަވަހަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. މިއަހަރު ތިން ވަނަ ކުއާޓަރގައި ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލު ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ފިނޮޅަކީ އެމްއެމްޕީއާރްސީން ކުއްޔަށް ދޫކޮށްފައިވާތަނެއް ކަމަށާއި އެތަނަށް ހެދޭނެ އިތުރު ގޮތެއް އޮތްތޯ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ބަލާނެ ކަމަށެވެ.

ބޮޑުފުޅަދޫ

ބޮޑުފުޅަދޫގައި ފުޓުބޯޅަ ދަނޑުގެ އަހަރުގެ ތިން ވަނަ ކުއަރޓަރުގައި އިއުލާންކުރާނެ ކަމަށާއި މި އަހަރު ތެރޭގައި ޓަރފް ދަނޑެއް އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ބިން ހުކުއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އީއައިއޭ ހަދަމުންދާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވާ ރަށްރަށަށް ލޯނު ސްކީމެއް ހުޅުވާލާ ކަމަށާއި، ބޮޑުފުޅަދޫއަށް އެ އެހީ ލިބޭނެ ކަމަށެވެ. ފެނާއި ނަރުދަމާ ވެސް ބަޔަކާ ހަވާލުކޮށް ދެވަނަ ކުއަރޓަރުގައި އެކަން ނިމޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ރަށުގައި ވާރޭ ފެން ރައްކާކުރާ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށާއި މިސްކިތުގެ މަސައްކަތް އަދި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.އަދި ޕީއެސްއައިޕީ ޕްރޮޖްކްޓުތަކަށް 5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ހިމަންދޫ

ހިމަންދޫއާ ގުޅިގެން ރައީސް ވިދާޅުވީ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް މި މަހު ފަހުކޮޅު ފެށޭނެކަމަށެވެ. ފުޓުބޯޅަ ދަނޑު މި މަހު ފަހުކޮޅު ޓެންޑާ ޒުވާނުންގެ މަރުކަޒު ދެވަނަ ކުއަރޓަރުގައި ޓެންޑާ ކުރާނެ ކަމަށާއި ސްކޫލުގެ ތަރައްގީ ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށް ވިދާޅުވިއެވެ. އަދި މި މަހު ޓެންޑާ ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. ފެރީގެ ނިޒާމް ހަރުދަނާކޮށް ހައި ސްޕީޑް ފެރީއަކަށް އެދި އެމްޓީސީސީއާ މަޝްވަރާކުރާނަން، މުޅި ރާއްޖޭގައި ވެސް މި މަޝްރޫ މި އަހަރު ފަށާއިރު ފަށަނީ ބޮޑު ތިލަދުންމަތި އަދި ދެވަނައަށް ހުވަދޫ އަތޮޅުން ކަމަށް ރައީސް ވިދާޅުވިއެވެ. ހިމަންދޫގެ ބަނދަރުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި 47 މިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މާޅޮސް

މާޅޮހުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް މިދިޔަ ދެ އަހަރު ތެރޭގައި ކޮށްފައި ނުވާ ކަމަށް އެރަށު ކެންޑިޑޭޓުން ފާހަގަކުރެއްވިއެވެ. ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި އޭޕްރިލް މަހު އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަރުދަމާގެ މަސައްކަތް މާޗު 16ގައި ބަޔަކާ ހަވާލުކޮށްލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދެ އަހަރު މާ ބޮޑު ކަމެއް ނުވިޔަސް ހުރިހާ ވައުދެއް ވެސް ފުއްދާނެ ކަމަށާއި، މަސް ފެކްޓްރީއެއް ހަދަން އެހީވުމަށް އެދިފައިވުމުން އެކަމާ ގުޅިގެން މަޝްވަރާކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސްކޫލްގެ މަސައްކަތް ވެސް މި މަސް ނިމެންވާއިރަށް ޓެންޑާ އަށް ހުޅުވާނެ ކަމަށެވެ. މިދިޔަ ދެ އަހަރު ތެރޭގައި ރަށުގައި ކުރެވުނީ 3.3 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރަށްވެހި ފަތިސް ކެމްޕޭންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު