Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރސީއެމްގެ މައްޗަށް ހިންގި މައްސަލަ

ސުޕްރީމް ކޯޓުން އެޗްއާރސީއެމްގެ މެމްބަރުންގެ މައްޗަށް ހިންގި ސުއޯ މޯޓޫ މައްސަލަ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާ ހިލާފު!

9 މާރިޗު 2021 | އަންގާރަ 13:58

ސުއޯ މޯޓޫ މައްސަލައަށްފަހު ނެރެފައިވާ ގައިޑްލައިންގެ ނަތީޖާއަކީ ކޮމިޝަނުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ހުރަސްއެޅިގެން ދިޔުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 މާރިޗު 2021 | އަންގާރަ 13:58
ރާއްޖޭގެ ސުޕްރީމް ކޯޓް

ރާއްޖޭގެ ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް) ގެ މެމްބަރުންގެ މައްޗަށް ހިންގި ސުއޯ މޯޓޫ މައްސަލަ އަކީ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާ ހިލާފުކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން އެޗްއާރސީއެމްގެ ކުރީގެ މެންބަރުން ކަމުގައިވާ އަލްފާޟިލް އަޙްމަދު ޠޮލާލް އާއި އަލްފާޟިލާ ޖީޙާން މަޙްމޫދު އެކުވެރި ދައުލަތް (އދ) ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި، 2 ނޮވެންބަރު 2020 ގައި އެ ކޮމިޓީއިން ވަނީ ގޮތް ނިންމައި، ކޮމިޓީގެ ވިއުސް އެޑޮޕްޓް ކޮށްފައެވެ. އަދި ކޮމިޓީގެ ވިއުސް 19 ފެބުރުވަރީ 2021 ގައި ރަސްމީކޮށް ދިވެހި ސަރުކާރާ ޙިއްސާކޮށްފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ.  

Advertisement - newsAdvertisement

އެގޮތުން، 25 ސެޕްޓެންބަރު 2016 ގައި ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅުއްވި މައްސަލާގައި، ސުޕްރީމް ކޯޓުން 2014 ގައި އެޗްއާރްސީއެމްއާ ދެކޮޅަށް އޭރު ހިންގާފައިވާ މައްސަލައާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ރާއްޖޭގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ދެވަނަ ސައިކަލްއަށް ހުށަހެޅި ރިޕޯޓަކީ ގާނޫނާ ހިލާފު، ވަކި ކޮޅަކަށް ބުރަވެފައިވާ އަދި އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން ގެއްލޭ ރިޕޯޓެއްކަމަށް ނިންމުމާއި، އެޗްއާރސީއެމްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި އދ އަށް މައުލޫމާތު ހިއްސާކުރުމުގައި އެ ކޮމިޝަނުގެ ދައުރު ހަނިވެގެންދާގޮތަށް އަމަލުކުރަންޖެހޭ ވަކި ގައިޑްލައިންއެއް ކަނޑައެޅުއްވުމުގެ ސަބަބުން އެ ކޮމިޝަނުގެ މެންބަރުންނަށް މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާ ގެ 19 ވަނަ މާއްދާއިން ލިބިދޭ ހައްގަށް އުނިކަން އައިސްފައިވާ ކަމަށް އެ މައްސަލާގައި ފާހަގަކޮށްފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

މީގެ އިތުރުން އެބަޔާނުގައު ވަނީ ރާއްޖޭގެ ސުޕްރީމް ކޯޓުން 2014 ގައި ހިންގި ސުއޯ މޯޓޫ މައްސަލައަށްފަހު ނެރެފައިވާ ގައިޑްލައިންގެ ނަތީޖާއަކީ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކާ ގުޅޭ ގޮތުން ކޮމިޝަނުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ހުރަސްއެޅިގެން ދިޔުންކަމަށް ހިއުމަން ރައިޓްސް ކޮމިޓީއިން ކަނޑައަޅާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ކުރާ ކަންތައްތަކާއި އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ކޮމިޝަނުން މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމަށް ހުރަސްއެޅިފައިވާކަން އެ ކޮމިޓީއިން ފާހަގަކޮށްފައިވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ހިންގާފައިވާ ސުއޯ މޯޓޫ މައްސަލައަށް ބެލުމަށްފަހު، އދގެ ހިއުމަން ރައިޓްސް ކޮމިޓީން ކަނޑައަޅާފައިވާ ވަނީ އެޗްއާރްސީއެމްއަށް ކޯޓުން ކޮށްފައިވާ ތުހުމަތުތަކާއި ފާހަގަކޮށްފައިވާ ކަންކަމާއި ނެރެފައިވާ ގައިޑްލައިނަކީ ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު "ގައިދުކުރުން" ކަމަށެވެ. އެއީ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ 19 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ކަނޑައެޅޭ ވަކި މުހިންމު މަގްސަދެއް ހާސިލްކުރުމަށް ގައިދުކޮށްފައިވާ ގައިދުކުރުމެއް ކަމަށް ނުބެލެވޭނެކަމަށް އދގެ ހިއުމަން ރައިޓްސް ކޮމިޓީއިން ވަނީ ކަނޑައަޅާފައި ކަމަށާއި މުސްތަގުބަލުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ދައުލަތުން ކުރަންޖެހޭނެ ކަމެއް ކަމަށް ނިންމާފައިވާ ކަމަށް އެޓަރނީ ޖެނެރަލް އޮފީހުގެ ބަޔާނުގައިވެއެވެ.

އެޗްއާރްސީއެމްގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިންގެ ގާނޫނީ ބާރު ނިމުމަކަށް ގެނައުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުއެވެ. މަޖިލީހުން އެ އިސްލާހު ފާސްކޮށް، 22 ސެޕްޓެންބަރު 2020ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުން، އިސްވެ ދެންނެވި ގައިޑްލައިންގެ ގާނޫނީ ބާރު ވަނީ ނިމުމަކަށް އައިސްފައެވެ. އަދި ގާނޫނަށް ގެނެވުނު އިސްލާހުގެ ސަބަބުން، ގާނޫނުއަސާސީން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް މަތިކޮށްފައިވާ އެންމެހާ ޒިންމާތައް މިނިވަންކަމާއެކު އަދާކުރުމުގެ ފުރިހަމަ ފުރުޞަތު ފަހިވެގެންދެއެވެ. 

އެޗްއާރްސީއެމްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

03 ޑިސެމްބަރު 2025
އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި
17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
11 އޮކްޓޯބަރު 2025

އެޗްއާރްސީއެމްގެ އެސްޖީ އިސްތިއުފާ ދެއްވައިފި

11 އޮކްޓޯބަރު 2025
އެޗްއާރްސީއެމްގެ އެސްޖީ އިސްތިއުފާ ދެއްވައިފި
08 އޮކްޓޯބަރު 2025

ލޫޓުވައިފި ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނާ އެޗްއާރްސީއެމްއިން ބައްދަލުކޮށްފި

08 އޮކްޓޯބަރު 2025
ލޫޓުވައިފި ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނާ އެޗްއާރްސީއެމްއިން ބައްދަލުކޮށްފި
07 އޮކްޓޯބަރު 2025

މާފުށި ކައުންސިލް ރައީސްގެ އިނގިލި ބިންދާލި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި

07 އޮކްޓޯބަރު 2025
މާފުށި ކައުންސިލް ރައީސްގެ އިނގިލި ބިންދާލި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި
06 އޮކްޓޯބަރު 2025

ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ އެޗްއާރްސީއެމްއިން ތަހުގީގުކުރަން ފަށައިފި

06 އޮކްޓޯބަރު 2025
ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ އެޗްއާރްސީއެމްއިން ތަހުގީގުކުރަން ފަށައިފި
13 ސެޕްޓެމްބަރު 2025

މީޑިއާ ރެގިއުލޭޓް ކުރާ ބިލުގެ ދަށުން އޮންލައިންކޮށް ޚިޔާލުފާޅު ކުރާ ފަރާތްތައް ރެގިއުލޭޓު ކުރުމަކީ އެޗްއާރުސީއެމް އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މަޖިލީހަށް އަންގައިފި

13 ސެޕްޓެމްބަރު 2025
މީޑިއާ ރެގިއުލޭޓް ކުރާ ބިލުގެ ދަށުން އޮންލައިންކޮށް ޚިޔާލުފާޅު ކުރާ ފަރާތްތައް ރެގިއުލޭޓު ކުރުމަކީ އެޗްއާރުސީއެމް އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މަޖިލީހަށް އަންގައިފި
28 ޖޫން 2025

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.
04 ޖޫން 2025

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި
05 މެއި 2025

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް