Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސީއޭ މޯލްޑިވްސް

އޮޑިޓް އަދި އެޝޫރަންސް ޚިދުމަތްދޭ ފަރާތްތައް ރޭޓްކުރެވޭނެ ނިޒާމެއް ބޭނުންވޭ: ފިނޭންސް މިނިސްޓަރ

އޮޑިޓްތައް ކުރުމަށް އެތަންތަނުގެ ގާބިލިއްޔަތުކަން ހުރި މިންވަރު ދެނެގަނެވޭފަދަ ރޭޓިންގ އެއް އޮތުމަކީ ކޮންމެހެން ބޭނުންކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 9 މާރިޗު 2021 | އަންގާރަ 02:45
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އޮޑިޓް އަދި އެޝޫރަންސް ޚިދުމަތްދޭ ދޭފަރާތްތައް ރޭޓްކުރެވޭނެ ނިޒާމެއް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ފުރަތަމަ ފަހަރަށް އޮޑިޓް ކުރުމާއި އެޝޫރަންސް ޚިދުމަތް ދިނުމަށް ލައިސަންސް ދިނުމަށް ބޭއްވި ހަފުލާ ޝަރަފުވެރި ކޮށްދެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ސީއޭ މޯލްޑިވްސްއިން ކުރާ މަސައްކަތްތަކަކީ ވަރަށް ބޭނުންތެރި އަދި ބަލައިގަނެވޭ މަސައްކަތްތަކެއް ކަމަށެވެ. އަދި މިފަހަރު ލައިސަންސް ދޫކުރުމުގައި، ލައިސަންސް ލިބޭ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ކަންކަން ކަށަވަރުވެފައި އޮތުމަކީ އެ ޚިދުމަތަށް ބަރޯސާ ވެވޭ މިންވަރު އިތުރުވެގެންދާނެ، ހެޔޮ ފާލެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.

Advertisement - newsAdvertisement

ލައިސަންސް ކެޓަގަރީ ކުރުން އުވާލި ނަމަވެސް، ސަރުކާރާއި ދައުލަތުގެ ބޭނުމަށް ހާއްޞަގޮތެއްގައި ދައުލަތުގެ ބޮޑަތި ކުންފުނިތަކާއި މާލީ އިދާރާތަށްފަދަ ތަންތަނަށް ޚިދުމަތް ފޯރުކޮށްދޭއިރު، އެފަދަ ބޮޑަތި އޮޑިޓްތައް ކުރުމަށް އެތަންތަނުގެ ގާބިލިއްޔަތުކަން ހުރި މިންވަރު ދެނެގަނެވޭފަދަ ރޭޓިންގ އެއް އޮތުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށާއި، އެކަމަށް ސީ އޭ މޯލްޑިވްސް އިން ހައްލެއް ހޯއްދަވައި ދެއްވާނެކަމަށް ޔަގީންކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކައުންޓިންގ އާއި ވެލުއޭޝަން އަދި ލިކުއިޑޭޝަންފަދަ ފައިސާއާއި ގުޅުންހުރި ހިސާބުތަށް ހަދާ ފަރާތްތައް ވެސް މިހާރަށްވުރެ ހަރުދަނާ އުޞޫލަކުން ބެލެހެއްޓޭނެ ގޮތެއް މިހާރު ހޯދަންޖެހިފައިވާކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ އިންތިޤާލީ ރައީސް އަދި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ އެންމެން އިސްކަމެއް ދީގެން ދެން ކުރައްވަމުން ގެންދަވާނެ މަސައްކަތަކީ އޮޑިޓް އަދި އެޝޫރަންސް ޚިދުމަތްދޭ ދޭފަރާތްތައް ރޭޓްކުރެވޭނެ ނިޒާމެއް ޤާއިމު ކުރެއްވުން ކަމަށެވެ.

ދިވެހިރާއްޖޭގައި އޮޑިޓަރުންގެ ގޮތުގައި މާލީ ހިސާބުތައް އޮޑިޓް ކުރުމަށާއި އަދި އެޝޫރަންސް ޚިދުމަތްދިނުމުގެ ލައިސަންސް 19 ފަރުދުންނަށާއި 11 ފާރމްއަކަށް ވަނީ ދޫކޮށްފައެވެ. ޗާރޓަރޑް އެކައުންޓެންޓުންގެ ބިލް ތަސްދީގުކުރެވުނު ފަހުން، ލައިސަންސް ދިނުމުގައި ކުރިން އަމަލު ކުރަމުން އައި ގޮތަށް ބައެއް މުހިންމު ބަދަލުތައް ގެނައުމަށްފަހު، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓެންސްގެ ފަރާތުން ފުރަތަމަ ފަހަރަށް މި ދޫކުރި ލައިސަންސްތަކަކީ އެކަމަށް ފުރުޞަތު ހުޅުވާލުމުން އެދެނު ފަރާތްތަކުގެ ތެރެއިން ލައިސަންސް ހޯދުމުގެ ހުރިހާ ކަމެއް ފުރިހަމަ ކުރި ފަރާތްތަކެވެ. ކުރިއާ އަޅާ ބަލާއިރު ލައިސަންސް ދޫކުރުމަށް ގެނެސްފައިވާ އެންމެ މުހިންމު އެއް ބަދަލަކީ ކެޓަގަރައިޒޭޝަން (ފަންތިކުރުން) އުވާލުމެވެ. ސީއޭ މޯލްޑިވްސް އިން ވިދާޅުވެފައިވަނީ މި ގެނެވެނު ބަދަލުތަކަކީ ވަރަށް ގިނަ މަޝްވަރާތަކަށްފަހު ގެނެވުނު އިސްލާހުތަކެއް ކަމަށާއި، މިގޮތަށް އޮޑިޓް ލައިސަންސް ދޫކުރުމަށްފަހު، ދެން އެންމެ މުހިންމު ކަމެއްދޭނީ އޮޑިޓް ލައިސަންސް ލިބޭފަރާތްތަކުން ކުރާ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، އެފަރާތްތަކުގެ މަސައްކަތްތަކަކީ އޭގެ މައްޗަށް ބަރޯސާ ވެވޭފަދަ އިތުބާރުހުރި ފެންވަރު ރަނގަޅު މަސައްކަތަކަށް ހެދުމަށްޓަކައި މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، އެފަދަ ތަމްރީނުތައް ފޯރުކޮށް ދިނުމެވެ.

އޮޑިޓްލައިސަންސް ދިނުމުގެ ގަވާޢިދަށް ގެނެވުނު އިސްލާހުގެ ދަށުން ސީއޭ މޯލްޑިވްސް އިން އަލަށް ލައިސަންސް ދޫކުރަން ފެށުމުން މީގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ ލައިސަންސްތައް 8 މާރޗް 2021ންް ފެށިގެން ބާތިލްވާނެއެވެ. އެހެންކަމުން މިހާރު އޮޑިޓް ލައިސަންސް އާނުކުރައްވާ ބޭފުޅުން ލައިސަންސް އާކުރުމުގެ ކަންތައްތައް އަވަހަށް ނިންމެވުމަށް ސީއޭ މޯލްޑިވްސް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު