Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގޮތެއް ފޮތެއް ނެތް ނޫސްވެރިކަން

އިރުވަޔަށް ދޮންދޫނި ހިފާހެން މައިކްގައި ބަނބުކެޔޮ ކިރު ލައިގެން ނުކުމެ ހޫރޭނީ ހޫރިޔަ ދިނީމަ ނޫންހެއްޔެވެ؟

ކޮވިޑްގެ ހާލަތާ އެކުވެސް ގިނަ ގިނައިން ރައީސް ރައްޔިތުންނާ ބައްދަލު ކުރެއްވި

ރާއްޖެ އެމްވީ | 8 މާރިޗު 2021 | ހޯމަ 13:22
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

އެމްޑީޕީ އޮފީހުން ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް އާދިއްތަ ދުވަހުގެ ރޭ ނިކުމެވަޑައިގަތުމާއެކު ރައީސް ޔާމީނުގެ ޗެނަލް 13 އަށް އެމަނިކުފާނާ ސުވާލު ކުރުމުގެ ފުރުޞަތު ދެއްވިއެވެ. އެކަން އެހެންވީ ރައީޞް ޞޯލިހަކީ ދެފަރާތުން ހަތިޔާރު ބަރުކޮށް ބަޑިއެލުވައިގެން ތިބި ސިފައިންނާއެކު އަމިއްލަ މެޔަށް ގަމީހު ދަށުން ޓިނު އަރުވައިގެން ރައީސް ޔާމީނުހެން އަތްފުޅާކޮށްގެން އުޅުއްވާ ބޭފުޅެއް ނޫންވީމަ ނޫންހެއްޔެވެ؟

މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގެ ރައީސަކާ ބައްދަލުވެ ސުވާލު ކުރެވޭ ގޮތެއް ނޫނެއެވެ. އަދި ރައީސަކު ދެއްވިއްޔާ ނޫނީ ލިބޭނެ ފުރުޞަތެއްވެސް ނޫނެވެ. ވެރިކަން ފުރޮޅިގެން ދިޔަ އިރު މިރާއްޖޭގައި މިހާ ފަސޭހައިން ވެރިމީހާ އާ މައިކް ދިއްކޮލެވޭނެ ކަމަށް މީހަކު ހީވެސް ކުރާނީ ކިހިނެއްހެއްޔެވެ؟ ނޫސްވެރިންނަކީ އޭރު ރިސްކުގެ މައްޗަށް ރިސްކް އޮތް ބައެކެވެ. މައިކެއް ހިފައިގެން ބޭރަށް ހިނގައްޖެނަމަ އަނބުރާ ސަލާމަތުން ސްޓޭޝަނަށް ވަދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯވެއެވެ. އޭރު ހުރި ވެރިމީހާ އަކީ ނޫސްވެރިންގެ މައިކަށް އެލަރޖިކް ބޭފުޅެއް ކަމަށްވެއެވެ. ނޫސްވެރިކަމަކީ އެމަނިކުފާނު ނުހަނު ހިތްޕުޅާނުވާ ކަމެކެވެ.

ފަސް އަހަރުގެ ވެރިކަމުގައި ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލު ކުރެއްވީ އެންމެ 6 ފަހަރު ކަމަށްވެއެވެ.

ޒުވާން ދިވެހި ފުރާނައަކަށް ވީނުވީ ނޭނގިގެން އަހާލުމުން މޫނު ކުނިކޮށް، ދެއްތޯ ލެވެލްއަށް ރުންކުރު ވުމަކީ މިހާރުގެ ގޮތެއް ނޫނެއެވެ. ރައީސް ސޯލިހް އެމްޑީޕީ އޮފީހުން ނުކުމެ ވަޑައިގަތީ ވެސް ރާއްޖޭގެ އެތައް މިތަނުން ރައްޔިތުންގެ ކެންޑިޑޭޓުންނާ ބައްދަލު ކުރައްވާފައެވެ. ފުލުފުލުން ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ބަނދަރާ ފެނާ ނަރުދަމާ އާ ކަރަންޓާ މިސްކިތާ ސްކޫލްތަކާ ކުޅިވަރު މަރުކަޒުތަކުގެ ތަފްޞީލު ދެއްވާފައެވެ. މަތީ ތައުލީމާ ސާނަވީ އާ ސިއްހަތުގެ ޖަވާބު ދެއްވާފައެވެ.

އުފުލާނެ ހަލާލު ނޫން ފައިސާ ދަބަސް ނެތިގެން އެއަތަށް މައިކު ހެޔޮވަރު ކޮށްގެން ބަހުރުވައިން، ގޮށްމުން މަޅައިގެން އުޅޭ އުޅުމާ އަޅާލާ ރައްޔިތަކު ނެތެވެ. މިއަދުވެސް އެސޮއި ކުރީ 2000 ހައުސިން ޔުނިޓްގައެވެ. ފަސް ހަހާހުން ހަތެއް އަށްހާހުން އަރައިގެން ދާނީ ތަނަވަސް ފިސާރި ޖާގަ ބޮޑު ރޫމް ގިނަ އެޕާރޓްމަންޓް ތަކެކެވެ. އޮއްސޭ މުރިނގުން ދެން ފެށޭނީ ލޭނުތައް ނުގެއްލޭ މަގުފުޅާ ބިޔަ ބްރިޖެއެވެ.

އިރުވަޔަށް ދޮންދޫނި ހިފާހެން މައިކް ގައި ބަނބުކެޔޮ ކިރު ލައިގެން ނުކުމެ ހޫރޭނީ ހޫރިޔަ ދިނީމައެވެ. 

ގެއްލިގެން ދިޔަ ނޫސްވެރިކަމުގެ މިނިވަންކަން އިއާދަވެއްޖެއެވެ. ހިތުހުރި އެއްޗެއް ޓީވީތަކަށް އަރާ ބިރަކާނުލާ ގޮވަމުން ދަނީއެވެ. ގޭގެ ސިޓިންގ ރޫމްގައި މަޔާ ދަރިޔާ އެއްތާކު ތިބެ އަޑުއަހާލަން ނުކުރޭހައި ހުތުރު ގޮވެލިފަތި ގޮވަމުން ދަނީއެވެ. ސަރުކާރަކުން އެކަމާ އަޅާލާ ދެއިރު ދެ ދަޅައަށް އެތަންތަނަށް ފުލުހުން ފޮނުވާ ރެއިޑް ކޮށް ލޮލަށް ބޮލަށް ސްޕްރޭއެއް ނުޖަހައެވެ.

ގޭގެ ސިޓިންގ ރޫމްގައި މަޔާ ދަރިޔާ އެއްތާކު ތިބެ އަޑުއަހާލަން ނުކުރޭހައި ހުތުރު ގޮވެލިފަތި ގޮވަމުން ދަނީއެވެ. ސަރުކާރަކުން އެކަމާ އަޅާލާ ދެއިރު ދެ ދަޅައަށް އެތަންތަނަށް ފުލުހުން ފޮނުވާ ރެއިޑް ކޮށް ލޮލަށް ބޮލަށް ސްޕްރޭއެއް ނުޖަހައެވެ. މިލިއަނުން މިލިއަނުން ޖުރިމަނާކޮށް އެތަންތަން ފުނޑާލަން ފުލުހުންނެއް ނުފޮނުވައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުޅުއްވަނީ އެކަންކަމާ އަޅާލައްވާ ވަރަށް ވުރެ މާ ބިޒީކޮށްނެވެ. ރަށްރަށުގެ އިންޖީނުގެ ތަކާއި، ފެނާއި ނަރުދަމާ އާއި ޒަމާނީ ފުޓްބޯޅަ ދަނޑުތައް ހެއްދެވުމުގައެވެ. އެއަރޕޯޓުތަކާއި ބްރިޖްތަކާއި ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމުގައެވެ. އެކަންކަމުގެ މައުލޫމާތު ކޮންމެ ރެޔަކު ޓީވީތަކަށް އަރުއްވާ އެ ގެންދަވަނީ ސާފުކޮށްދެއްވަމުންނެވެ. ރައީސަށް ފާރަލައިގެން ފުންމައިގެން އަންނަ ފަރުތޮޅިއެއްގެ ބީދައިން މައިކް ހިފައިގެން އައިސް ކުރިމައްޗަށް ޖެހި ގަތުމަކީ މާ މޮޅުކަމެއް ނޫނެވެ. އެއީ އެއަށްވުރެ ނޫސްވެރިންނަށް މާ ރަހްމަތްތެރި ބޭފުޅެކެވެ. މި ކޮވިޑް ތެރޭގައި ވެސް އެތައް ފަހަރެއްގެ މަތިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފިއެވެ.

މިހާރު މިއުޅޭ މޮޅު، މިނިވަން ނޫސްވެރިން ޔާމީންގެ ވެރިކަމުގައި ހިތްވަރެއް ކޮށްލާކަށް ނުކުމެ އުޅުނުތަނެއް ނުފެނެއެވެ. ކޮންމެވެސް ތާސްގަނޑެއްގެ ނިވަލުގައި ތިބެ އޭރުވެސް އުޅުނީ މީހުންގެ އަބުރު ކަތިލާށެވެ. ހަގީގީ ނޫސްވެރިންނަށް ރާއްޖެ އެންމެ ބޭނުންވި ވަގުތު ތިމާ މެންނަށް އެހިތްވަރު ދައްކާލަން ނުކުންނާކަށް ނުކެރުނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު