Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވެކްސް ފެސިލިޓީން ރާއްޖެއަށް ވެކްސިން ގެނައުން

ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ހަދިޔާކުރާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު ގެނެސްފި

7 މާރިޗު 2021 | އާދީއްތަ 14:32

12000 ވެކްސިން ޑޯޒް އާދިއްތަ ދުވަހު ރާއްޖެއަށް ލިބިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 މާރިޗު 2021 | އާދީއްތަ 14:32
ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ވެކްސިން ޝިޕްމަންޓު ގެނައުން

ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ވެކްސިން ޝިޕްމަންޓު ގެނައުން

ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ހަދިޔާކުރާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު އާދިއްތަ ދުވަހު ރާއްޖެ ގެނެސްފިއެވެ.

އެކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ފޯރުކޮށްދޭ 12000 ވެކްސިން ޑޯޒް އާދިއްތަ ދުވަހު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެ ގެނެސްފައިވަނީ ކޮވިޝީލްޑް ވެކްސިންކަން ރައީސް ފާހަގަ ކުރައްވާފައިވެއެވެ.

ރައީސް ސޯލިޙު ވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިތުުރުން، ޔުނިސެފާއި، މި ނޫނަސް މިކަމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކޮވެކްސް ފެސިލިޓީއަކީ ޑަބްލިޔުއެޗްއޯއާއި ބައިނަލްއަގްވާމީ އިތުރު ދެ ގްރޫޕަކާއި ގުޅިގެން އުފައްދާފައިވާ ފެސިލިޓީއެކެވެ. މިފެސިލިޓީގައި ދެން ހިމެނެނީ ގަވީ ވެކްސިން އެލައަންސާއި ކޯލިޝަން ފޮރ އެޕިޑެމިކް ޕްރިޕެއަރޑްނަސް އިނޮވޭޝަންސް (ސީއީޕީއައި)އެވެ. އެގޮތުން ރާއްޖެއަށް ވެކްސިން ގެނެސްފައިވަނީ ކޮވެކްސް ގައި ހިމެނޭ ގަވީ ވެކްސިން އެލައަންސާ ގުޅިގެންނެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން މިއަހަރު ނިމެންވާއިރު އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ތެރެއިން 92 ގައުމަކަށް 1.3 ބިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދޭނެއެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން ދެ ބިލިއަން ޑޯޒް 190 ގައުމަކަށް މިއަހަރު ތެރޭގައި ފޯރުކޮށްދިނުމަކީ އަމާޒެކެވެ. އެއީ ދުނިޔޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް އެންމެ މަދުވެގެން މިއަހަރު ނިމެންވާއިރަށް ވެކްސިން ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. އެއަށްވުރެ މުހިން ކަމެއް ދީގެން މިއަހަރު ތެރޭގައި އެންމެ މަދުން އާމްދަނީ ލިބޭ 92 ގައުމުކަށް އެއްވެސް އަގަކާ ނުލާ ވެކްސިން ފޯރުކޮށްދިނުމަކީ ކުރަމުން އަންނަ ކަމެކެވެ.

މުއްސަނދި ގައުމުތަކާއި މެދުމިނުގައި އާމްދަނީ ލިބޭ ގައުމުތަކަށްވެސް މިފެސިލިޓީގެ ދަށުން ވެކްސިން ލިބޭނެއެވެ. އެހެންނަމަވެސް އެގައުމުތަކުން ޖެހޭނީ ވަކި މިންވަރެއްގެ ފައިސާ ފެސިލިޓީއަށް ދައްކާށެވެ. އެއީ އެފައިސާއިން ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޚަރަދުކުރުމުގެ ގޮތުންނެވެ.

ކޮވިޑް-19 ވެކްސިންކޮވިޑް-19ކޮވިޝީލްޑް ވެކްސިންކޮވެކްސް ފެސިލިޓީ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް