މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި ޑައިވިންގ ޓީޗަރުގެ ފަޔަށް ހަމަލާދީފި
7 މާރިޗު 2021 | އާދީއްތަ 13:56މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 14:30 ހާއިރު


ފިލިތެޔޮ އައިލޭންޑް ރިސޯޓުގެ ޑައިވިންގ ޓީޗަރަކަށް މިޔަރެއް ހަމަލާ ދިނުން
ފިލިތެޔޮ އައިލޭންޑް ރިސޯޓުގެ ޑައިވިންގ ޓީޗަރަކަށް މިޔަރެއް ހަމަލާދީގެން އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 14:30 ހާއިރު ފިލިތެޔޮ ކައިރީ އޮންނަ މާރު ކަނޑު ތިލައިގެ 12 މީޓަރު އަޑިން މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައެވެ. ޑައިވިންގ ޓީޗަރަށް ހަމަލާދީފައިވަނީ 6 ފޫޓުގެ މިޔަރެކެވެ.
މި ހާދިސާގައި ޑައިވިންގ ޓީޗަރުގެ ފައިގެ ކުޑަކަޅުވާ މަސްގަނޑު ޗިސްވެފައިވާއިރު އިތުރު ފަރުވާއަށް މާލެގެނައީ ރިސޯޓުން އިތުރު ފަރުވާ ދެވެން ނެތުމާ ގުޅިގެންނެވެ. އެހެން ނަމަވެސް ޑައިވިންގ ޓީޗަރުގެ ހާލު ރަނގަޅު ކަމަށް ފިލިތެޔޮ އައިލޭންޑް ރިސޯޓުން ވަނީ ބުނެފައެވެ.








