Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުގެ ކޮލިޓީ ހިފެހެއްޓުން

ވިއްކާ މަހުގެ ކޮލިޓީ ހިފެހެއްޓުމަށް ޤައުމީ މިންގަނޑެއް މިއަހަރުގެ ތެރޭގައި ނެރެނީ

މިންގަނޑު އާންމު ކުރިއަސް މިކަމަށް އަމަލުކުރަން ފަށާނީ އެކަމަށް އާންމުން ހޭލުންތެރިކުރުމަށް ފަހުގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 5 މާރިޗު 2021 | ހުކުރު 02:21
މަސްމާރުކޭޓްގައި މަސްވިއްކުން

މަސްމާރުކޭޓްގައި މަސްވިއްކުން

ވިއްކާ މަހުގެ ކޮލިޓީ ހިފެހެއްޓުމަށް ޤައުމީ މިންގަނޑެއް މިއަހަރުގެ ތެރޭގައި ނެރޭނެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހާމަކުރައްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީއާއި ރާއްޖެ ޓީވީ ގުޅިގެން ގެނެސްދޭ "މަސްވެރިންގެ ސައްލާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ވަނީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހެކޭ އެއްގޮތައް ރާއްޖޭގެ އެތެރޭގެ ކަންކަމަށް ގަނެ ބޭނުންކުރާ މަހަކީ ކޮލިޓީ ރަނގަޅު މަސްކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މަސްވެރިން މަސް ބޭނުމަށްފަހު މަސް ރައްކާކުރުމަށް އައިސް ލިބޭނެ ފަހި މަގުތައް ހޯދާ ދިނުމާއި، ޒަމާނީ ޓެކްނޮލޮޖީގެ މަދަދާއެކު މި ދާއިރާ ފުޅާކުރުމަށް އެހީވަމުންދާކަމަށް އެމިނިސްޓްރީއިން މަޢުލޫމާތުދިނެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކް ވަނީ، ދޯނިތަކުގައި ރެފްރިޖަރޭޓެޑް ސީވޯޓާ ސިސްޓަމް ހަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިފަދަ ސިސްޓަމްތައް ބެހެއްޓުމުން ވަތުގައި މަސް ގަނޑުކުރުމުގެ ޤާބިލުކަން ލިބި ކޮންމެ ފަހަރަކު އައިސް ބަދަލުކުރަން ނުޖެހޭނެކަން އާދަމް މަނިކް ފާހަގަކުރެއްވިއެވެ. މިފަދަ ސިސްޓަމްތައް ރާއްޖޭގެ ދެކުނުގެ ބައެއް މަސްވެރި އޮޑިތަކުން ބޭނުންކުރާއިރު، މި ސިސްޓަމް ހަރުކުރުމަށް ސަރުކާރުން މަސްވެރިންނަށް ލުއި ލޯނު ވެސް ދޫކުރަމުންދާކަން އާދަމް މަނިކު ފާހަގަކުރެއްވިއެވެ، އެހެންނަމަވެސް، މި ލޯނަށް މާބޮޑު ތަރުޙީބެއް ނުލިބޭއިރު، މިކަން ބަދަލުކުރަން ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް މަނިކުވަނީ މަސްވެރި އޮޑިތައް ބަންނަ އިރު، ދޯނީގެ ވަތަކީ ރަނގަޅަށް އިންސިއުލޭޓްކޮށް ގަނޑުފެން ވިރުން ލަސްވާގޮތައް ފަރުމާކޮށްފައިވާ އޮޑިތަކަކަށް ހެދުން ވަރަށް މުހިންމުކަމަށެވެ. ރާއްޖެއަކީ ހޫނު ގަދަ ޤައުމަކަށްވެފައި، އޮޑިތަކުގެ ސައިޒު ބޮޑުވެ މަސްކިރޭ މިންވަރު އެހާ އަވަހަށް އިތުރު ނުވާއިރު މިކަމުގެ މުހިންމުކަން އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ކޮންމެ ކޮލިޓީއެއްގައި މަސް ހުއްޓަސް އެއް އަގެއްގައި މަސްގަނެ ވިއްކުމުން ކޮލިޓީ ހިފެހެއްޓުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވައި އާދަމް މަނިކް ވަނީ މި މައްސަލަ ހައްލުކުރުމަށް ވިއްކާ މަހުގެ ކޮލިޓީ ހިފެހެއްޓުމަށް ޤައުމީ މިންގަނޑެއް މިއަހަރުގެ ތެރޭގައި ނެރޭނެކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން ޤާނޫނު އޮތްގޮތުން މި މަސައްކަތް މަޑުޖެހުނަސް މަސްވެރިކަމުގެ އައު ޤާނޫނާއެކު މި މަސައްކަތް އެމްއެފްޑީއޭއާއެކުކޮށް ގެޒެޓްކުރުމަށް ގާތްވެފައިވާކަމަށް އާދަމް މަނިކް ވިދާޅުވިއެވެ.

މި މިންގަނޑު އާންމު ކުރިއަސް މިކަމަށް އަމަލުކުރަން ފަށާނީ އެކަމަށް އާންމުން ހޭލުންތެރިކުރުމަށް ފަހުގައި ކަމަށް ފިޝަރީޒް މިނިސްޓްރީއިން ހާމަކުރެއެވެ. އެގޮތުން ގިނައިން މަސްގަނެ މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ރަށްރަށަށް ގޮސް އާންމުން ތަމްރީންކުރުމަށް ވަނީ ނިންމާފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރމަސްވެރިންގެ ސައްލާ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
10 ޑިސެމްބަރު 2023

މަސްވެރިންނަށް ނުދެވި ބާކީ ހުރީ 140 މިލިއަން ރުފިޔާ: ރައީސް

10 ޑިސެމްބަރު 2023
މަސްވެރިންނަށް ނުދެވި ބާކީ ހުރީ 140 މިލިއަން ރުފިޔާ: ރައީސް
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
07 އޯގަސްޓު 2023

18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ

07 އޯގަސްޓު 2023
18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ
10 މެއި 2023

ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

10 މެއި 2023
ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް
07 އެޕްރީލު 2023

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު

07 އެޕްރީލު 2023
ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު