Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދުރޭ ހަޑިހުތުރު ބަސް ބޭނުންކުރި މައްސަލަ

ހަޑިހުތުރު އެއްޗެހި ކިޔައިގެން އަދުރޭގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ

އެ ފަސް ފަނޑިޔާރުން ޖަލަށްލާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި ކަމަށްވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 މާރިޗު 2021 | ބުދަ 18:00
އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ- އަދުރޭގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 0900ށް

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ- އަދުރޭގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 0900ށް

އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވާ އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެެއް ބުރާސްފަތި ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އަދުރޭގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިއުމާއި، ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އަށެވެ. މި މައްސަލައިގައި މިހާރު ކުރިއަށްދަނީ އިބްތިދާއީ މަރުޙަލާއެވެ. ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްވެރިއެއް ކަމަށްވާ އަބްދުއްރަހީމްގެ މައްޗަށް ދައުވާކޮށްފައިވަނީ ކްރިމިނަލް ކޯޓު ސަރަޙައްދުގައި ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގައެވެ. އެގޮތުން ރައީސް ޔާމީނަށް ޙުކުމް ކުރެއްވުމުން އަދުރޭ ވަނީ ކްރިމިނަލް ކޯޓުގެ 5 ފަނޑިޔާރުންނަށް އަމާޒުކޮށް ހަޑިހުތުރު ބަސް ބޭނުން ކުރައްވައި ވާހަކަ ދައްކަވާފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ދައުލަތުން ދައުވާ އިއްވާފައިވާއިރު، ދައުވާގައި ބުނެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހުކުމްކުރުމަށް ކްރިމިނަލް ކޯޓުގައި 28 ނޮވެމްބަރު 2019 ވަނަ ދުވަހު ބޭއްވި ޝަރީޢަތް، އެކޯޓުގައި ކުރިއަށްދަނިކޮށް، ކްރިމިނަލް ކޯޓު ސަރަޙައްދުގައި ހިނގަމުންދިޔަ މުޒާހަރާގައިހުރެ، ހަޑިހުތުރު އެއްޗެހިކިޔައި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެދައުވާގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެލި ފަސް ފަނޑިޔާރުންނަށް ނިސްބަތްވާގޮތަށް ހަޑިހުތުރުބަސް ބޭނުންކޮށް، އެބޭފުޅުންގެ ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ޖަލަށްލާނެކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ސަރަޙައްދު ކައިރީގައި ހުންނަވައިގެން ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގައި އަބްދުއްރަހީމްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މި މައްސަލައަކީ ޑީޖޭއޭއިން ފުލުހުންނަށް ހުށައެޅި މައްސަލައެކެވެ.

ކުރީގެ ރައީސް ޔާމީނަށް ކުށް ސާބިތުވާކަމަށް ނިންމާ ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ މީރާއަށް ދައްކަން ޖެހޭ ގޮތަށް ހުކުމް އިއްވީ 28 ނޮވެންބަރު 2019 ގައެވެ. އެ ދުވަހު ކްރިމިނަލް ކޯޓު ސަރަޙައްދުގައި އެ މަނިކުފާނުގެ ސަޕޯޓަރުން މުޒަހަރާ ވެސް ކޮށްފައި ވެއެވެ.

ޕީޕީއެމް ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު