Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވޯލްޑް ވައިލްޑްލައިފް ޑޭ

އަހުމަދުބޭގެ ވަލުތެރޭގެ ސާދާ ދިރިއުޅުން

3 މާރިޗު 2021 | ބުދަ 17:15

ކާބަފައިންގެ ދުވަސްވަރު ދަނޑުވެރިކަމުންނާއި ރަށުގެ ގަސްގަނޑުތަކުން ހޮވައިގެން ލިބޭ ތަކެތިން ނަފާ ހޯދައިގެން ޖީލުތަކެއް ބިނާކޮށްފައި

އައިޝަތު ފަރާ އަލީ
އައިޝަތު ފަރާ އަލީ | 3 މާރިޗު 2021 | ބުދަ 17:15
ބ. އޮޅުގިރި - އޮޅުގިރިން ތަކެތި ހޮވުމަށް ކައުންސިލްގައި ރަޖިސްޓްރީ ކޮށްގެން، ހިތާދޫ އަދި ތުޅާދޫ މީހުން އޮޅުގިރިއަށް ދަތުރުކުރޭ

ބ. އޮޅުގިރި - އޮޅުގިރިން ތަކެތި ހޮވުމަށް ކައުންސިލްގައި ރަޖިސްޓްރީ ކޮށްގެން، ހިތާދޫ އަދި ތުޅާދޫ މީހުން އޮޅުގިރިއަށް ދަތުރުކުރޭ

އަހުމަދު (އަސްލު ނަމެއް ނޫން) ކޮންމެ ހޮނިހިރު ދުވަހަކު ކުރާ ދަތުރެކެވެ. ބ.ހިތާދޫން އެރަށް ކައިރީގައިވާ ފަޅު ރަށެއް ކަމުގައިވާ ބ. އޮޅުގިރި އަށެވެ. އިންޖީނު އެޅި އުޅަނދެއްގައި ކުރާ ފަސް މިނިޓްގެ ކަނޑު ދަތުރެކެވެ. މިދަތުރަކީ އަހުމަދު ދިރިއުޅުމަށް ކުރާ މަސައްކަތާ ގުޅިފައިވާ ދަތުރެކެވެ. އަހުމަދުގެ އިތުރުންވެސް، ގޮވާލީމައި އަޑު އިވޭ ހިސާބުގައި މީހަކު ހުންނަވަރަށް، އޮޅުގިރިން ތަކެތި ހޮވުމަށް ކައުންސިލްގައި ރަޖިސްޓްރީ ކޮށްގެން، ހިތާދޫ އަދި ތުޅާދޫ މީހުން އޮޅުގިރިއަށް މިދަތުރުކުރެއެވެ.

ރުއް ދޮށަށް ވެރިފައިވާ ފަން ހޮވައި، ދިހަ ފަނުން ބޮނޑިއަޅައި އެތައް ފަން ބޮނޑިއެއް ރަށަށް ގެނެއެވެ. އެންމެ ތިޔާގި މޫސުންތަކުގައި ބަސްތާތަކުން ކަނަމަދު ހޮވައެވެ. ކާށި ހޮވުމަށް ހާއްސަ ކުރެވިފައިވާ ދުވަސްތަކުގައި ގޮސް ކާށި ވެސް ހޮވައެވެ. އަދި އޮޅިގިރި ހިމާޔަތްކުރެވި ރަށުން ބޭރުކުރުމުގެ ހުއްދަދެވޭ ތަކެތި ކަނޑައެޅުމުގެ ކުރިން، ބަސްތާތަކުން ކަނޑުލާއި ކަށިކެޔޮވެސް އެރަށުން ނެރެއެވެ.

ހޮވާ ފަނުން، ފަންގިވިޔެ، ރިސޯޓްތަކަށް ވިއްކައެވެ. ރަށުގެ ވަލު ތެރެއިންނާއި ގަސްގަނޑުން ހޮވާ ތަކެތިން ނިކަން މަންފާވެސް ލިބުނެވެ. ނަމަވެސް އެތިޔާގިކަން މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަހުމަދުވެސް ހިމެނެނީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައެވެ. އަހުމަދު އިންތިޒާރުކުރަނީ މި ބަލިމަޑުކަމުން އަރައިގަނެވި، ކުރިއެކޭވެސް އެއްފަދައިން، ރަށުގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ ލިބުމެވެ. އަހުމަދުގެ "ލައިވްލިހުޑް" ގުޅިފައިވަނީ ރަށުން ލިބެން ހުރި ގުދުރަތީ ވަސީލަތްތަކާއިއެވެ.

އަހުމަދު ފަދައިން ޖަންގަލިތަކުންނާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ވަށައިގެންވާ ވަލާއި ރުއްގަނޑުތަކާއި ގަސްގަނޑުތަކުން ނަފާ ހޯދައިގެން ދިރިއުޅެމުންދާ ފަރާތްތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެއެވެ. ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ 3 ވަނަ ދުވަހު، ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ "ވޯލްޑް ވައިލްޑްލައިފް ޑޭ" ގެ މިއަހަރުގެ ޝިޔާރުވެސް  ހާއްސަކުރެވިފައިވަނީ މިގުޅުމުގެ މައްޗަށެވެ. ގުދުރަތީ މާހައުލުތައް ކަމުގައިވާ ޖަންގައްޔާއި ގަސްބޯ ސަރަހައްދުތަކުގެ ވަސީލަތްތަކުން ދިރިއުޅުން އާރާސްތުކުރުމަށް ލިބޭ މަންފާއާއި އަދި މިގުޅުމުގެ ސަބަބުން އިންސާނުންނާ ދުނިޔެ ދެމެހެއްޓުމަށް ކުރާ ރަގަޅު އަސަރަށެވެ. އަހުމަދުމެންފަދަ މީހުން ފަޅުރަށްރަށަށް ޒިޔާރަތްކުރާނަމަ، އެރަށްތައް ވާނުވެ، ގޮވާން ލިބޭ ގަސްތައް ބެލެހެއްޓި، އެގަސްތަކަށް ދިރުން ލިބި، ރަށުގެ "ޕްރޮޑަކްޓިވިޓީ" ހިފަހައްޓައި ދޭނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ ހޯދައިގެން ދިރިއުޅެމުންދާ ފަރާތްތައް ވަރަށް ގިނައެވެ. މިގޮތުން ގދ. ފިޔޯރީގެ ޗަސްބިމުގައި ހެދޭ ވަކި ބާވަތެއްގެ ހައު ނުވަތަ "ރީޑް" ބޭނުން ކޮށްގެން ގދ. ގައްދޫގައި ތުނޑުކުނާ ވިޔެއެވެ. ފިޔޯރީގެ ދަނޑުވެރިންނަށް ހައު ވިއްކައިގެން އާމްދަނީ ލިބެއެވެ. ގައްދޫގެ މަސައްކަތްތެރިންނަށް ތުނޑުކުނާ ވިޔެގެން ދިރިއުޅުމުގެ ބޭނުންތައް ފުއްދެއެވެ. މިމަސައްކަތުގެ ފަންނުގެ ކުރިމަގު ބިނާވެފައިއޮތީ ދެ ވަސީލަތެއް ހިމާޔަތްކޮށް ދެމެހެއްޓިގެންނެވެ. ފިޔޯރީގެ ހައު ހެދޭ ޗަސްބިމުގެ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓިގެންނެވެ. ހަމަ އެއާއިއެކު ތުނޑުކުނާ ވިއުމުގެ ހުނަރާއި ހައު ހިއްކައި ތަފާތު ކުލަ އެއަށް ގެނައުމުގެ މަރުހަލާތަށް ޒުވާން ޖީލަށް ދަސްކޮށް ދެވިގެންނެވެ.

ކާބަފައިން ވަނީ ދަނޑުވެރިކަމުންނާއި ރަށުގެ ގަސްގަނޑުތަކުން ހޮވައިގެން ލިބޭ ތަކެތިން ނަފާ ހޯދައިގެން ޖީލުތަކެއް ބިނާކޮށްފައެވެ. އަދި މިހާރުވެސް އަހުމަދުމެންފަދަ ފަރާތްތަށް ދަނީ މި ވަސީލަތްތައް ވިއްކައިގެން ލިބޭ އާމްދަނީން ދަރިން ބަލައި ދިރިއުޅުން އާރާސްތުކުރަމުންނެވެ. ކޮންމެ އަތޮޅެއްގައިވެސް، ކައިރި ރަށްރަށުގެ މީހުންނަށް، ދަރާއި ހިކި ފަނާއި ކާށި ހޮވަން ދެވޭ ފަޅު ރަށްރަށާއި ރުއްގަނޑުތަކާއި ގަސްގަނޑުތައް ހުރުން ވަރަށް މުހިންމެވެ. މިއަހަރުގެ ވޯލްޑް ވައިލްޑްލައިފް ޑޭގެ ޝިޔާރުކަމުގައިވާ "ފޮރެސްޓްސް އެންޑް ލައިވްލިހުޑް: ސަސްޓެއިނިންގ ޕީޕަލް އެންޑް އަރތް" އިން ބުނެދެނީ މިކަމުގެ މުހިންމު ކަމެވެ.

ވޯލްޑް ވައިލްޑްލައިފް ޑޭބ. އޮޅުގިރި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2021

އެތައް ބައެއްގެ ދިރިއުޅުން ފުނޑުފުނޑުކޮށްލުމުގެ ބަދަލަކީ 2 އަހަރު؟

16 ޑިސެމްބަރު 2021
އެތައް ބައެއްގެ ދިރިއުޅުން ފުނޑުފުނޑުކޮށްލުމުގެ ބަދަލަކީ 2 އަހަރު؟
17 އޮކްޓޯބަރު 2021

"ތްރިފްޓް" ކުރުން: ދިވެހިންގެ ތެރެއަށް ތައާރަފުވި ވަރަށް ސާދާ އާދައެއް!

17 އޮކްޓޯބަރު 2021
"ތްރިފްޓް" ކުރުން: ދިވެހިންގެ ތެރެއަށް ތައާރަފުވި ވަރަށް ސާދާ އާދައެއް!
27 ސެޕްޓެމްބަރު 2021

މަގުމަތީގައި އުޅުނު ދެ ޒުވާނަކަށް ވަޒީފާ، ބަދަލުކޮށް ދިނީ މުޅި ދިރިއުޅުން!

27 ސެޕްޓެމްބަރު 2021
މަގުމަތީގައި އުޅުނު ދެ ޒުވާނަކަށް ވަޒީފާ، ބަދަލުކޮށް ދިނީ މުޅި ދިރިއުޅުން!
19 އޯގަސްޓު 2021

ފަސްޓް ލޭޑީއަކަށް ވިޔަސް ސާދާ އާދަތައް ދޫކޮށެއްނުލައްވާ

19 އޯގަސްޓު 2021
ފަސްޓް ލޭޑީއަކަށް ވިޔަސް ސާދާ އާދަތައް ދޫކޮށެއްނުލައްވާ
22 ޖުލައި 2021

ކޮންމެ ނިންމުމެއްގައި ވެސް ހިއްސާދާރުންގެ ލަފާ ހޯއްދަވާ ވަޒީރު

22 ޖުލައި 2021
ކޮންމެ ނިންމުމެއްގައި ވެސް ހިއްސާދާރުންގެ ލަފާ ހޯއްދަވާ ވަޒީރު
25 އެޕްރީލު 2021

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

25 އެޕްރީލު 2021
އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
05 ސެޕްޓެމްބަރު 2020

ހިއްސާދާރުންނަށް ނޭނގި ރިސޯޓެއްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލި ކަމުގެ ތުހުމަތު ސައީދަށް!

05 ސެޕްޓެމްބަރު 2020
ހިއްސާދާރުންނަށް ނޭނގި ރިސޯޓެއްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލި ކަމުގެ ތުހުމަތު ސައީދަށް!
02 އޮކްޓޯބަރު 2019

އަލިފާނުގެ ހާދިސާ: ސިގިރޭޓާކާއެކު މުޅި ދިރިއުޅުން މާޔޫސްކަމުގެ ތެރެއަށް!

02 އޮކްޓޯބަރު 2019
އަލިފާނުގެ ހާދިސާ: ސިގިރޭޓާކާއެކު މުޅި ދިރިއުޅުން މާޔޫސްކަމުގެ ތެރެއަށް!
05 އޮކްޓޯބަރު 2017

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން
04 އޮކްޓޯބަރު 2017

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް