Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެކެނީގެ އެއްބަސްވުން ދާއިމީކުރުން

މެކެނީގެ އެއްބަސްވުން ޔުވެންޓަސްއިން ދާއިމީކޮށްފި

އެއްބަސްވުން ދާއިމީކުރުމަށް 18.5 މިލިޔަން ޔޫރޯ ދައްކަންޖެހޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 މާރިޗު 2021 | ބުދަ 13:59
ޔުވެންޓަސްއަށް ކުޅެމުން އަންނަ އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީ

ޔުވެންޓަސްއަށް ކުޅެމުން އަންނަ އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީ

ޝާލްކާގެ ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އައި އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީގެ އެއްބަސްވުން ޔުވެންޓަސްއިން ދާއިމީކޮށްފިއެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އުމުރުން 22 އަހަރުގެ މެކެނީ ޔުވެންޓަސްއަށް ބަދަލުވީ ޝާލްކާގެ އެއް އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އެ އެއްބަސްވުމުގެ ދަށުން 18.5 މިލިޔަން ޔޫރޯ ދެއްކުމަށްފަހު މެކެނީގެ އެއްބަސްވުން ދާއިމީކުރުމުގެ ފުރުސަތު ޔުވެންޓަސްއަށް އޮތެވެ. އެއާއެކު ބުދަ ދުވަހު އެ ކުލަބުން ވަނީ މެކެނީގެ އެއްބަސްވުން ދާއިމީކުރިކަން ހާމަކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުވެންޓަސްއާއެކު މެކެނީ އެއްބަސްވުން ހަދާފައިވާކަންވެސް އެ ކުލަބުން ވަނީ ހާމަކޮށްފައެވެ.

ޔުވެންޓަސްއިން މެކެނީގެ އެއްބަސްވުން ދާއިމީކުރިއިރު، އޭނާ އަންނަނީ ޔުވެންޓަސްގެ ޖާޒީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ޔުވެންޓަސްއަށް ކުޅެދިން 31 މެޗުގައި ފަސް ލަނޑު ޖަހާފައެވެ. އޭގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ޖެހި ލަނޑު ފާހަގަކޮށްލެވެއެވެ. އަދި މި މުއްދަތުގައި މެކެނީ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

މީގެ ކުރިން ޝާލްކާއަށް ކުޅުނު މެކެނީ، ޝާލްކާގެ ސީނިއާ ޓީމުން ކެރިއަރު ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި އޭނާ ވަނީ އެ ޓީމުގައި ހޭދަކުރި ހަތަރު ސީޒަނުގައި 91 މެޗު ކުޅެދީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް 21 މެޗު ކުޅެދީފައިވާ މެކެނީ ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމާއެކު މިދިޔަ އަހަރުގެ ކޮންކާކަފް ގޯލްޑް ކަޕުގެ ފައިނަލުގައި ވާދަކުރުމުގެ އިތުރަށް، މެކެނީ ވަނީ މިދިޔަ އަހަރުގެ އެމެރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ވެސްޓަން މެކެނީޔުވެންޓަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، ސިޓީ އަށް ޕްރެޝަރު

ޔުވެންޓަސް އަތުން ބަލިވެ، ސިޓީ އަށް ޕްރެޝަރު

12 ޑިސެމްބަރު 2024
ޔުވެންޓަސް އިން ބޭނުން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލަން

ޔުވެންޓަސް އިން ބޭނުން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލަން

08 އޮކްޓޯބަރު 2024
ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން: މޮޓާ

ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން: މޮޓާ

07 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު