Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑްގައި އިތުރު މީހަކު ނިޔާވުން

ކޮވިޑްގައި އިތުރު މަރެއް، މިއީ 63 ވަނަ މަރު

ނިޔާވެފައިވަނީ އުމުރުން 67 އަހަރުގެ ފިރިހެނެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 3 މާރިޗު 2021 | ބުދަ 09:10
އައިޖީއެމްއެޗް ހޮސްޕިޓަލް

އައިޖީއެމްއެޗް ހޮސްޕިޓަލް

ކޮވިޑް-19 މި ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ ބުދަ ދުވަހުގެ ފަތިހު 05:50ގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިމަރޖެންސީ ރޫމަށް ގެނެވުނު މީހަކު ހެނދުނު 06:00ގައި ނިޔާވެފައިވާ ކަމަށެވެ. އަދި މިހާރު އޮންނަ އުސޫލުގެ ދަށުން ހޮސްޕިޓަލަށް ގެންނަ ކޮންމެ މީހަކު ވެސް ކޮވިޑަށް ޓެސްޓްކުރާއިރު އޭނާ ކޮވިޑަށް ޓެސްޓު ކުރުމުން ޕޮޒިޓިވްވެފައި ވާކަމަށާއި އެއީ އުމުރުން 67 އަހަރުގެ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅުގައި، އުމުރުން ދުވަސްވީ މީހުން މިބަލީގައި ނިޔާވާ މިންވަރު މިވަނީ އިތުރުވާން ފަށާފައެވެ. ކޮވިޑްގެ ތިންވަނަ ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު، ރައްޔިތުން ކޮވިޑް ނަގަނީ އާދައިގެ ބައްޔެއްގެ ގޮތުގައި ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރު ޑރ. އަޙްމަދު ޝަހީދު ވަނީ ވިދާޅުވެފައެވެ. ޝަހީދު ވިދާޅުވީ ކޮވިޑްގެ ތިންވަނަ ރާޅާއެކު ކޭސްތައް އިތުރުވާ މިންވަރުވަނީ ބޮޑުތަނުން އިތުރުވެފައި ކަމަށާއި، އެއާއެކު އެޗްއީއޯސީން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެސް ބަލި އާންމުން ނަގަނީ އާދައިގެ ބައްޔެއްގެ ގޮތުގައި ކަމަށެވެ.

ކޮވިޑްގެ ކޭސްތައް 100ން މަތީގައި ރިޕޯޓް ކުރެވެމުން އަންނަ އިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަނީ އިތުރުވެ ނުރައްކަލުގެ ރަނގަބީލު ޖަހަން ފަށާފައެވެ. އެގޮތުން 200 އާ ގާތްކުރާ އަދަދަކަށް މިހާރު ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ބަލި މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.

މަރު

އިތުރަށް ކިޔާލަން

21 މެއި 2024

ރަބީއުވިލާ ގޭގައި މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ ޒުވަނާ

21 މެއި 2024
ރަބީއުވިލާ ގޭގައި މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ ޒުވަނާ
20 މާރިޗު 2024

ހޯމް މިނިސްޓަރ ވިދާޅުވީ ބޮޑެތި މަރުތަކާއި ގުޅޭ ސަރުކާރުގެ ޕޮލިސީ ސާފު ނޫން ކަމަށް

20 މާރިޗު 2024
ހޯމް މިނިސްޓަރ ވިދާޅުވީ ބޮޑެތި މަރުތަކާއި ގުޅޭ ސަރުކާރުގެ ޕޮލިސީ ސާފު ނޫން ކަމަށް
10 ސެޕްޓެމްބަރު 2023

މަޝްހޫރު ލަވަކިޔުންތެރިޔާ، މަސްއޫދު މޫސާ ދީދީ ނިޔާވެއްޖެ

10 ސެޕްޓެމްބަރު 2023
މަޝްހޫރު ލަވަކިޔުންތެރިޔާ، މަސްއޫދު މޫސާ ދީދީ ނިޔާވެއްޖެ
23 މެއި 2023

ކުޅުދުއްފުށީގެ ގެއެއްގެ ފާހާނާތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

23 މެއި 2023
ކުޅުދުއްފުށީގެ ގެއެއްގެ ފާހާނާތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
26 އޮކްޓޯބަރު 2022

އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވުމުގެ މަސައްކަތް ކުރަނީ

26 އޮކްޓޯބަރު 2022
އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވުމުގެ މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު