Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެނބިގެން މީހުން މަރުވުން

ރާއްޖޭގައި އަހަރަކު 13-15 މީހުން ގެނބިގެން މަރުވޭ، ގިނައީ ބިދޭސީން: ފުލުހުން

ރާއްޖޭގައި ގެނބިގެން އެންމެ ގިނައިން މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ފަތުރުވެރިން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 26 ޖުލައި 2022 | އަންގާރަ 00:17
 ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު

ރާއްޖޭގައި އަހަރަކު 13 އާ 15 އާ ދެމެދުގެ އަދަދަކަށް ގެނބިގެން މީހުން މަރުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޙީ"ގައި ވާހަކަދައްވަމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒް ގެ ޑެޕިއުޓީ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު ވިދާޅުވީ ރާއްޖޭގައި ގެނބިގެން މީހުން މަރުވާ އަދަދަކީ އާބާދީއާ އަޅާބަލާއިރު ބޮޑު އަދަދެއް ކަމަށެވެ. އަދި ރާއްޖޭގައި ގެނބިގެން މަރުވާ މީހުންގެ ތެރެއިން 95 އިންސައްތައަށްވުރެ ގިނަ މީހުންނަކީ ބިދޭސީންކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މޫސާ ރަޝީދު ވިދާޅުވީ ރާއްޖޭގައި ގެނބިގެން މަރުވާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނާއި ކުޑަކުދިން ކަމަށެވެ. އެގޮތުން، ބިދޭސީންގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ކަމަށާއި ޕޫލުތެރޭގައި ވެސް ބައެއް މީހުން މަރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ހާދިސާތައް ހިނގަން މެދުވެރިވަނީ ބައެއްފަހަރު ފަރުވާކުޑަވުމުންކަން ފާހަގަކުރައްވައި މޫސާ ރަޝީދު ވިދާޅުވީ ފަތުރުވެރިންނަށް ވެސް އަދި ވޯޓަރ ސްޕޯޓްސް ކުޅޭ ފަރާތްތަކަށް ވެސް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި ކުޑަކުދިންނަށް ސްކޫލް ދައުރުން ފެށިގެން ކަނޑުމަތީގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ފޮރުކޮށްދީ އެފަދަ ޕްރޮގްރާމްތައް ހިންގުން މުހިންމު ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

ކުޑަކުދިން ގެނބިގެން މަރުވާ މައްސަލަތަކާ ގުޅޭގޮތުން މޫސާ ރަޝީދު ވިދާޅުވީ ބެލެނިވެރިން އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން، ފެން އަޅާފައި ހުންނަ ބާލިދީ ނުވަތަ ފާޚާނާ ތައްޓަށް ވެސް ކުދިން ވެއްޓި ގެނބިގެން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގެތަކުގައި ހަދާފައި ހުންނަ މަސް ފެންގަޑުތަކަށް ކުދިން ވެއްޓި މަރުވާ އަދަދު އިތުރުކަން ފާހަގަކޮށް އެކަމަށް ސަމާލުވުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.

ރާއްޖޭގައި އާބާދީގެ ނިސްބަތުން ގެނބިގެން މަރުވާ މިހުންގެ އަދަދު ގިނަކަން ފުލުހުން ފާހަގަ ކޮށްފައިވާއިރު ދިވެހިން ގެނބިގެން މަރުވަނީ ކަނޑުމަތީގައި ހިނގާ ހާދިސާއެއްގެ ސަބަބުންކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، އުޅަނދެއް ކަނޑުވެ، ނުވަތަ ބަންޑުންވެގެން ހިނގާ ހާދިސާތަކުގައި ގިނަ އަދަދެއްގެ މީހުން ގެނބިގެން މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމަރު

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު