Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ ޚަރަދު

ލޯނުތައް އަނބުރާ ދެއްކުމަށް 170.3 މިލިއަން ރުފިޔާ ޚަރަދުކޮށްފި!

3 މާރިޗު 2021 | ބުދަ 04:59

މި މުއްދަތުގައި ސަރުކާރުން ހަރަދުކޮށްފައި ވަނީ 3,543.4 މިލިއަން ރުފިޔާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 3 މާރިޗު 2021 | ބުދަ 04:59
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ސަރުކާރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ފެބްރުއަރީ 25ގެ ނިޔަލަށް 170.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރުގެ މިމުއްދަތުގެ ތެރޭގައި ލޯނުތައް ދެއްކުމަށް ސަރުކާރުން ހަރަދުކޮށްފައި ވަނީ 126.2 މިލިއަން ރުފިޔާއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 23 މިލިއަން ރުފިޔާ ވަނީ ޓްރާންސްފަރ ކޮށްފައެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 366.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފެބްރުއަރީ 25ގެ ނިޔަލަށް ސަރުކާރުން ވަނީ 3,543.4 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ފާއިތުވި މި މުއްދަތުގައި ސަރުކާރުން ހަރަދުކޮށްފައި ވަނީ 4,072.2 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތުން ރިކަރަންޓް އެކްސްޕެންޑިޗަރގެ ގޮތުގައި 2,869 މިލިއަން ރުފިޔާ ފާއިތުވި އަހަރު ޚަރަދުކުރިއިރު، މިއަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައި ވަނީ 2,540 މިލިއަން ރުފިޔާއެވެ.

އެގޮތުން މުސާރަ އާއި އިނާޔަތްތައް ދިނުމަށް 642.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މުވައްޒަފުންނަށް އެލަވަންސްދިނުމަށް ހަރަދުކޮށްފައި ވަނީ 521.3 މިލިއަން ރުފިޔާއެވެ. ޕެންޝަނަށް 191 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، ރިޓަޔަމެންޓް ބެނެފިޓްގެ ގޮތުގައި 77.6 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ. އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސްގެ ގޮތުގައި 1,104.8 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

މީގެ އިތުރުން، ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި 832.7 މިލިއަން ރުފިޔާ މި މުއްދަތުގައި ހޭދަ ކޮށްފައިވާ އިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައި ވަނީ 1,076.8 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ކެޕިޓަލް އިކުއިޕްމަންޓަށް 30.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އިންފްރާސްޓްރަކްޗަރ އެސެޓްސްއަށް ހަރަދުކޮށްފައި ވަނީ 362.5 މިލިއަން ރުފިޔާއެވެ. އަދި ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް އާއި އިންވެސްޓްމެންޓް އައުޓްލޭސްއަށް 440 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 2,857.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ޓެކުހުގެ ގޮތުގައި ލިބުނު 2,478.7 މިލިއަން ރުފިޔާ އާއި ނޮން ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު 375.4 މިލިއަން ރުފިޔާގެ އިތުރުން ކެޕިޓަލް ރިސީޕްޓްސްގެ ގޮތުގައި ލިބުނު 1.2 މިލިއަން ރުފިޔާ އަދި ގްރާންޓްސްގެ ގޮތުގައި ލިބުނު 3.1 މިލިއަން ރުފިޔާއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް