Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގުޅީފަޅުގައި ރޭސް ޖެހުން

އުންމީދަކީ ރޭސް ޖެހޭ ގޮތަށް ގުޅީފަޅު މަގުތައް ތަރައްޤީކުރުން: މަޚްލޫފް

2 މާރިޗު 2021 | އަންގާރަ 07:45

ގުޅިފަޅުގެ މަގުތައް ތަރައްޤީކުރާނީ ޓްރެކުގެ ކަންތައް ހިމެނޭ ގޮތަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 މާރިޗު 2021 | އަންގާރަ 07:45
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް

ގުޅީފަޅުގައި މަގުތައް ތަރައްޤީކުރެވިގެން އަންނައިރު، ރޭސް ޖެހޭ ގޮތަށް އެތަނުގެ މަގުތައް ހެދިގެން ދިއުމަކީ އުންމީދެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް މިހެން ވިދާޅުވީ މޮޓޯޖީޕީ ވޯލްޑް ޗެމްޕިއަންޝިޕް ތިން ފަހަރު ހޯދާފައިވާ މަޝްހޫރު މޮޓޯސައިކަލް ރޭސް ޖެހުންތެރިޔާ ޖޯޖް ލޮރެންޒޯ ރާއްޖެ އައުމުން، އޭނާއަށް މަރުޙަބާ ކިޔަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި އިވެންޓުގެ ތެރެއިން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި މަޚްލޫފް ވިދާޅުވީ ރޭސް ޖަހަން ވަކިން ހާއްސަކޮށް ޓްރެކެއް ރާއްޖޭގައި ހެދުމަކީ މި ވަގުތަށް ބަލާއިރު ވާނެ ކަމެއް ނޫން ކަމަށާއި، ރާއްޖެއަކީ އެހާ މުއްސަނދި ޤައުމެއް ނޫން ކަމަށެވެ. އެކަމަކު ގުޅީފަޅުގެ މަގުތައް ހަދަން މަސައްކަތްކުރަނީ ރޭސް ޖެހޭ ގޮތަށް ކަމަށާއި، އެގޮތުން އެތަނުގައި ރޭސް ޖެހޭނެ ގޮތަކަށް ކަންކަން ފަހިކޮށްދިނުމަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ އިތުރުން ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމާވެސް ވާހަކަދައްކާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އިތުރަށް ވިދާޅުވީ މިހާރުވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭސް ޖެހުމަށް ޖާގައެއް ހެދުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރޭސިންގ އެސޯސިއޭޝަންތަކާއެކުގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ސްރީ ލަންކާގެ ވަރަށް ވަރުގަދަ ރޭސް ޖަހާ މީހަކާ އެކީ ރާއްޖޭގައި ކާރު ރޭހެއް ބޭއްވުމުގެ ވާހަކަތަކެއް އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ނަމާލް ރާޖަޕަޖްސާއާ އެކީގައި ދެކެވިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ރާއްޖޭގައި ރޭސް ޖެހުމަށް ހާއްސަ ޓްރެކެއް ގާއިމުކުރެވިފައި ނުވާއިރު، މިހާތަނަށް ޒުވާނުން ރޭސް ޖެހަމުން އަންނަނީ ހުޅުމާލޭގައެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ރޭސް ޖެހިއިރު، މިހާރު އަންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭސް ޖަހަމުންނެވެ. އެކަމަކު ރޭސް ޖެހުމަށް ރަނގަޅު ވަސީލަތްތަކެއް ނެތުމަކީ ރޭސިންގ އެސޯސިއޭޝަންތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
16 މާރިޗު 2017

ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ

16 މާރިޗު 2017
ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
09 މާރިޗު 2017

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
05 މާރިޗު 2017

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް