Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ

މަލީޙް ފަހު ވަގުތުވެސް އިތުރު ފުރުސަތަކަށް އެދުނުނަމަ އެފުރުސަތު ދިނީމުސް- އާޒިމް

2 މާރިޗު 2021 | އަންގާރަ 02:09

ޕީޖީއިން މަޖިލީހަށް ހުށަނާޅާ ލަސްކުރީ މަލީހަށް މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ފުރުސަތު ދިނުމަށްކަމަށް އާޒިމް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 2 މާރިޗު 2021 | އަންގާރަ 02:09
އަލީ އާޒިމް

އަލީ އާޒިމް

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވި މުހައްމަދު މަލީހުގެ ޖަމާލު ޖަވާބުދާރީވުމަށް މަޖިލީހުން ފުރުސަތު އެރުވުމުން މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެއްވުމަށް އިތުރު ފުރުސަތަކަށް އެދިވަޑައިގަތް ނަމަ އެފުރުސަތު ދޭން އެމްޑީޕީއިން ތިބީ ތައްޔާރަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މަލީހުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އެމްޑީޕީގެ ޕީޖީ ލީޑަރ އަލީ އާޒިމް ވަނީ މަލީހު ވަކިކުރުމަށް އެމްޑީޕީއިން މަސައްކަތްކޮށްފައިވަނީ ވަރަށް ޑިމޮކްރެޓިކް ގޮތެއްގައިކަމަށެވެ. އެގޮތުން މި މައްސަލަ މެމްބަރ މީކާއިލް އެމްޑީޕީ ޕީޖީއަށް ހުށަހެޅުއްވިތާ ދެ މަސްދުވަހުގެ ވަގުތެއް ދިނީ ވެސް މަލީހުއަށް އެ މަނިކުފާނުގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ފުރުސަތު ދިނުމަށްކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްއަކީ ކޯލިޝަންއަކުން އުފައްދާފައިވާ ސަރުކާރު ޒިންމާދާރުކުރުމަށް ވަކި ޕާޓީއަކަށް ބެލުމެއްނެތި މަސައްކަތްކުރާ ޕާޓީއެއްކަމަށް މެމްބަރ އާޒިމް ވިދާޅުވިއެވެ. އެގޮތުން މަލީޙުގެ އިތުބާރުނެތްކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެދުގައި އެއްވެސް ޚިޔާލުތަފާތުވުންތަކެއް ނެތަސް، އެންމެ ފަހު ވަގުތުވެސް ޕީޖީ ގްރޫޕުން ބައްދަލުވުމެއް ބާއްވާ މަޝްވަރާތައް ކުރެއްވިކަމަށެވެ. މި ބައްދަލުވުމުގައި މަލީޙް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމުން އެމަނިކުފާނުގެ މަސައްކަތްތައް ފުރިހަމަކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދިއްޖެނަމަ އެ ފުރުސަތު ދިނުމަށް ނިންމެވިކަމަށާއި، އެގޮތަށް އަމަލުކުރެއްވިނަމަ އެ ފުރުސަތު އެރުވީސްކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު ވިދަޅުވިއެވެ.

Advertisement - newsAdvertisement

މަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ދެ ގަޑިއިރަށް ކުރިއަށް ގެންދިޔައެވެ. އަދި މި ދެ ގަޑިއިރުގެ ތެރޭގައި މިނިސްޓަރަށް ޖަވާބުދާރީވުމަށް 30 މިނެޓް ފުރުސަތެއް ލިބިވަޑައިގެންނެވިއެވެ. މި 30 މިނެޓް ބަހާލާފައިވަނީ ތިން ފަހަރެއްގެ މަތިން 10 މިނެޓްވަންދެން ވާހަކަދެއްކެވޭ ގޮތަށެވެ. އެހެންނަމަވެސް، މި ފުރުސަތުތަކުގައި ވެސް މަލީޙްގެ ކިބައިން ފެނިގެން ދިޔައީ އެމްޑީޕީއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ބަހުގެ ހަމަލާތަކެއް ރައްދުކުރެއްވުމަށްފަހު 10 މިނެޓްގެ ވަގުތު ހަމަނުވަނީސް އިށީންދެވަޑައިގެންނެވިތަނެވެ. ޖަވާބުދާރީވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަލީހު ވަނީ ތަކުރާރުކޮށް މިއީ އަސާސެއް ނެތް ކަމެއްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، މަސައްކަތުގެ މަސްޢޫލިއްޔަތާއި ގުޅޭގޮތުން މަލީޙް ޖަވާބުދާރީވެފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް